ތ. އަތޮޅު ބުރުނި ކައިރިއަށް ޑައިވިންގއަށް ގޮސް އުޅުނު މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބުރުނީ ދެކުނުން ހަތަރު މޭލު ބޭރުގައި އެންހިފަން އުޅުނު "މާފަތް4" ދޯނީގައި ހުރި މީހަކު ޑައިވިންގއަށް ގޮސްގެން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށެވެ.

29 އަހަރުގެ އެ ޒުވާނާއަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއްކަން ސާފެއް ނުވެއެވެ. ނަމަވެސް އާއްމުކޮށްފައި ހުރި ފޮޓޯތަކުން އެނގޭ ގޮތުގައި އޭނާއަށް އަނިޔާ ލިބުނީ އަތަށެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޑައިވިންގއަށް ގޮސް އުޅުމުގެ ހިތާމަވެރި އެތައް ހާދިސާތަކެއް ދާދި ފަހުންވެސް ރާއްޖޭގައި ހިނގަފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭވު އިންސާނުން

    މިޔަރެއްގެ ނޮހޮރޮއްޕާން ޖެހުނީ ކީއްކުރާނީ މިގައުމުގަ ނޫނީއްޔާ މިޔަރު ހިމާޔަތްކޮށްގެން ތެޅޭ ބަޔަކު މި އޭސިޔާގަނޯންނާނެ ލަންކާގަ ހުއްދަ އިންޑިޔާގަ ހުއްދަ މިދެންކޮންފަދަ ކަމެއް މަހެއް ބޭނެނީކީނޫ މިޔަރުގެ ނޮހޮރޮއްޕާނާހެދި ހިފާ ހުސްކުރަންވީ ނުލާހިކު އަގުބޮޑު ވިޔަފާރިއެއް