ސްރީ ލަންކާގައި މިހާރު ކުރިއަށްގެންދާ މުޒަހާރާ އާއި އެއްވުންތައް ބާއްވާ ސަރަހައްދުތަކުގައި އުޅޭ ދިވެހި ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވެއްޖެއެވެ.

ލަންކާގެ އިގްތިސޯދީ ހާލާތު ދަށަށް ގޮސް، ތަކެތީގެ އަގު އުފުލި ތަކެތީގެ އަގު އުފުލި ތަކެތި ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން ދަނީ މުޒާހަރާ ކުރަމުންނެވެ.

އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިފަަ އެއްވުންތަކުގައި ބައެއް ފަހަރު ހަމަޖެހުން ހިނގަން މެދުވެރިވެ މީހުންނަށްވެސް އަނިޔާވަމުންނެވެ.

އެހެންކަމުން މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. އަދި ބޭރަށް ނުންނައިރު ޕާސްޕޯޓް ހިފައިގެން ނުކުތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި އެމާޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހައިކޮމިޝަންގެ ހޮޓްލައިން ނަމްބަރ 0768816666 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އެ ގައުމުގެ މުޒާހަރާ ކުރަމުން ދަނީ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެންނެވެ. މީގެ ކުރިންވެސް އެތައް އިރެއް ވަންދެން ރައްޔިތުން މުޒާހަރާ ކުރަމުން ގޮސްފައިވާއިރު، މިފަހަރު 15 ގަޑިއިރު ވަންދެން މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފައްސާލުމަށްޓަކައި ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.

1948 ވަނަ އަހަރު ލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމުގައި އިގުތިސޯދީ ގޮތުން އެންމެ ބޮޑު ހީނަރުކަން އައިސްފައި ވަނީ މި ފަހަރުއެވެ.