މާލެ ގެއަކުން ވައްކަން ކުރި ދިވެހި އަންހެނަކު ހޯދަން އިއުލާނުކޮށްފިއެެވެ.

ފުލުހުން ވިދާޅުވީ، އެ އަންހެން މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މާލެ ގެއަކުން ވައްކަންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ. އަދި އޭނާ އުޅޭ ވަކިތަނެއް އާއިލާއަށްވެސް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެ މައްސަލައިގައި ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ލ. ކުނަހަންދޫ / ބަހާރުގެ، ސަލީމާ ޢަދުނާން (33އ) އަށެވެ.

ތަހުގީގަށް ސުވާލު ކުރުމަށް އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ހާޒިރުވާން އަންގާފައި ވަނީ މެއި 31 ވަނަ ދުވަހުގެ 10:00 އަށް މާފަންނު ޕޮލިސް ސްޓޭޝަނަށެވެ.

އޭނާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަނަށް 9660183 އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ރާއްޖެ އިން ބޭރަށް ވަގަށް ޑޮލަރު ތައް ބިދޭސީން ބޭރު ކުރާ އިރު ހޯދަން އިއުލާން އެއް ނުކުރެ އެވެ.

  2. ޣޮލީ

    ކުށެއް އަމުދުން ސާބިތު ނުވަނީސް ތުހުމަތެއްގައި އަންހެނަކަސް ފިރިހެނަކަސް މިހާ ފުޅާކޮށް ބަދުނާމު ނުވާނެ ގޮތަަކަށް މިކަން ނުވާނެތޯ؟ ފޮޓޯ މިހެންޖަހާ ހިސާބުން މުޖުތަމައުގަ ވ ބޮޑު އަނިޔާއެއް އެދެވެނީ. އަޅުގަނޑުގެ ޚިޔާލު މުޅިން ރަނގަޅުވެސް ނުވެދާނެ.

    11
  3. ބުރުގާ

    ހަބޭސް

  4. މާމީ

    ވަގަކައް ހަދާގެން އަންހެން ކުއްޖެއްގެ އަގު ވައްޓާލަނީ

    7
    1