އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް މިދިޔަ މާޗް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވި ނަމަވެސް އަދިވެސް އެތަނުގެ މަސައްކަތްތައް ނުނިމޭކަން "ވަގުތު" އަށް ކަށަވަރު ކުރެވިއްޖެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ސަރުކާރުގެ އޮފިޝަލަކު "ވަގުތު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި ޕޮލިސް އެކަޑަމީގެ ހުޅުވިއިރު އެތަނުގެ އިމާރާތްތަކުގެ ތެރެއިން މަސައްކަތް ނިމުނީ ދެބައިކުޅަ އެއްބައި އިމާރާތުގައެވެ. ކުރިން އެއްބަސްވެފައި އޮތީ އެކަޑަމީ ހުޅުވި ނަމަވެސް ނުނިމި ހުރި މަސައްކަތްތައް އިންޑިއާގެ ކުންފުނިން ކުރާގޮތައް ކަމަށާއި ނަމަވެސް މިހާރު އެތަނުގައި މަސައްކަތް ކުރަން ތިބި އިންޑިއާގެ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން ފުރައިގެން ހިނގައްޖެ ކަމަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.

"އެކަޑަމީގައި އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. ގިނަ އިމާރާތްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމަން އަދި ހައެއްކަ މަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވެނީ. އިންޑިއާ ކުންފުނިން މަސައްކަތް ނިންމަން އެއްބަސްވެފައި އޮތް ނަމަވެސް މިހާރު ގިނަ މަސައްކަތްތެރިން ފޮނުވާލައިފި. އެހެންކަމުން ދެން މިމަސައްކަތައް ވާނެ ގޮތެއް ނޭނގޭ." އޭނާ ވިދާޅުވިއެވެ.

އިތުބާރު ކުރެވޭ އެހެން ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ވަޒީފާއަށް އަލަށް ވެއްދި ރެކްރޫޓް ބެޗެއްގެ 30 ވަރަކަށް ފުލުހުން މިހާރު އައްޑުއަށް ގެންގޮސް އެކަޑަމީގެ ފިނިޝިން މަސައްކަތް އެފުލުހުން ލައްވައި ކުރުވަމުން އެބަގެންދެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަޑަމީގައި ނުނިމި ހުރި އިމާރާތްތަކުގެ ތެރޭގައި ތަމްރީން ހަދަން އެތަނަށްދާ މީހުން ނިދުމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖައްސާ އިމާރާތްތައް ވެސް ހިމެނެއެވެ. އެހެންކަމުން މިހާރުގެ ހާލަތައް ބަލާއިރު އެކަޑަމީގައި ގިނަ ބަޔަކަށް އެއްފަހަރާ ތަމްރީން ނުދެވޭނެ ކަމަށް ވެސް މައުލޫމާތު ދެއްވި ފަރާތްތަކުން ވިދާޅުވެއެވެ. "ގިނަ ބަޔަކަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނީ މިހާރު ނުނިމި ހުރި އިމާރާތްތައް ނިންމިގެން. އެއިމާރާތްތައް ނުނިމޭނަމަ ތަމްރީންތައް ބާއްވަން ޖެހޭނީ މަދު ބަޔަކަށް." މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

މާޗް މަހު ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތައް އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ވެސް ވަޑައިގެންނެވިއެވެ.

ސަރުކާރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި މިއެކަޑަމީގައި ފުލުހުންގެ އިތުރުން ގާނޫނު ތަންފީޒު ކުރާ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ތަމްރީން ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިރު

    އިންޑިޔާ އިން ކުރާ ކޮންމެ މަސައްކަތެއް ވެސް ހުންނާނީ ތިޔަ ހެން އައިޖީ އެމް އެޗް އެއީ ނަމޫނާއެއް... ހޮޓަލް އިސްކޫލު އެއީ ނަމޫނާއެއް

  2. ރަން ރީނދޫ

    އެމްޑީއެން އެމްޑީޕީ އަށް ދެން ވެރިކަން ނުލިބޭނެކަން އިންޑިއާ އަށް ޔަގީންވެ،ގެރި މޯދީ ގެ މިލިޓަރީ ބޭސް ގެ ހުވަފެން ފެނަށް ވުމުން އަވަހަށް ބަޗަނީ.

  3. ކާލިބް

    ލިޔާނެ އެއްޗެއް ނެތީތޯއްޗެއް!!

    3
    3
  4. ސަޅި

    މިސަރުކަަރަކުން އޮޅުވައެއްނުލާނެ.
    ކުރީ ސަރުކާރުން ކުޅުދުއްފުށީގައި ވާރެދަށުގައި ތާރުގަނދު ހުޅުވާހެން ނުހަދާނެ.