އެޗްއާރްސީއެމްއިން ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި ޖަލުގެ ހާލަތު ބަލައިފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި ޖަލަށް ޒިޔާރަތްކޮށް ހާލަތު ބަލާފައިވާ ކަމަށެވެ.

އެޗްއާރްސީއެމްއިން ބުނީ ޖަލާއި ޑިޓެންޝަން ސެންޓަރަށް ދިޔައީ އެތަނުގެ ހާލަތު ބެލުމުގެ އިތުރުން ޑިޓެންޝަންގައި ތިބޭ ބިދޭސީންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ އަމަލެއް ހިންގާތޯ ބެލުމަށް ކަމަށެވެ.

ޑިޓެންޝަން ސެންޓަރާއި ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާންމު ހާލަތު ދެނެގަތުމާއި ވަޒީފާ އަދާ ކުރުމުގައި މުވައްޒަފުންނަށް އޮތް ގޮންޖެހުންތައް އޮޅުން ފިލުވާފައިވާ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުނެ އެވެ.

ޖަލާއި ޑިޓެންޝަން ސެންޓަރުގައި ވަގުތުން ވަގުތަށް އިސްލާހު ކުރަންޖެހޭ ކަމެއް ހުރި ނަމަ ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށާއި ރިޕޯޓެއް ތައްޔާރުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅޭ އެހެން އިދާރާތަކަށް ފޮނުވާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވެއެވެ.

އެޗްއާރްސީއެމުން ހުޅުމާލެ ޖަލާއި ޑިޓެންޝަން ސެންޓަރުގެ ހާލަތު ބަލަން ދިޔައީ އިއްޔެ އާއި މިއަދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްކުޅިބޭ

    ސަލާމް ޅެންބައިގާ ނިކަން ވަރުއަރުވާލާނެ. މައުލޫދުނިމޭ އިރު އަޑުކުރެހިގެންގޮސް އަޑެއް ނުނިކުންނާނެ. އާބައެއްވީމާ ހީވާނެ އެހެން ކަމެއްހެން . އެންމެފަހުންދާނީ ފޮއްބެދަނޑަށް.