އެމެރިކާގެ ނިއުޔޯކްގައި ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެންމެ ކުރީ ސަފުގައި ހުރި ކުޑަ ކުއްޖާއަށެވެ.
ހުތުބާ އަޑުއެހުމަށާއި ޖަމާއަތުގައި ހުކުރު ނަމާދުގައި ބައިވެރިވުމަށް ގޮސް ހުރީ ދިވެހި އަންހެން ކުއްޖަކު ކަމަށް ބުނެ، މީސްމީޑިއާގައި ދަނީ ތަފާތު އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ޓުވިޓާގައި ހިޔާލު ފާޅުކުރި އެކަކު ވަނީ "އަންހެން ކުދިން ވެސް ހުކުރު ނަމާދު ކުރަން ފެށީތޯ؟" މި ސުވާލުކޮށްފައެވެ.
"ކީއްވެ އދ. ގެ މައި މަރުކަޒުގައި އަންހެން ކުއްޖަކަށް ހުކުރު ނަމާދުގައި ބައިވެރިވެވުނީ،؟" ވީޑިއޯ އިން ފެންނަ ކުއްޖާގެ ބޮލާ ދިމާލުގައި ބޮޅެއް އެޅުމަށް ފަހު ޓުވިޓާގައި އެކަކު ބުންޏެވެ.
ގިނަ ބަޔަކު އެ ސުވާލުތައް އުފައްދަން ފެށީ ކުޑަ ކުއްޖާގެ ބޮލުގެ އިސްތަށިގަނޑަށް ބަލައިފައެވެ. ބޮލުގެ އިސްތަށިގަނޑު ދިގުވެފައި، އެއަށް ހަދާފައި ހުރި ގޮތުން އެއީ އަންހެން ކުއްޖެއް ކަމަށް ގަބޫލު ކުރީއެވެ.
އަންހެނުންގެ މައްޗަށް ހުކުރު ނަމާދު ވާޖިބުވެގެން ނުވެއެވެ. އެއީ ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގެންފައިވާ ކަމެކެވެ. ހުކުރު ދުވަހުގައި އަންހެނުންނަށް ހެޔޮކަން ބޮޑުވެގެންވަނީ ގޭގައި މެންދުރު ނަމާދު ކުރުމެވެ. މިއީ އެމީހުންނަށް އެންމެ އެދެވިގެންވާ ވެސް ގޮތެވެ.
ވީޑިއޯގައި ފެންނަނީ އަންހެން ކުއްޖެއްތަ؟ ފިރިހެން ކުއްޖެއްތަ؟
ގިނަ ބަޔަކު މިހާރު އެނގެން ބޭނުން ވަނީ މަތިން އެ ފެންނަ ފޮޓޯ އިން ފެންނަނީ ފިރިހެން ކުއްޖެއްތޯ ނުވަތަ އަންހެން ކުއްޖެއްތޯއެވެ. ފޮޓޯ އިން އަދި އެ ވީޑިއޯ އިން ވެސް ފެންނަނީ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާއަކީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިންގެ ފިރިހެން ދަރިފުޅެވެ. ތިލްމީޒާ އާއި އާއިލާގެ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގައެވެ.
އދ. ގެ މައި މަރުކަޒުގައި ކުރި ހުކުރު ހުތުބާގައި ޝާހިދު ވިދާޅުވީ ލީޑަރެއްގެ އެންމެ މުހިއްމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މާފު ކުރުމާއެކު ކުރިމަގަށް ވިސްނާ އަނެކުންގެ މައްޗަށް ރަހުމު ކުރުމުގެ ގާބިލްކަން މީހާގެ ކިބައިގައި ހުރުން ކަމަށެވެ. ހާއްސަކޮށް ތިމާއާ ދެކޮށް ނޭއްގާނި އަމަލުތައް ހިންފައިވާ މީހުންނާއި މެދު ހިތްތިރި ކުރުން ކަމަށް ވިދާޅުވިއެވެ.
