ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިނުމުން ވެސް އެކަމާއި ގުޅިގެން އެއްޗެއް ހާމަ ކުރަން ފުލުހުން ދެކޮޅު ހަދައިފިއެވެ.

ރައީސް ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ މީސްމީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައެވެ.

އެވީޑިއޯއިން ފެންނަ މީހާ ބުނެފައިވަނީ ކުރިން ވެރިކަން ކުރި މީހަކު ގައުމު އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަން އެހެން ވިޔަ ނުދޭނެ ކަމަށެވެ. އަދި ދިވެހި ދިފާއީ ބާރު އެހެން ގައުމެއްގެ ދަށުވެފަ ކަމަށްބުނެ ހަދަނީ ދޮގު ކަމަށް ވެސް ވީޑިއޯގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަކީ މޯލްޑިވްސް ޔޫތް ފޯސް. އަޅުގަނޑުމެން މި ނިކުންނަނީ އޭނާ ސައިޒު ކުރަން" ރައީސް ޔާމީނަށް ދިން އިންޒާރުގައި ބުނެފައިވެއެވެ.

ރައީސް ޔާމީނަށް އިންޒާރި ދިންތާ 3 ގަޑިއިރަށްވުރެ ގިނަ އިރުވެގެން ގޮސްފައިވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.

މި މައްސަލައާއި ގުޅިގެން ނޫސްވެރިން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަބަރޭ

    ރައީސް ޔާމީން އުޅުއްވަނީ މޮޅު ސުޓަންޓެއް ޖައްސާފައި ވެރިކަމަށް އަންނަން ވެގެން

    2
    58
  2. ކިނބޫ

    ފުލުހުންގެ ބައިވެރިވުމާއެކުގައޭ އެ ވީޑިއޯ ހަދާފަ އޮންނާނީ. ދޯ ސަޓަނި ހަމީދު.

    47
    2
  3. އައްޒާމު ހައްގު

    ކާކުތަ ޔާމީނަކީ އެވަރުގެ އިންޒާރެއްތައެއީ ހަމަ

    3
    38
  4. ގެރިގުއި

    މިފަހަރު އިންޑިޔާއަށް ދިޔަމީހަކަށް އެގޮތަށް އޯޑަރު އައީ ކަމަށްވެދާނެ! ދެންފަހެ، ތަޅާނެ ކުދިންކޮޅަކަށް ލާރިކޮޅެއްދީފަ މަގުމައްޗައް ނެރުނީ!

  5. އަލްޖިބްރާ

    ޔާމީނު އެއީ ކާކުތަ ؟ އޭނާއަށް އިންޒާރު ދިނީ ކޮންގޮތަކަށްތަ ؟ މީހަކު ސައިޒް ކުރާނަމޭ ބުނުމަކީ މައްސަލައެއްތަ ؟ އެހެންވެއްޖިއްޔާ އެންމެ ފުރަތަމަ އިންޒާރު ދިނީ އަދުރޭ ! :" އިންޑިއާ އައުޓް " ގެ ކެމްޕޭނާއިއެކު މިސަރުކާރު ބަލިކުރާނަމޭ ގޮވީ އަދުރޭ ! އޭނަގެ މައްސަލަވެސް ބަލަން ޖެހޭނެ ! ތިތިބީ ޔާމީނަށް ވިކިހުސްވެފަ ! ލިބޭ ބައިވަރު ހަމަ މަދީ ދޯ ؟

  6. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ރައީސް ޔާމިންއަކީ އެންމެ މީހެއްކަމަށް އެއްވެސް ފަރާތަކުން ނުދެކޭތި ޔާމިން ހަށިކޮޅަށް ގެއްލުން ދީފަ ދިވެހިފަސްގަނޑުގައް އުޅެވޭނެކަމަށް ހީކޮށްގެންނުވާނެ ކޮންމެ އިންސާނަކައްވެސް ދިރިހުރުމާ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސޯލިހުއަށް ގޮވާލަން ގޮށްމުއްއިސްކޮށްގެން އަބަދަކު ބަލާކައް ރައްޔަތުން ފުރުސަތެއްނުދޭނެ2023ވަރަށްބާރައް އަރާހަމަކުރޭ ވެއްޓެނީ ވެއްޓެނީ ޖަލުގެ ކުޑަގޮޅި ސޯލިހުއަށް ފެންނަނީ

  7. ހުސޭނުބޭ

    ފުލުހުންގެ ވެރިއަކަށް ހުންނަނީ ޖަލަށް ވަގަށް ފޯނުވެއްދި ދޮގުވެރިޔާ

  8. ޢަލިފް

    2023 ޔާމީން..އިންޝާﷲ.އާމީން

  9. މާޒީ

    ޔާމިނަކީ މާޒީ.. ގައިދީއެއް ދެނެއްވެރިކަމަކައް ނާންނާނެ.. އަދި ތިއިންޒާރެއްދީގެން މިއުޅެނީ 12 ގަޑިއިރުނުވެގެން އުޅެނީސް ތެޅިފޮޅި ތިގަތީ އެއީ ބޮޑުހާއިނެއް.. އެއީ ގައިދީއެއް.. ހާދައަވަހަކައް ތިތެޅިގަތީ ޔާމިނުރުއްސަން.. މިހާތަނައް ޔާމިނައް ވަފާތެރިވިމީހަކައް ޔާމިނުއޮތީ ކެހިދީފަ.. ޔާމިނު ބޭނުންހާއެއްޗެއް ނުހެދޭނެ ދެނެއް…

  10. އިންޒާރު

    ޔާމިނުރެއްސަންތަ ތިހާއަވަހައް ތިތެޅިގަތީ… އެހެންމީހުންނައް މަރުގެ އިންޒާރުވެސް ދީފައެބަހުރި.. އެކަމު މިހާއަވަސްއަރުވާލާފައެއް ނޫޅެ.. ޔާމިނަކީ މާޒީ.. ދެނެއް ވެރިކަމަކައް ނާދެވޭނެ.. 2013 ގަވެސް އައީ ވަގައް އެތައް ވޯޓެއްލައިގެން… ގައިދީން ހަގީގަތުގަވެސް ތިބެންޖެހޭނީ ސައިޒުގަ… ރަނގަޅު އީދު ހަދިޔާއެއްކަމައް ފެނޭތި…

  11. ގަންޓާބެ

    އެއީދެން އިންޒާރެއްތަ..ހެހެ

    2
    11