ތިމާގެ ޖީބަށް ވަންނަނީ ކޮން ފައިސާއެއްތޯ އާއި މަޝްރޫއެއްތޯ ބަލައި މުދާވެރިކަން ހޯދުމުގެ ބޭނުމުގައި ބަޔަކު އެމްޑީޕީގެ ތިލަފަތް ވަޅުލަމުންދާ މަންޒަރު ފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަގަހައެއް ހުޅުވުމުގެ އިންތި ވިދާޅުވީ އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓާއި އެ ޓީމުގެ ފަރާތުން ފެންނަނީ ލަދުވެތި މަންޒަރެއް ކަމަށެވެ.

މިގޮތުން ޗެއާޕާސަން ކަމުގެ އިންތިހާބަކީ އެމްޑީޕީގެ އިތުބާރާއި އުންމީދާ ގުޅިފައިވާ އިންތިހާބެއް ކަމަށާއި ނަމަވެސް އޭނާއާ ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަނީ އެމްޑީޕީއާއި ގައުމަށް ކުރިއެރުމާއި އިތުބާރު ހޯދުމުގެ ބަދަލުގައި ތިމާއަށް ލިބެނީ ކޮން ޕްރޮޖެކްޓެއް ތޯ ނުވަތަ ތިމާގެ ޖީބަށް ވަންނަނީ ކޮން ފައިސާއެއްތޯ ބެލުމަށް ކަމަށް ވެސް އިންތި ވިދާލުވިއެވެ.

"ތިމާއަށް އޮތީ ކޮން ބިޑެއްތޯ ހާސިލްވާން އޮތީ. ތިމާގެ އަންހެނުންނަށް އޮތީ ކޮން ވަޒީފާއެއް ތޯ. ތިމާގެ އަމިއްލަ ދަރިއަކަށް އޮތީ ކޮން ވަޒީފާއެއް ތޯ. މި ވާހަކާގައި ބިޒީވެ 24 ގަޑިއިރު ފޯނުގައި" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެފަދަ މަންޒަރުތައް ފެނުމުން ވަރަށް ލަދު ގަންނަ ކަމަށެވެ. އެއީ އެމްޑީޕީގެ ސިފައެއް ނޫން ކަމަށާއި ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަ ކަމާއި އިންސާފާއި އަމާނާތްތެރި ކަމާއި ހެޔޮވެރިކަމުގެ ނިޒާމުގެ ތެރެއިން ހަމަހަމަ ގޮތެއްގައި ރަށްރަށް ތަރައްގީ ކުރުން ކަމަށް އިންތި ވިދާޅުވިއެވެ.

"އެ ސަބަބުތަކާއި ހެދި ތިބޭފުޅުން މި ޕާޓީ ދޫނުކޮށް ހުރިހާ ގަދަ ކަނޑުތަކެއްގައި ތިބޭފުޅުން ފައްތަވާފައި ވަނީ." އޭނާ ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން އޭނާއަށް ވޯޓު ދެއްވަންވީ ޕާޓީގެ އަސާސްތަކާއި އުސޫލުތައް ދަމަހައްޓައި ޕާޓީއަށް އިތުބާރު ހޯދައި ދިނުމަށް ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ޕާޓީއާ ބީރައްޓެއްހި ޕާޓީގެ އާންމު މެންބަރުން ލަދުގަންނަން ޖެހޭ ފަދަ ކަންކަމުން ޕާޓީ ސަލާމަތް ކުރުމަށް ކަމަށެވެ.

"ތިބޭފުޅުންނަށް ރަނގަޅަށް ފެންނާނެ ކުރިމަތިލާފައިވާ ދެ ބޭފުޅުންގެ ތެރެއިން ކާކުތޯ ތިބޭފުޅުންނާއި އެކުގައި މި ގަދަ ކަނޑުގައި ހުރި މީހަކީ. ކާކުތޯ މި ޕާޓީގެ އުސޫލުތަކާއި އަސާސްތަކާއި އެކުގައި ދެމި ހުންނާނެ މީހަކީ. ކާކުތޯ މިކަމަށް ވަކާލާތު ކުރި މީހަކީ." އިންތި ވިދާޅުވިއެވެ.