ހަމަނުޖެހުން އުފައްދައި ސުލްހަ މަސަލަސްކަން ނަގާލާ މީހާ އެ ތަބާ ވަނީ އޭނާގެ ހަވާ ނަފްސައްކަމަށާއި އެފަދަ ހާލުގައި އެމީހަކަށް މި ދުނިޔެ މަތީގައިވެސް އަދި އާހިރަތުގައިވެސް އަމާންކަމެއް ނުލިބޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ފުށުން މީހުންނަށް ފުރައްސާރަ ކުރިމަތިވެ އެހެން މީހުންގެ ހައްގަށް އަރައިގަންނަ ހިނދު މާތްﷲގެ ހަޟްރަތުން ހިތްހަމަޖެހުމަކަށް އުންމީދުކޮށްގެން ނުވާނެ ކަމަށެވެ.
" މުސްލިމުންނަކީ ސުލްހައަށް ލޯބިކުރާ ބައެއް. އައްސަލާމް އަކީ މާތްﷲގެ މަތިވެރި އިސްމުފުޅެއް. މުސްލިމުން އެމީހުންގެ ދިރިއުޅުމުގައި ގަދައަޅައި މަސައްކަތް ކުރަނީ އެމީހުންގެ ވަށައިގެންވާ މީހުންގެ މެދުގައާއި މާހައުލުގައި ސުލްހައާއި އަމާންކަން ފެތުރުމަށް" ޝާހިދު ވިދާޅުވިއެވެ.
މިއީ ދިވެއްސަކު، އދ.ގެ މައިމަރުކަޒުގައި ހުކުރު ނަމާދު އިމާމުވެކުރެއްވި ފުރަތަމަ ފަހަރެވެ.
ހުކުރު ނަމާދުގައި އިސްލާމީ ގައުމުތަކުން އދ.އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އެ ގައުމުތަކުގެ މިޝަންތަކުގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި، އދ.ގައި މަސައްކަތް ކުރައްވާ މުސްލިމް މުވައްޒަފުން ބައިވެރިވިއެވެ.
ނާހަމަ ތެދެއް؟
ޙައްޖާއި ޢުމުރާއަށް ގޮސް ތިބޭ އެކި ގައުމުތަކުގެ އަންހެނުން މައްކާއާއި މަދީނާގެ ޙަރަމްފުޅުތަކުގައި ވެސް ހުކުރުނަމާދު ކުރޭ. ޙަރަމްފުޅުތައް ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން އެކަން މަނައެއް ނުކުރޭ.
ސިޔާސީ ފިކުރުގެ ދިވެހިން ބަލާނެ ކޮންކަމެއްގަވެސް ފިތުނައެއް ފަސާދައެއް އުފައްދާލެވޭނެ ގޮތެއް އޮތްތޯ ބަލާނެ
ބޭކާރު ވާހަކަ ނުދައްކާ ކަލެޔަކީ ގައްދާރެއް.
މީނާ މިހާރު ދީނީ އިލްމުވެރިޔަކަށްވެ އދ ގެ ތިޔަބުނާ މިސްކިތް މޑޕ ގެ ކެމްޕޭން ޖަގަހަޔަކަށްވެސް ވެއްޖެ. ހުތުބާ ގަ ދައްކާ ވާހަކަ އަށް ބަލާލީމަ އެނގޭނެ އެކަން
މި ދެއްކުނތެރިޔާ މީނަގެ ގޭކުރިމަތީހުންނަ މިސްކިތައް ނާރަނީ ކީއްވެބާ
ޚުތުބާ ދޭނީ ކޮޅަށް ހުރެގެން ނޫންތަ؟
ސޯ… ބޭސިކަލީ ބޮޑުމަންޒަރު ދައްކާލަން ކުޅެލި ކުޑަވަރެއްގެ އެޕިސޯޑެއްދޯ؟
ރިޕޯޓަރ ބޭނުންވަނީ އަންހެންކުއްޖެކޭ ކިޔާފައި ކޮމެންޓް ކުރަންތަ ؟
ޚުތުބާ ރަނގަޅު. ޙަދީސް ތައްވެސް ރަނގަޅު.
