އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ގޭގެއަށް ކެމްޕޭނަށް ދަތުރު ކުރާއިރު ޖިންސު ލައިގެން އުޅުއްވާތީ އެކަމާއި ގުޅިގެން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުރުހުންވެއްޖެއެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާއި ގުޅިގެން ޕާޓީ ދެކަފިވެފައިވާއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ.

މިގޮތަށް މިކަން ވެފައިވަނީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ އިންތިހާބަށް ދެ ރައީސުންގެ މެދުގައި ވާދަވެރިކަން އުފެދިފައިވަނިކޮށް، އެޕާޓީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ދެ ރައީސުން ވެސް ކެނޑިޑޭޓުން ނެރުއްވުމާއި ގުޅިގެންނެވެ.

އެގޮތުން ފައްޔާޒު ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާއެކުގައެވެ. އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރައްވަނީ ނަޝީދުގެ މަދަދާއެކުގައެވެ.

ކަން މިހެން އޮތް އިރު އިންތިހާބުގެ ފޯރި އަންނަނީ ދުވަހެއް ދުވަހަކަށް ގަދަ ވަމުންނެވެ. މިހެން އޮއްވާ ބޮންޑޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިލަވެ ހަރުއަރާފައިވާ ޖިންސެއްލައިގެން އަބަދު އުޅުމަކީ އަދި ގޭބިސީތަކަށް ވަނުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

"މަޖިލީހުގެ ކޮމިޓީތަކަށް ޖިންސާއި ޓީޝާޓު ލައިގެން އަނގަފުރެންދެން ފޯއް އަޅައިގެން ވަނުމާ ދެކޮޅަށް ފާޑު ކިޔާ އެކަން ވެސް ވާނީ މިހާރު ހުއްޓުވާފައި. ދައުލަތު އިސްމަގާމުތަކުގައި ތިބޭ މީހުން ނަމޫނާ ވާންޖެހޭނެ." ބޮންޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ދަރިޔާ ހެޔޮނުވާނެ! ބޮންޑެ ރުއްސަން ދެން އުޅެބަލަ މިނީ ސްކާޓް ލައިގެން. އެސޮރު ވަރަށް މިނީ ސްކާޓް ލައިގެން އުޅޭ ކުދިންނަށް ބަލައޭ!

  2. ހައްގުބަސް

    ޢެމްޑީޕީގެ ގިނައީ ފެންނުވަރާ އުޅޭ ޕާޓޭއިން. މިސާލެއްގޮތުން މަޖިލީސް ނައިބު ރައީސްއަށް ބަލާލިއަސް ފުދޭނެ،

  3. ކޮވިޑް

    ކެކެކެ ބޮންޑޭ އެމްޑީޕީގަ ތިބުނާ ރިވެތި އަދަބާ، އިސްލާމީ ރިވެތި ސިފަތަކަކީ އެމްޑީޕީ ޤަބޫލޫކުރާ ކަން ކަމެއް ނޫން . އިވާ މުސްލިމް އަންހެނަކަށްވެ ހުރެ އޮރިޔާމާ ( އައުރަ ނިވާނުކޮށް ) މަޖިލީސް ޖަލްސާ އަށް ދާތަން ބޮންޑޭ އަށް ހަމަ ނުފެންނަނީ ތޯ؟

  4. އައްޗީ

    އޭ ކަލެޔަކަސް ޖިންސާ ދެކޮޅަށް ކެމްޕޭނު ނުކުރޭ އިނގޭ!!!!!

  5. ބޮންޑޭ

    ބޮންޑޭ ގެ އަނގަ މައިތިރި ކޮށްބަލަ އިސްމަގާމުގަ ހުރެގެން. ތި އަނގަ ބަލައިނުގަންނަ ރައްޔިތުން ގިނަވާނީ

  6. އަލްޖިބްރާ

    ކަލޭމެންގެ ވަށައިގެން އެބުރޭ އަންހެނުން ތަކުގެ އޮރިޔާން ނިވާނުވިއަސް ކަލެއަށް ކަންބޮޑެއް ނުވޭ ! ކަލޭގެ ބޯ ހަމަޖެހޭބާ ؟

  7. އިންޗި

    އެމީހަކުލާނެއެއްޗެއެގޭނީ އެމީހަކަށް މަޖިލީސްގޮޑި ދެން ސޮރީ

  8. ބިންގޯ

    ބޮންޑޭ ފަޔާގެ ޖިންސް ގަނެފަ ޢިންތި އަށް ދީފަ ބުނޭ އެޖިންސް ލައިގެން ކެންޕޭ ކުރުރަން ދާށޭ ފަހަރެއްގަ ކާމިޠާބު ވެދާނެ