ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވީ ނަމަވެސް މީހުންނާ މެދު އޯގާތެރިވެ، ހަމްދަރުދީވެ، އަދި ދީލަތިވުން މަތީ ދެމިތިބުމަށް ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ޝާހިދު ދެއްވި މެސެޖްގައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގައި ދެމިތިބުމަށް އެދިވަޑައިގެންފައެވެ.
ފިތުރު އީދަކީ އުފާ ފާޅުކޮށް، އެކުވެރިކަން އާލާ ކުރުމަށް މުސްލިމް މުޖްތަމައު އަށް ލިބޭ ފުރުސަތަކަށްވީ ހިނދު، ދުނިޔެއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ފަގީރުކަން ފަދަ ކަންތައްތަކާ މެދުގައި ވިސްނާލުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
އަދި އިހްސާންތެރިކަމާއި އޯގާތެރިކަމާއި ސުލްހަ ފަދަ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މަގު ހޯދުމަށް ޝާހިދު އެދިވަޑައިގެންނެވިއެވެ.
ދެން މާދަމާ ޗަކޮއެމެން ޔާމީނު ނޮޅައިގެން ކޭމަ ހުންނާނީ ހަމަވެފަ ގޮތްކުޑަ ކާޕެޓެއްމީ ވަގުކަލޭގެ
ތީ ތިޔަބައިމީހުން އަށަގަނުވަން ޖެހޭ ސިފަތަކެއް..ތީ މި ބަރަކާތް ތެރި އީދު އައީމަ ދައްކާ މަތިޖަހަން ދައްކާ ހޮޅިވާކަތައް.........(2023 ރައީސް ޔާމީން އިންޝާﷲ.އާމީން )
ދެން ކީއްވެތަ ރައީސް ޔާމީންގެ ގައިކޮޅުން ނެއްޓެން ނޭގިގެން ތިމީހުން އުޅެނީ
ދީ ބަލަ ލާރިކޮޅެއް
ޝާހިދޫ ކަލޭވެސްދޯ...ހައްހައް...ހައްހައް..ހާދަ ހިއްޏެއް އާދެއޭ..!
ޥަރައް ހާލުގަ މިހުރީ އެހީއެއް ލިބިދާނެތޯ