2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ނިކުންނަވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިގޮތަށް އިއުލާނު ކުރެއްވީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ އެމަނިކުފާނު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައެވެ. އެމަނިކުފާނު މިގޮތަށް އިއުލާނު ކުރެއްވިއިރު، ރައީސް ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަަމަށް ވިދާޅުވިއެވެ.

އެކަމަު އެ ދުވަހު ރައީސް ވަނީ ނަޝީދު ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށާއި ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ނިންމަވާފައިނުވާނެ ކަމަށް މީޑިއާ ތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހަރު ފެށިފައި ހުރި މަޝްރޫއުތައް ކޮންޓިނިއު ވާން އެބަޖެހޭ، އެނގޭ އެއްް ކަމަކީ އެއްވެސް ޕާޓީއެއް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން، ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން".

ރައީސް ވިދާޅުވީ، އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއި އެކީ ނުކުމެގެން 2023 އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު، އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމުގެ ވާހަކަ 2023ގެ ރިޔާސީ އިންތިހާބުގައި". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕާޓީ އެތެރޭގައި ކަންތައް ކުރިއަށްގެންދަން ވާނީ ޕާޓީގެ ގަވާއިދާއި އެއްގޮތަށް ކަމަށެވެ. އަދި ޕްރިމަރީއެއް ބާއްވަން ގަވާއިދުގައި އޮތްކަމުގައި ވަނީނަމަ އެކަން ކުރައްވަނެ ކަމަށް ވިދާޅުވިއެވެ.

"ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީވެސް ޕްރައިމަރީއެއް ބާއްވައިގެން އެކަން ކުރުން،".

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ބޭނުންވާނަމަ އެމަނިކުފާނު މި ހުރީ "ޗޮައިސް"އަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ގައުމީ

    ރާއްޖެ ކީއްކުރަން ދުނިޔޭގެ ހާލަތު ވެސް ދައްވެ ރީންދޫ ވެރިކަމުގައި ތިބޭއިރު

    17
  2. އަފީ

    ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ގެ މަގާމަށް އިބުރާހިމް މުހައްމަދު ސޯލިހު އަކީ ޗޮއިސްއެއް ނޫން!

    18
    1
  3. ލޮލް

    ލޮލް

  4. ޙަދިސައިބު

    ﷲއިރާދަކުރެއްވިޔާ ވީނީ ބަލި ނަސީދެއްނޫން ކާސިމަށް ވާދަކުރިޔަސް މިގައުމޔގެ ވެރިކަމެއް ކަލެއަކަށް ﷲ އިރާދަކުރެއްވިޔާނުލިބޭނެ، މީއިންޑިޔާގެ ޕީޖޭޕީ ޖަފަހައެއްނޫން! ޢިންޑިޔާ މިލިޓްރީ އައުޓް

    20
    2
  5. ފަނިހަކަ

    ކޯލިޝަނަކުން އަންނަންޏާ..ކީއްކުރަން އިބޫއެއް

    12
  6. ހަސަން ލަތީފު

    ނަޝޫދޫ ދެން ލަލަލާ... ނަޝީދޫ ދެން ޕޮޕޮޕޯ...

    6
    2
  7. ޝުޢޫރު

    އޭ ކީއްވެގެންނޯ މަނިކުފާނު ހޮވަން ޖެހެނީ
    މިހާރު ފެންނަމުން މިދާ ބޮޑު މަންޒަރުން ފުދިއްޖެ
    ޝެއިޚް އިލްޔާސޫ އަނެއްފަހަރު ދުޢާދެއްވާފައޭ ވިދާޅު ނުވައްޗޭ. އިސްލާމް ދީނަށާއި ލޮބުވެތި ނަބިއްޔާއަށް ފުރައްސާރަ ކުރީމަ އެކަންކުށްވެރި ކޮށްލަން ނުކެރި ރައްޔިތުން ކެކިއަރަންދެން ހުންނަ މީހަކު.ބޭނުމެއްނޫން . ލާދީނީ ރިޕޯޓެއް ނެރުނީމަވެސް ރޭކާލީ ރަށްރަށުގެ ކައުންސިލް ތަކުން ވެސް ކުށްވެރި ކޮށް ނިމުނު ފަހުން. ބޭރުގަވްމުތަކުގެ ސިފައިން ގެނެސްގެން ވެރިކަން ކުރެވޭ މީހުނެއް ބޭނުމެއްނޫން.
    މަސްދަޅު އަގުބޮޑު ކުރާ މީހުނެއް ބޭނުން ނޫން.
    ދިވެހި ކެއުމާ ކުޅެލީ
    އަންނި ވެސް މާރަނގަޅު ތިއަށްވުރެ

