މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި 13,471 ބަނގުރާ އެކުލެވޭ ބިޔަރު ފުޅި ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައު ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި މިއަދު ނައްތާލާފައިވާ ކަމަށެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރި އަދި ޓޮނިކް ހިމެނެއެވެ. އެ ތަކެތި ނައްތާލީ ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

ކަސްޓަމަސްއިން މިއަދު ނައްތާލި ތަކެތި

  • 50 ފުޅި ބަނގުރާ
  • 13471 ބަނގުރާ އެކުލެވޭ ބިޔަރު ފުޅި
  • 137 ބަނގުރާ އެކުލެވޭ ބިޔަރު ތަޅު
  • 7424 ފުޅި ޓޮނިކް

ކަސްޓަމްސްއިން ބުނީ މިއަދު އެ އިދާރާއިން ނައްތާލި ތަކެއްޗަކީ ޖުމްލަ 6026.11 ލީޓަރުގެ ތަކެތި ކަމަށެވެ.