މިރޭ ގއ. ވިލިނގިލީ ނެރަށް ވަންނަން އުޅެނިކޮށް ހިނގި އެކްްސިޑެންޓާއެކު އެތައް ބަޔަކަށް ލިބުނީ ޝޮކެކެވެ. އެއީ ދެ މީހެއްގެ ފުރާނަ ނަގާލި އެކްސިޑެންޓެކެވެ. އެ ލޯންޗުން ޖުމްލަ ފަސް މީހަކު ދަތުރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން ނިޔާވީ ގއ. ވިލިނގިލީ ދޫރެސްގެ، މިސްބާހް އަބްދުއް ރައޫފް އާއި ނ. ލަންދޫ އުރަހަ، މުހައްމަދު ޝާފިއު އެވެ.
މިސްބާހް އަކީ ލޯންޗްގެ ވެރި މީހާ އެވެ. އޭނާއަކީ އެރަށު ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހެކެވެ. މި ދަތުރަކީ މާދަމާ އޮތް ކައިވެނީގެ ހަފްލާއަކަށް ޝާފިއު ބަލާ، ކުރި ދަތުރެކެވެ. ލޯންޗް އެކްސިޑެންޓްވީ ޕުލްމަން މާމުޓާ ރިސޯޓުގައި ހުރި ޝާފިއު ގޮވައިގެން ވިލިނގިއްޔަށް ދަނިކޮށެވެ.
މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ޝާފިއު ވިލިނގިއްޔަށް ދާން އޮތީ އާއިލާ މީހެއްގެ ކައިވެންޏަށެވެ. އަދި އާއިލާ ބައެއް މީހުން މިިހާރު ތިބީ އެރަށުގައެވެ. އޭގެ ތެރޭގައި މަންމަ ހިމެނެއެވެ. މި ކައިވެނީގެ ހަފްލާ އޮތީ މާދަމާ އެވެ.
އެ މީހާ ބުނިގޮތުގައި، ނިޔާވި ޝާފިއު އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ. ޝާފިއު އަކީ ކައިވެނި ކުރަން އޮތް ފިރިހެން މީހާގެ ކޮއްކޮއެވެ. އަދި ނިޔާވި މިސްބާހު އަކީ ކައިވެނި ކުރަން އޮތް އަންހެން މީހާގެ ކޮއްކޮއެވެ.
މި އެކްސިޑެންޓްގައި ލޯންޗްގައި ދެން ތިިބި ތިން މީހުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. އައިސީޔޫގައި ފަރުވާދެމުން ދަނީ މިސްބާހުގެ ކޮއްކޮއަކަށެވެ. އޭނާ އަކީ އެ ލޯންޗް ދުއްވަން އިން މީހާ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު އެނގޭ މީހަކު ކިޔާދިންގޮތުގައި، ޝާފިއުގެ އެއްބަނޑަށް ހަތް މީހުން ތިބޭއިރު، މިވަގުތު ލަންދޫގައި ތިބީ ދެ މީހެކެވެ. އަދި އޭނާގެ ބައްްޕަވެސް ވީ ރަށުގައެވެ. ބައްޕަގެ ހާލު ގޯސްވެގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
"ވަގުތު"އަށް މައުލޫމާތު ދެމުން ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާއަށް މިވަގުތު ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށްވެސް ވިދާޅުވިއެވެ.
ވިޝާލް ވިދާޅުވީ، އަނިޔާވި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ.
ފުލުހުން ދިން މައުލޫމާތަށް ބަލާއިރު އެ ހަދިސާގައި އަނިޔާވި ތިން މީހުންވެސް މާލެ ގެންދިއުމަށް ވަނީ ނިންމާފައެވެ.
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ތި ލޯންޗް ދުއްވަން އިނީ ލައިސަންސް އޮތް މީހެއްތަ ؟
ލައިސަންސް އޮންނަމީހާއަތުން ވެސް މިކަހަލަ ކަންކަންވެ ލައިސަންސް އޮތުމަކީ އެކަހަލަކަމެއް ދިމާވާން ނުޖެހޭ ސަބަބެއްނޫން ލޯންޗް ފަހަރުގަ ފޮނިދަށްކަން އުޅުމާއި ނުބަލާ ދުއްވުމަކީވެސް ހިތާމަވެރި ހާދިސާތަށް ހިގާ ސަބަބެއް
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ކެހިވެރި ކަމުގެ ވަގުތީ އުފަލެއް ދޭ ތަނެއް ކަމުގައި ނޫނީ ދުނިޔެ ނުވެއެވެ. ﷲ ޙަޟްރަތުގައި ،އާޚިރަތުގައި ވާ ނިޢުމަތް މާހެޔޮކަން ބޮޑެވެ. إنالله وإنا إليه راجعون.
ބޮޑު ކައިވެންޏަކަށޭ ބުނެފަ އޮތީމަ މިހަބަރު ކިޔާ ނިމުނުއިރުވެސް ކައިވެނީގެ ބޮޑުކަމެއް ނޭނގުނު.
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ. މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި.އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން.
ޚަބަރު ކިޔާނިމުނުއިރުވެސް މިކަން ވާން ދިމާވިގޮތެއް ނޭނގުނު .
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ހަޒާ ލޯންޗް ދުއްވަން އިންމީހާ އަތު ލައިސަންސް އޮތިއްޔާ މަރުވިމީހުން އަނބުރާ ލިބޭނެތަ؟
އެކްސިޑެންޓްވާން ދިމާވީ ކިހިނެއް؟
ހިތާމައިގެ ކޮޅެއްނެތް
މަރްޙޫމުންގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރި ކަން ދެއްވާށި