ޕީޕީއެމްގެ މެންބަރުންތަކެއް އަދާލަތު ޕާޓީން "ވަގަށް ނަގާފައިވާ ކަމަށް" ކުރާ ތުހުމަތުތައް އެޕާޓީން ދޮގުކޮށްފިއެވެ.
ޕީޕީއެމްގެ މެންބަރުންތަކެއް އެމީހުންނަށް ނޭންގި އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށް ޕީޕީއެމް އިން ބުނެއެވެ. އެމައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.
ޕީޕީއެމްގެ ވާހަކަތަކާއި ގުޅިގެން އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނީ އަދާލަތު ޕާޓީގެ ދަފްތަރުގައި ނަން ހިމެނުމަށް އެދި ޕާޓީއަށް ލިބޭ އެންމެހާ ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރަން ޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
އަދާލަތު ޕާޓީއަށް ލިބޭ ފޯމެއް އެއީ ސައްހަ ނޫން ފޯމެއްކަން އެނގިއްޖެނަމަ ނުވަތަ އެއްވެސް ފަރާތަކުން އެފަރާތެއްގެ ނަން އުނި ކުރުމަށް ހުށަހަޅައިފިނަމަ އެފަރާތެއްގެ ނަން އަދާލަތު ޕާޓީގެ ދަފްތަރުން މިހާރު ވެސް އަންނަނީ އުނިކުރަމުން ކަމަށް ވެސް އަދާލަތު ޕާޓީން ބުނެއެވެ.
ޕީޕީއެމް އިން ބުނާ ގޮތުގައި އެޕާޓީގެ ފަސްހާހެއްހާ މެންބަރުން ވަނީ އެމީހުންނަށް ނޭންގި އެހެން ޕާޓީތަކަށް ބަދަލު ކޮށްފައެވެ. އެމައްސަލަ އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.
ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ ދޯ މީ! މަގާމަށް ޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެ، ލާރި ކޮޅެއް ދީފަ ބަހައްޓާލީމަ އަދި ކިރިޔާ އަސްލު ސޫރަ. ީ ފެނުނީ!
މަށަށް ޔަގީން މިމީހުންނަށް 50 މީހުންވެސް މިހާރު ހަމަނުވާނެކަން
ޕާޓީއައް ވައްދާމީހާއައް ނޭނގި ވައްދަނީ ކޮންޤާނުނަކާ އެއްގޮތަކައްބާ؟
އީސީ ން ފޯމުތައް ހޯދައި ފޯމުތަކާއެކު ފޯމުތަކުގެވެރިން ވީޑިޔޯ ޢާއްމުކުރާއިރުވެސް މި ރުނޑި ތެދެއް ނުހަދަޔޭ!
ގާނޫނާ އެއްގޮތައް ވެސް ވަގަށް ފޯމު ފުރޭނެ ތިޔަމިހުންނައް މިހާރު
އެހެންވެ ދޯ ޔާމީނައްޓަކާ މަރުދޭ ޕީޕީއެމްގެ ވަރުގަދަ ފަހުލަވާނުން ވާނުވާނޭންގި އަދާލަތުގެ ދަފްތަރުގަ އެތިބީ މަށައް ހާދަ ހީވެޔޭ ހައްޖު ކޯޕަރޭޝަން ތެރޭން ކުރާ ކަމެއްހެން މަށައް އެނގިގެން ޕާރޓީ ބަދަލްކޮއްފަ ތިބި ގިނަ މީހުންނަކީ ކޯޕަރޭޝަންގެ ހައްޖައްދާން ރަޖިސްޓަރީކޮއްފަ ތިބިމާހުން
ދެންތީ އަޖާބެއް ، މީހެއްގެ ބޮޑުވައިނގިލީގެ ފިންގަރޕްރިންޓް އޮތީމަވެސް ނޭނގުނުތަ ، އެހެންވީމަ ތިކަމުގައި ކުށްވެރިވާނީ ބޮޑުވައިނގިއްޔާ ލިޔުނު ގަލަން ، ދެން
ތީ ޕާޓީއެއްތަ ނަމުން އަދާލަތު ކަމުން މުނާފިގުން ގިނަވާނީ މަގާމާ މުސާރަޔާ މިނިސްޓަރުކަން ބޭނުންވާލެއް ބޮޑުކަުން ލާދީނީ ޔެ ކިޔާ ގޮވިހާ ހަޔާތް ހަނދާންނެތި އެމީހުންގެ އުގައްވެއްޓި ދީނާ ގައުމު އޮޔާދާއިރުވެސް ނަގޫ ފިތިގެން ދުނިޔެޔާހެދި ސޯޓުބޭލިފަ ތިބި 6އެއްކަ ބޮޓުން
ޕާޓީ އުވާލާ
ޕާޓީއިން ކުރަނީ ޕާޓްނަރޝިޕް ވިޔަފާރިއެއް. މިޔަރު ކައިފަ ފަރުތޮޅިއަށް ކުޑައެތި ކޮޅެއް
ހެހެ.. ކަލޭގެ މުނާފިގުކަން ނޭންގޭ ދިވެއްސަކު ހިޔެއްނުވޭ މި ރާއްޖެޔަކު ހުރެދާނެހެނެއް!!