ރ. މަޑުއްވަރީގައި ކަރަންޓް ނެތި އަށް ގަޑިއިރު ވެގެން ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ހާމަ ކޮށްފިއެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް، މުހައްމަދު ސާދިގު "ވަގުތަށް" ވިދާޅުވީ، ރަށުން ކަރަންޓް ކެނޑިފައިވަނީ މަގްރިބް ނަމާދަށް ފަހު ކަމަށާއި ރަށުގައި ދެ އަވަށް އޮންނައިރު، ހުޅަނގު އަވަށުގައި ކަރަންޓް ނެތް ކަމަށެވެ.

ސާދިގު ވިދާޅުވީ، ކަރަންޓް ކެނޑެން މެދުވެރިވީ އަޅާފައި އޮތް މައި ކޭބަލުގެ ޖޮއިންޓް ހަލާކު ވެގެން ކަމަށެވެ.

ރަށުން ކަރަންޓް ކެނޑުމާއި ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ހާމަ ކުރަމުން ސާދިގު ވިދާޅުވީ، ކަރަންޓް ކެނޑިފައިވާ އަވަށަށް ކަރަންޓް ދިނުމުގެ މަސައްކަތް ރައްޔިތުންނާއި އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަލަން

    ރަތްޔިތު އަދިރީގަ މިގޮތައް ލިޔުނީމަ ދޭހަވަނީ ސަރުކާރުން ނުވަތަ ބަޔަކު ކަރަންޓް ނުދީގެން އުލޭހެން ދޭހަވަނީ. ކައުންސިލުން ބުނެފަ އެއޮތީ ކޭބަލް ހަލާކުވެގެންނޭ ދެން ރަތްޔިތުން ކިނު އަދިރީގަ 8 ގަޑިއިރު މިގޮތް ކަމަކު ނުދޭދެއްތޯ!!!

    4
    4
    • މަހާ

      ވީހާވެސް ފިތުނަ އުފެދޭ ގޮތަކަށްނު ހެޑްލައިން ލިޔަން ވާނީ. އެހެންވެ އެއީ

      1
      1
  2. ޕޮގުބާ

    ކޮބާ އެމްޑީޕީ މީހުންތަށް ކަމެއްވޭތަ

    2
    1