އދ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 12 ޖަހާކަން ހާއިރު ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ ފަރުވާ ދެމުން ދަނިިކޮށް ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

ގެނބިގެން މަރުވެފައި ވަނީ އިންޑިއާގެ 30 އަހަރުގެ ފަތުރުވެރިއެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިކަން ހިނގީ ކޮން ރިސޯޓެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. ގިނަ މީހުން ގެނބިގެން މަރުވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށެވެ.