ބާ ކައުންސިލް އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށާފައި މިވަނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ ދައުރު ޖުލައި މަހުގެ 13 ވަނަ ދުވަހަށް ހަމަވާތީއެވެ.

ބާކައުންސިލްގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 22 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެކަމަށް ބޭނުންވާ ލިއެކިއުންތައް އެ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެެ.

އެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކަކީ މަދުވެގެން ފަސް އަހަރު ދުވަހު ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އަދި ބާ ކައުންސިލްގެ ރައީސްކަމަށް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާ ފަރާތްތަކަކީ މަދުވެގެން 10 އަހަރު ދުވަހު ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ.

މި އިންތިހާބުގައި ވޯޓު ދެވޭނީ އެ ކައުންސިލުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ވަކީލުންނަށް އެކަންޏެވެ. މިމަހުގެ ހަ ވަނަ ދުވަހު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ގާނޫނީ ވަކީލުން ބާ ކައުންސިލުގައި ރަޖިސްޓްރީ ވާން ހުޅުވާލާފައެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ މޭ މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާދީނީ

    ތީ މިގައުމުގައިތިބި ވަކީލުންގެ ގްރޫޕެއްގެ ވިޔަފާރި ކުންފުންޏެއް. ތިކުންފުނި ބޭނުންކޮށްގެން އެބައިމީހުންގެ ލޯފާމްތައް ހިންގަނީ. އެމީޙުންގެ ތައްޕާހުގަ އެލޯފާމްތަކުގަ އަޅުންހެން އުޅެގެންނޫނީ ތިބުނާ ހުއްދައެއް ލިބޭނެގޮތެއްނެތް. އިންޑިޔާގައިވެސް ވަކީލު ހުއްދަލިބޭއިރު ދެން އިތުރަކަށް ކަމެއްކުރާނެ ހަކަތއެއް ނުހުންނާނެހާ އުމުރަށް ދިޔައީމަ ހުއްދަލިބެނީ. މިގައުމުގަވެސް އެތީ މިޖައްސަނީ.

  2. ސސ

    ތިތަން އުއްވާލަން ފެންނަނީ މާފެއާރް ގޭންގެއްގޮތަށް ހިންގާތަނެއް ނުންތޯ ؟