ވައްކަމާއި ކޮރަޕްޝަން ވަރިހަމަކޮށްގެން އުޅޭ މަންޒަރު ފެންނަކަން ވާހަކަ ކުރައްވަމުން އިންތި ވިދާޅުވީ ބަދަލުތައް އެއް އާއިލާއަކަށް ކިތަންމެ ވަރަކަށް ނަގަމުން ދިޔަ ނަމަވެސް އެކަންވެސް ވަރިހަމަކޮށްލައިގެން ތިބި ކަމަށާއި އަދި ވެންޓިލޭޓަރުގެ ވައްކަންވެސް ތިބީ ވަރިހަމަކޮށްލައިގެން ކަމަށެވެ. އޭނާއަށް އެކަންކަން ވަރިހަމަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރުތަކުގެ ތެރެއިން އިންތި މިހާރު ދަނީ ލ.އަތޮޅުގެ ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ. ޗެއާޕާސަންގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަމީދު

    ތިޔަޕާޓީގާވެސް އަބަދު އެކަކުގެ ބާރެއްވެސް ތާއަބަދު ނޯންނާނެކަން އެގެނީ ރައިސް ނަސީދު ތިޔަޕާޓީގެ ރަސްކަމައް އިސްކޮއްފަ އާބަޔަކަައް ހުގާނު ދޭންވީ ރައިސް މައުމޫނުވެސް އެހުރީ ދެޕާޓީހަދައިގެންވެސް ބާކީވެފަ ތާއަބަދު ނުހުރެވޭކަން އެއިގެނީ

  2. އަހުމަދު

    ތިމާގެ ޖީބަށް ވަންނަނީ ކޮން ފައިސާއެއްތޯ އާއި މަޝްރޫއެއްތޯ ބަލައި މުދާވެރިކަން ހޯދުމުގެ ބޭނުމުގައި ބަޔަކު ދިވެހި ރާއްޖޭގެ މުދާވެރިކަން ވަޅުލަމުންދާ މަންޒަރު ފެންނޭ، ރައްޔިތުން ހަނާވަނީ ޕާޓިތަށް އުވާލާ!

  3. ކޮވިޑް

    ތިލަފަތޭ؟ ލަދުން ބޯއިހަލާކު. ބަލަ ތިލަތަފަކީ " ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަ ކަމާއި އިންސާފާއި އަމާނާތްތެރި ކަމާއި" ވަރައްވެސް ބޮޑު ތެދެއް . އެކަމަކު ސުވާލަކީ އެމްޑީޕީ ދިދައިގަ އިން ތިލަފަތުން ތިބުނާ އިންސާފާ ހަމަހަމަ ކަން ކިހިނެއް ގާއިމްކޮށްދޭނީ. ބަލަ އެ ތިލަފަތުގަ ނެތޭ ހަމަހަމަ ކުރާނެ ކައްޓެއް. ލޯގޯ އިން ވެސް ބެލީ ރައްޔަތުން ގުންބޯ ހެއްދޭތޯ.

  4. ޢަލީ

    ތިލަފަތަކީ ކަލޭމެން ކަންދައްކަން ޖަހައިގެން އުޅޭ އެއްޗެއް! ތިޔޕާޓީއަކީ އެއްވެސް އިރެއްގެ ތިލަފަތައް އަމަލުކުރާ ބައެއްނޫން

  5. ޖެން

    ޕާޓީ ވަކިމީހަކަށް ޑިޕެންޑް ވުން ނިމުމަކަށް ގެންނަންޖެހޭ

  6. ޕޮގުބާ

    ހަޔާތްކުޑަ މީހެއް އިންތި އަކީ

  7. ޒަބީބު

    ތެދެއް ޔާމީންގެ އަނިޔާވެރި ވެރިކަން ދަމަހައްޓަން ކެނެރީގޭ ނަޝީދު ޔާމީނާއި އެކީ ޑީލް ހަދުމުން މުޒާހަރާ ކުރުމުގެ ބަދަލުގައި އެޑީލްގެ ކަންކަން ދަމަހައްޓަންއެމްޑީޕީގެ އަންހެން ކަނބަލުން އަތަށް ރީނދޫ ޕޮމްޕޮމް ދީގެން ނަޝަން ބޭތިއްބުމުގައި އެމީހުން އެންޓަޓެއިން ކުރަން ކުރީގެ ސްޕޮޓްލައިޓްގެ ޕެރެސެންޓަރ އިންތި ވަރަށް ޖޯޝާއި ފޯރީގައި ޕްރެސެންޓް ކޮށްދިން. އެކަމަކު އެއީ އިންތިގެ އެކުވެރިޔާ ނަޝީދަށްޓަކައި އިންތި ކުރި ކަމެއް. އެއީ އެމްޑީޕީއަށް ނުވަތަ ދިވެހި ރައްޔިތުންނަށް އިންތީ ކޮށްދިން ކަމެއް ނޫން. މޮޅުވާހަކަ ނުދައްކާ!

    1
    1
  8. މުދާވެރިޔާ

    މިއިންތިމެންކީ 30 އަހަރޭ މުންޖޭވެސް. އެކަމު މީނަ ހަމަ މަޖިލިސް ގޮޑިގަ ބެއްދިގޮތަށް ފައިބާ ހިތެއްނުވި . މީނަ މީ މުދާވެރިކަން އަދި މަޖިލިސް ގޮޑި ބޭނުން މީހެއް ނޫން. މޮޔަވެދާނެ މީހަކު