ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިދިޔަ އަހަރާއި އަޅާ ބަލާއިރު 15 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އަށް ވަނީ 15 ދަރަޖަ ފަހަތަށް ވެއްްޓިފައެވެ.

2019 ވަނަ އަހަރާއި ޖެހެންދެން ރާއްޖެ އޮތީ އެ ލިސްޓްގެ 180 ވަނައިގައެވެ. ނަމަވެސް 2020 އަހަރު ރާއްޖެ 98ވަނަ އަށް އެރިއެވެ. 2021 ވަނަ އަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ. ނަމަވެސް މި އަހަރު ވަނީ 87 އަށް ވެއްްޓިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އުފާ ކުރާ ކަމެއް ކަމަށެވެ.

އަދި މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު ވާޖިބު އަދާކުރައްވައި، ރައްޔިތުންނަށް ކަންކަމުގެ ތެދު މައުލޫމާތާއި ހަގީގަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެއް". ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެެ ނޫސްވެރިކަން މިނިިވަން ކޮއްދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ އަބުރުގެ ގާނޫނު އުވާލާފައެވެ. އަދި ނޫސްވެރިކަމަށް ހުރަސް އަޅާ ފަރާތްތަކަށް ދައުވާ ކޮށް ނޫސްވެެރިންނަށް ލިބިފައިވާ ގެެއްލުންތަކަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އހ

    ހެހެ އިބޫ ބުނި މިނިވަންވީއޭ އަސްލު ނޫސްތައް ގަނެވުނީ

  2. Anonymous

    އަދިވެސް ޔޫޓީއެފްގެ އެއްބަސްވުމުގެ މައުލޫމާތު ހާމައެއް ނުކުރޭ. އެހެންވީމަ ނޫސްވެރިކަމުގެ މިނިވަންކަން ގޮސްް ފައިބުޑަށް ނުވެއްޓޭކަން ރަނގަޅެންނު.

  3. ސޫއޫދު

    ޢިބުރާހީމައް ފެއްނަނީ ކޮއްމެ ކަމެއްގެތެރެއިންވެސް ހަރުކަޝި އޭނަހަރުކަޝިކިޔާ ކޮއްމެކަމެއް ނިއްމާލީމަ ދެންއެކަމެއް ވަރައްމޮޅުވީ މީހެއްގެ ހަޝިގަނޑުގެ ބައެއްވިޔަސް ލިޕުސް ޓިކެއްވިއަސްހެޔޮ

  4. އިންޑިޔާ އައުޓް

    މިފޮޓޯގަ ކުރީސަ ފުން ފެންނަން މިތިބަ މީހުން މިއަދު ކޮބާ މިމީހުން ދިރިދުނުޔޭގަ އެބަތިބިތަ..ހިޔާލުފާޅުކުރުން މެކުހަށްޖަހާ ފަ މިއޮތީ..ބޭސްމަލަން ހުސްވީތަ މިވެރިކަމުގަ މިއިން މީހަކު މިހާރު މަލަންކޮޅެ ނާޅަނީ..މަލަން އަޅާވަރަށްވުރެ ގިނައިން ބިރިޔާނި ކާންދީ ސްޕާރީކައިގެން ދެބަންދިހާރުވެ ފަތިބީ މިހާރު..

  5. ހަޙަ

    އަދިވެސް ކުރީގެ ވެރި ކަންތަށް ގޯސް ވާނީ

  6. އހ

    ހަބޭސް ސަރުކާރެއް

  7. ދަރަނި ދަންތުރަ

    ދެންތިކަމާ އުފަލުން ކޮނޑުހުޅުން އަތް ވަކިވަންދެއް އަތްޖަހާ ރީނދޫ ޕާޓީންނޯ ތިޔަބުނާ ހައްގު ހޯދައިދިނީ ސޯލިބޭ ކިޔާ މީހެކޯ ރައީސަކަށްހުރީ ކޮބައިތަ ކެނެރީގޭ ހައްގުބޭ ، މިވެރިންގެ ލަދުކޮބައި ....