ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ބަޔަކު މަރުގެ އިންޒާރު ދީފިއެވެ.

ކުރީގެ ނައިބް ރައީސް ޑރ.ޖަމީލަށް މަރުގެ އިންޒާރު ދީފައިވަނީ މިއަދު ކުރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީނުގެ ޝަރީޢަތް ނިންމަވައިލެއްވުމަށްފަހު ކޯޓު ބޭރުގައި މީޑިއާއާ ވާހަކަދައްކަވަން ހުންނަވަނިކޮށް އެ ސަރަހައްދުން ސައިލުގައި ދިޔަ މީހެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ އަޑުއެހުން ނިންމާލައި، މިއަދުގެ އަޑުއެހުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަން ޑރ. ޖަމީލު ހުންނަވަނިކޮށް އެ ސަރަހައްދުން ސައިކަލެއްގައި ދިޔަ ދެ މީހަކު ވަނީ "ދުއްވާލާނެ" ކަމަށް ބުނެ އޭނާއަށް މަރުގެ އިންޒާރު ދީފައެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ޑރ.ޖަމީލާއެކު މަސައްކަތްކުރައްވާ ޤާނޫނީ ވަކީލު އާސިފް އާދަމް ފޭސްބުކުގައި ލިޔުއްވާފައިވަނީ ޝަރީއަތް ނިންމާލުމަށްފަހު ރައީސް ޔާމީނުގެ ވަކީލުން ކޯޓުން ނުކުމެވަޑައިގެންނެވި ފަހުން ސައިކަލުގައި ދިޔަ ދެ މީހަކު ވަކީލުންނަށް ޓާގެޓުކުރި ކަމަށެވެ.

އަދި އެ މީހުން ޑރ.ޖަމީލަށް މަރުގެ އިންޒާރު ދިނުމަށްފަހު ބުނެފައިވަނީ އެހެން ތަނަކުން އެމަނިކުފާނު ފެނުނު ނަމަވެސް "ދުއްވާލާނެ" ކަމަށް ކަމުގައި އާސިފް ލިޔުއްވިއެވެ.

"އަދި ތިމަންނާއަކީ އިބޫ (ރައީސް ޞާލިޙު)ގެ ވަރަށް ގާތް މީހެއްކަމަށް ބުނި،" އާސިފް ލިޔުއްވިއެވެ.

މިކަން "ވަގުތު"އަށް ކަށަވަރު ކޮށްދީފައިވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ރަނިމޭޓެއްގެ ހައިސިއްޔަތުން ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް އެމްޑީޕީގެ އެކްޓިވިސްޓުން ފަރާތުން ޑރ.ޖަމީލަށް ބިރުދެއްކުމާއި އިންޒާރު ކުރިމަތިވެވަޑައިގެންފައިވެއެވެ.

ޑރ. ޖަމީލަކީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް ޖެހިވަޑައިގެން މައްސަލައެއްގައި ރައީސް ޔާމީން ވަނީ ނައިބު ރައީސްގެ މަގާމުން ޖަމީލު ވަކިކުރައްވާފައެވެ. އެއާއެކު ޖަމީލު ވަނީ ހުތުރު ތުހުމަތުތަކެއްކޮށް، ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ނުކުންނަވާފައެވެ.

އެއަށް ފަހު، އޭރުގެ އިދިކޮޅުގައި ގުޅިގެން ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމަށް ޖަމީލު ވެސް ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބަށް ފަހުގައި އަނެއްކާވެސް ޖަމީލު މަސައްކަތް ކުރައްވަނީ ރައީސް ޔާމީނާއެކުގައެވެ. އަދި ރައީސް ޔާމީނަށް ތައުރީފު ކުރައްވާއިރު މިހާރު އަނެއްކާވެސް އެމްޑީޕީއާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަދޫމް ސިޓީ

    ތިވާނީ މަޑުކަށި ލާދީނީ ސިކުޑި ހަމަނުޖެހޭ ބުރާންތި ފިކުރުގެ އަމަލަކަށް ތިކަމެއް ބެލޭނެ ކޯޓެއް ފަޑިޔާރެއް މުއަށްސަސާއެއް ނުހުންނާނެ ސަދޫމުވީމަ

    48
    2
  2. ކަހުރަބު

    ލާދީނީ ބައިގަނޑު ހިލިގަތީ

    50
    2
    • ޢަގީ

      ޥަގުންހިލިގަތީދޯ.

      20
      6
      • ހެހެ

        އާނ. ލާދީނީ ވަގުން ހިލިގަތީ

      • ބޮކަރު

        ވަގުންބަކީ ކޮބައިބާ ހުރިހާ ބާރެއް މުށުތެރޭއޮވެމެ ތި އުޅެނީ އމ އމ ޕ ރ ސ ގެ މައްސަލަ ނުބެލިގެން ދެންވެސް އަނގަ ފުޅާނުކޮށް ގުދޯ ގުދޯ ނުގޮވަ ހުރެވޭތޯ ބަލާބަލަ

        8
        1
  3. އަސްލު

    ބިރުދެއްކުމަކީ އެމްޑީޕީގެ އަސްލުސިފަ

    38
    1
  4. އަބްދޫ

    އަފްރަސީމާއި ރިޒްވާނުގެ މަތިން ހަނދުމަ ބަހައްތަވާ. އެމްޑިޕީގެ އިސް ބައެއްމީހުންނަކީ ތިޔަކަމުގަ ދެވިހިފފަ ތިބި ބައެއް،

    38
    1
  5. ސަމުގާ

    ޔާމީނު ޕާޓީގެ މީހެއްދޯ؟ ކިހާޜިތި،އިބޫގެ މީހެކޭ ބުނީމަb

    4
    29
  6. އިންޑިޔާ އައުޓު

    ޔާމީން ޕާޓީ މީހުން ބަލި ތިހާތަންތަން ކުނިބައެއްނޫން

    3
    2
  7. އަސްތާ

    އަމިއްލަ އަށް އިބޫގެ މީހެކޭ ނުބުނާނެ. ތީ ފަލަ ސުރުހީ ޖަހަން ހަދާ ގޮތް

    1
    9
  8. ހުސެން

    ކޮންމެރުމެއް އެހެންމީހުންވެސްތިބިކަން ހަނދާންކުރާތި މިތިބީ ނިދާފަކަނޫން ނިކަން ކަމެއްކޮއްލަބަލަ...ކޮންސައިކަލެއް ދޤރާމާއެއް...ވައްތަރެއް...ނުބައިވާން އެންމެނައްވެސް އިނގޭނެ..

  9. Anonymous

    މިޒަމާނުގެ ދިވެހި ކުދިންނަށް ކަމުނުދެޔޭ ބޮނޑިބަތް. ކުޑައިރުވެސް ބުނީ ހަމައެހެން. މިހާރުވެސް ބުނަނީ ހަމައެހެން.

  10. ކަދުރޭ

    އަހަންނައް ހީވަނީ ޖަމީލު އަމިއްލަ އައް ކުރުވި ކަމެއް ހެން.