މި އަހަރުގެ ރަމަޟާން މަހު ސްޓެލްކޯގެ ސޭލްސް ސެންޓަރުތަކުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ.

ސްޓެލްކޯ އިން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ކުންފުނީގެ ކައުންޓަރުތަކާއި ސޭލްސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އަދި ރޯދަ މަހު ކުންފުނީގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މީގެއިތުރުން ރޯދަ މަހު ސޭލްސް ސެންޓަރުގެ ހިދުމަތްތައް ލިބޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށާއި ރޭގަނޑު 8:30 އިން 10:00 އަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.