ބޮޑު ޖަމާއަތުގެ އިތުރުން މާލޭގެ 27 މިސްކިތެއްގައި ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ތިން ތަނެއްގައި މިއަހަރުވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލޭ ސްޓޭޑިއަމް ސަރަހައްދެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގެ އިތުރުން އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ 27 މިސްކިތަކީ:

  • މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  • މަސްޖިދު މަލިކި ސަލްމާން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު ޢަލީ
  • މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
  • މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
  • މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
  • މަސްޖިދު ޢަފީފުއްދީން
  • ޒިޔާރަތް މިސްކިތް
  • މަސްޖިދުލް ބިއްރި (ވިލިމާލެ)
  • މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  • މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއް ސަބީލް (ހުޅުލެ)
  • މަސްޖިދުލް އިންތިޞާރު (ހުޅުލެ)

މާލޭ ސަރަހައްދުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ކުރަން ޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.