އަނިޔާވެރި ވާހަކަ ދެއްކިއިރު އިންޑިއާގައި މަރަމުންދާ މުސްލިމުންގެ ވާހަކަވެސް ހިމަނާލިނަމަ
މިފަދަ އޮއްޓަރެއް ނެތް ފުލޯކު ދޮގު ފަތުރައިގެން ފިތުނަ ފެތުރުމުގަ އެންމެ އިސްކޮށް އުޅޭނީ ޔާމީނުގެ އަނގަބަހުން ސޮއި ކުރާ ޤާނޫނީ ވަކީލު.. ފިތުނަޔާ ދޮގު ފަތުރާ ކަންކަން އޮޅުވާލުން ނޫންކަމެއް އެ މުސްތަޢުޒިއު ނުކުރޭ.. މާދަމާ ޓީޗަރުންގެ މުސާރަ އޮނިގަނޑު އިއުލާންކޮށް މުސާރަ ބޮޑުކޮށްލީމަ އެއަށް ދޮގު ފަތުރަން ލޫޕް ހޯލެއް ހޯދުމަށް ތެޔޮލައިގެން މިހާރު ތިބީ ރޭގަ މަގޭ ރައްޓެއްސަކަށް ކޮށްފަ އިން މެސެޖު ދުށިން.. ތިމާ މެންނަށް ނުވާކަންކަން އެހެންބަކު ކުރީމަ ހަސަދައިގެ އަލިފާނުން އަނދައިގެންގޮސް މުނާފިގުންހެން ތެޅި ބާލަނީ.. ހަރާބާގެ ހުކުމް ތަންފީޒުކުރަންވީ މި ބައިނގަނޑަށް..
އިސްލާމް ދީނުގެ ޢަދުއްވުންނަށް ހިއްވަރު ދޭ މީހުންު ތިހެން އަދި ހުކުރު ކުރިޔަސް މާތް ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވޭ
ސުވާލަކީ ކޮންމެ ހުކުރު ދުވަހަކު ކުރާކަމެ އް ބާ އޭ
ނަމާދު ކުރި ތަނަކީ އަބަދުވެސް ނަމާދު ކުރަން ބޭނުންކުރާ ތަނެ އްބާ އޭ
މިވެސް ދެން ހިތުން ޙަބަރެއް! ނޫސްވެރިން ދެން ތަންކޮޅެއް ޒިންމާދާރު ވާން އެބަޖެހޭ ކަންނޭނގޭ... ބޯ ހަލާކު!!!!!!!
އަނެއްކާ މާލެ އަންނަ ތަނުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަން ނުދީ ފިއްޔާ ކިތައްމެ ހާވެސް ރަގަޅެވެ..
އެހެންމީހުންނަށް ރަގަޅުގޮތް ބުނެދޭން ތިވަރުގެ ސާފު މީހެއްނެތް.
ޝާހިދު ޚުތުބާކިޔަން ބެށީތަ ވަރި ކާވެނި ކޮށްދޭން ފަށަންވީނު
ޥަގުންގެ ވިސްނުންހުންނާނީ އަބަދުވެސް އެހެން
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ
މަޖިލީހުގެ މައި މަރުކަޒްގައި އިމާމުވެ ހުކުރުނަމާދު
ކުރެއްވުމަކީ ރާއްޖޭގެ ނިސްބަތުގައި އު ފެއްދުންތެރި
ފިޔަވަޅެކެވެ ރާއްޖެއާއި ދޭދޭ ގައުމުތަކުގެ ރައްޔިތުން އިސްލާމީ އަޤީދާ ހަރުދާނާކުރުމަށް މަގު ފަހިވެގެންދިއަ ކަމެއް
ވެސްމެއެވެ އެހެންކަމުން އަބްދުﷲ ޝާހިދަށް ސުކުރު
ދަންނަވަމެ.
މީނައެކޭ ޔާމީނެކޭ ތަފާތެއްނެތެއްނު؟ ގޭ ކުރިމަތީ ޖެހިގެން މިސްކިތެއް ހުންނައިރުވެސް މިސްކިތަކަށް ނާރާވިއްޔަ!