ރާއްޖޭގެ އެންމެ ފުރަތަމަ ދުނިޔޭގެ ފެންވަރުގެ މަލްޓި އައިލެންޑް، ލެޝަރ ޑެސްޓިނޭޝަން، ކްރޮސްރޯޑްސް މޯލްޑިވްސްއިން ރިސޯޓުގެ ކޯޕަރޭޓް ޕާޓްނަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނަށް ހާއްސަ ރޯދަވީއްލުމެއް ދެއްވައިފިއެވެ.

ކްރޮސްރޯޑްސް އިން ބުނީ މި ހާއްސަ ރޯދަވީއްލުމަކީ އެ ކުންފުންޏާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި، ކުންފުނީގެ ކޯޕަރޭޓް ޕާޓްނަރުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ދެއްވި ރޯދަވީއްލުމެއް ކަމަށެވެ.

ސަރުކާރުގެ އިސްވެރިން ބައިވެރިވި މި ރޯދަވީއްލުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ މުއަސަސާތަކުގެ ފަރާތުން 30 އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކޯޕަރޭޓް ޕާޓްނަރުންވެސް ބައިވެރިވެވަޑައިގެންފައިވާއިރު، މި ހުރިހާ ފަރާތްތަކަށް އެ ރިސޯޓުގެ މެނޭޖްމެންޓުން ވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

މި ރޯދަވީއްލުން ބާއްވާފައިވަނީ ދަ މެރީނާގެ ހިތްގައިމު ބީޗް ކްލަބްގައިކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މި ރޯދަ ވީއްލުމުގައި ދިވެހި ޝެފުން ތައްޔާރުކޮށްފައިވާ ’ޓްރެޑިޝަނަލް ސްވީޓްނާ‘ ހިމެނޭ ބުފޭއެއް ތައްޔާރުކޮށްފައިވާއިރު، ތަފާތު އެކި ރަހަތަކުގެ ފިނި ބުއިންތައްވެސް ރޯއްދަވީއްލުމުގައި ހުރިކަން ފާހަގަ ކުރެވެއެވެ.

ކްރޮސްރޯޑްސް މެނޭޖިންގ ޑިރެކްޓަރ ޓޮލްގާ އުނާން ވިދާޅުވީ، ރާއްޖޭގެ ކޯޕަރޭޓް ޕާޓްނަރުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ރޯދަވީއްލުމެއް ދެއްވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން އައިސްފައިވާ އެކުވެރިކަމުގެ ގުޅުމަށް އަޅުގަނޑުމެން ޝުކުރުވެރިވޭ. ހަމައެއާއިއެކު، މި ހަފްލާވެގެން ދިޔައީ، އަޅުގަނޑުމެންނަށް ވަރަށް އިހްލާސްތެރިކަމާއެކީ ޝުކުރު އަދާކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށް. މުޅި ކްރޮސްރޯޑްސް އާއިލާގެ ނަމުގައި ބަރަކާތްތެރި ރަމަޟާން މަހުގެ އުފާ އަޅުގަނޑުމެންނާ ހިއްސާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރު އެތައް ކަމެއް ބޭއްވޭތޯ އަޅުގަނޑުމެން މި ބަލަނީ". ޓޮލްގާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރުބެ

    އެދުމެއްނެތި ވެދުމެއްނުކުރާނެ

  2. ަޗހި

    ވަގުތު ނޫހުން ޖަހަނީ އެމީހުންގެ އަމިއްލަ ކޮމެންޓު .އެހެން މީހަކު ފޮނުވާ ކޮމެންޓެއް ނުޖަހާ

    1
    1