މާލޭގައި ހުންނަ ޖުމްހޫރީ މައިދާނުގައި އޮސްޓްރޭލިއާ ވިނަ އިންދައި ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ ވިނަ އިންދުމުގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހު ކަމަށެވެ. އަދި އޭރު ރާވާފައި އޮތީ 15 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށާއި ނަމަވެސް އެކި އިވެންޓްތަކަށް ޖުމްހޫރީ މައިދާން ބޭނުންކުރަން ޖެހުމުގެ އެތަނަށް ބޮޑެތި ގެއްލުންތައް ލިބުމުން މަސައްކަތް ދިގުލައިގެން ދިޔައީ ކަމަށެވެ.

ވިނަ އިންދުމުގެ މަސައްކަތް ނިމިފައިވާ އިރު އެ ސަރަހައްދު މިހާރު ފެންނަމުން ދަނީ ވަރަށް ޗާލުކޮށެވެ.

ވިނަ އިންދުމުގެ އިތުރުން ރުށްގަސްތައް ވަށައިގެން ހަދާފައި ހުރި އަށިތަކުގައި ޓައިލްސް ވަނީ ބަދަލުކޮށްފައެވެ. އެ މަސައްކަތުން މިހާރު ނުނިމި އިނީ ފަސް ބުރު އެކަންޏެވެ.

އޭގެ އިތުރުން ހުރިހާ ރުށްތައް ސާފުކޮށް ބުރުތަކުގެ ކުލަވެސް ވަނީ ބަދަލުކޮށްފައެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަ ހެލިޕެޑް ލޭންޑިން ސަރަހައްދުގައި ކުލަވެސް މިހާރު ވަނީ އާކޮށްފައެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލުގެ އާ ދައުރާއެކު ކުރިން އަޅާ ނުލާ ދޫކޮށްލައިފައި ހުރި ޕާކުތަކާއި ސަރަހައްދުތައް ރީތި ކޮށް އާބާތުރަ ފިލުވުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަމާރުން

    ތާނުގަ ހުރި ރުއްތައް ހުރީ މަރުވެފައެވެ. ޢަދި ބަލި ޖެހިފަ

  2. މީހާ

    1: "އޮސްޓްރޭލިއާ ވިނައިން ޖުމުހޫރީ މައިދާނަށް އިތުރު ޗާލުކަމެއް"
    2: "އޮސްޓްރޭލިއާގެ ވިނަ އިންދުމުން ޖުމުހޫރީ މައިދާނަށް އިތުރު ޗާލުކަމެއް"
    ފުރަތަމަ ސުރުޙީ ކިޔާލީމަ ހީކުރެވުނީ އޮސްޓްރޭލިއާގެ ވިނައިން ކިޔާ ޖުމުހޫރީ ޕާކަކަށް އިތުރު ޗާލު ކަމެއް ލިބިގެން އުޅެނީ ކަމަށް. ޙަބަރު ކިޔާލީމަ އެއީ މާލޭގެ ޖުމުހޫރީ މައިދާނުގެ ވާހަކަ ކަން އެނގުނީ..
    ފުރަތަމަ އޮތްގޮތާ ދެވަނަގޮތުން ކޮންގޮތެއްބާ ރަނގަޅީ.....؟؟

  3. އަލްޖިބްރާ

    ތިޔަކަންތަށްވެސް މުއިއްޒު ނުވެ ނިމިދާނެބާ ؟

  4. އަހުމަދު

    މެކްސިކޯ އައުޓް. އިސްލާމީ މަރުކަޒު ނުފެންނާނެހެން އަޅާފަ އެހެރަ ބިލްޑިން ތަޅާލަން ޖެހޭ. މިގައުމުން ބޭރު މިހުން ގައުމުގެ ކަންތަކާ ބެހުމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން

  5. Anonymous

    ތީ އޮސްޓުރޭލިޔާ ވިނައެއްނޫން ތީ 100 ޕަސެންޓު ދިވެހި ރާއްޖޭގެ ވިނަ. ނަންބަދަލެއް ނުކުރެވޭނެ. މިތާކު އޮސްޓުރޭލިޔާ އަށް ޖާގައެއް ނެތް

  6. ސަލިމު

    ތީ އޮސްޓުރޭލިޔާ ވިނައެއްނޫން ތީ 100 ޕަސެންޓު ދިވެހި ރާއްޖޭގެ ވިނަ. ނަންބަދަލެއް ނުކުރެވޭނެ. މިތާކު އޮސްޓުރޭލިޔާ އަށް ޖާގައެއް ނެތް.