ނިމިގެން ދިހަ ސަރުކާރުގައި މަސައްކަތް ތެރިންގެ ދުވަހާ ގުޅިގެން "މޭ ޑޭ" ގެ ނަމުގައި 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން ޖަލަށް ލީ ފަރާތްތައް ހަނދާން އެބަހުރިތޯ ވިދާޅުވެ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ސުވާލު އުފައްދަވައިފި އެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް މަސައްކަތް ތެރީންނަށް މަރުހަބަ ވިދާޅުވެ ޝިދާތާ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ "މޭޑޭ" ވީ ރާއްޖޭގެ ސިޔާސީ ތާރީޚް ގުޑުވާލި ދުވަހެއް ކަމަށާއި އަދި މޭ ޑޭ އާ ގުޅިގެން ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާއިން ޖަލަށް ގެންދިޔަ ފަރާތްތައް މިހާރު ތިބީ ވެރިންގެ ގޮތުގައި ކަމަށެވެ.

ޝިދާތާ އެ އިޝާރާތް ކުރެއްވީ ބޭފުޅުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ. އެ މުޒާހަރާއަށް ފަހު އިމްރާން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނެވި އެވެ.

"އެދުވަހު ޖަލު ގޮޅިއަށް ގެންދިޔަ ބޭފުޅުން މިހާރު ތިބީ ވެރިންގެ ގޮތުގައި. ސުވާލަކީ ހަނދާނުގައި އެކަން އެބަހުރިތޯ؟" ޝިދާތާގެ ޓުވީޓުގައި ވެއެވެ.

ޝިދާތާ "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ މޭ ޑޭގެ މުޒާހަރާއަށް ނުކުރީ ވަޒީފާ ބިރު ދެއްކުން ފަދަ އެތައް ކަމަކާއި ގުޅިގެން މަސައްކަތްތެރީންގެ ހައްގުތައް ހޯދަން ނުކުންނާން ޖެހިގެން ކަމަށެވެ.

"އެ ދުވަހުގެ މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެލެއްވި. ޖަލަށް ނުލެއްވިޔަސް ވަރަށް ރައީސް ސޯލިހުއަށް ވެސް ވަރަށް ބޮޑަށް ބިރުދެއްކުންތައް އައި" ޝިދާތާ ވިދާޅުވިއެވެ.

މޭ ޑޭގެ މުޒާހަރާއިން ނުކުތް ބޭފުޅުން މިއަދު ވެރިންގެ ގޮތުގައި ތިއްބެވި އިރު މިއަދު ފެންނަނީ އަނެއްކާވެސް ކުރިން ފެނިގެން ދިޔަ މަންޒަރުތައް ކަމަށް ޝިދާތާ ވިދާޅުވިއެވެ.

"ނިމިގެން ދިޔަ ކޮމަންޑޫ އިލެކްޝަންގައި ވެސް ވަޒީފާގެ ބިރުދެއްކުންތައް ފެނިގެން ދިޔަ. ދެން މަސައްކަތް ތެރީންގެ ހައްގުއޭ ކިޔާފަ އަޑު އުފުއްލެވި ބޭފުޅުން މިއަދު އެ ގޮތަށް ވެރިންގެ ގޮތުގައި ތިބެ އަޑުއުފުއްލެވީމަ ބަލައެއް ނުގަނެވޭނެ" ޝިދާތާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސިދާތާ

    އަދިވެސް ގޮޅިއަށް ލާނަން

    15
    1
  2. ޢަލިފް

    2ފުއް ކެހެރިންނަކަށް 2023 ގަ ޖާގައެއް ނެތް..2023 ޔާމީން...އިންޝާﷲ.އާމީން

    22
    2
  3. ތިލަދުންމަތިން

    މިސަރުކާރަކީ ފަސްމާމުޅިންގެ ސަރުކާރު އިންޑިޔާ ގެހިމާހަތުގާވާ މޯޑީގެ ޕަޕަޓުން މުންޑުކޯލޭސަން ގައްދާރުންނައްއޮތީ ހުރަގެ އަދަގޮޑި އިންސާފުއަރާހަމަކުރާނެ ހިޔާފުލެޓުގެ ތިރީސްހާސްފަސްސަތޭކަ ދެހާސްތޭވީސް ރަައީސްޔާމީނު ތަރައްގީ ގަޓްހުރި ޖެހިލުންކުޑަ ހިބަރުވަދު މައިތިރި ގައުމުހަމަމަގުގެނެވޭނީ ޔާމީނު ހަޒާނަދޮވެލި ލާދީނީ މީހުން ބާރުގަދަ އެމްޑީ އެންގެ މީހުންބާރުގަދާ؟

    2
    1
  4. މުހަންމަދު

    މިފަހަރު ގޮޅިޔަށް ވަންނާނީ އަމިއްލަޔަށް އެދިގެން.