    14
  8. ޑައެލޯގް

    ކަލޭއަކީ ވަރަށްވެސް ބޮޑުގައްދާރެކެވެ. ކަލެއަށް ވެރިކަންލިބުނީ އަންނިއަށް ކުރިމަތިލެވޭގޮތްނުވުމުން އަންނިބުނެގެން ވެރިކަމަށް އާދެވުމުން އިބޫފެއަށްޖެހި އަންނިވާދަކުރަންދޭން އެއްބަސްވެގެނެވެ. ނަމަވެސް ވެރިކަންލިބުނީމަ އެންމެގާތް އެކުވެރިޔާއަށް ވެފައިވާވައުދާޚިލާފަށް ގައްދާރުވިމީހަކު ކިހިނެއް ރައޔްތުންނަށް ވަފާތެރިވާނީ އަންނިއަކީ އަހަރެން ތާއިދުކުރާމީހެއްނޫނެވެ. ނަމަވެސް ކަންހިގިގޮތް ލިޔެލީއެވެ. މަވޯޓްލާނީ ޔާމީނަށެވެ. އިރާދަކުރެއްވިއްޔާ 2023 ޔާމީނެވެ.

    15
    1
  9. ޑެކޮޅު

    ފިތުނަފަސާދަ އުފެއްދުމަށްޓަކައި ނޫހުގެ ހެޑުލައިން ހިތުހުރި ގޮތަކަށް ބޭނުންކުރުމަކީ ހަމަ އެންމެ ރަގަޅުގޮތްބާ؟

    1
    10
  10. ށުމަން

    މީނަ އާ ކެރަފާ ނަށީދަކީ އެއް ފައިސާ ފޮތީގެ 2ފުށް ކަން ދިވެހި ރައްޔިތުން ވ ރަގަޅަށް ދަންނަން ވާނޭ. 2ބޯ ގެރި ދުއްވަނީ މީ. ރައްޔިތުން ހަނާވެ މަގު ތަކަށް ނިކުންނާނެ ކަން ޔަގީން ވިހިސާބުން އަނެއްކާ ވެސް ދޮގު ވައުދު ތަކެއް ވެ ރައްޔިތުން ގެ ބޮލަށް ޗިޕް ޖަހަނީ

    12
  11. 😣😣😣

    ފުދިއްޖެ! ޜާއްޖެއަށް ވި ފައިދާއެއްނެތް ވެރިކަމެއް. ލާދީނީމީހުން މާގާމުގަތަކުގަ ބައިތިއްބައިގެން އިންޑިޔާއަށް ގައުމުވިއްކައިގެން އިޤްތިސާދު އިނދަޖައްސާފަ ދެންކޮނަ 2ވަނަ ދައުރެކޭތިކިޔަނީ! އިސްތިއުފާދީ!

    14
    1
  12. ވެރިކަމޯ

    ވެރިކަމަށް މޮޔަވެފައި ހުރި ގޮލައެއް ދޯ މީ. މީ ކޮން ދަޑިވަޅެއް މީނަ އިއުލާންކުރަން. ޔާމީނުވެސް ކިޔަނީ އިންޑިއަ އައުޓްކޮށްފައޭ ވެރިކަމަމެދު ވިސްނާނީ. އަންނި ކިޔާ އަދި ލަވަ އަދި މުޅިން ސާފު ނުވޭ. ބެއްޔާއާއި ސޭޓް ލާރިގައި ޖެހި ތާށިވެފައި. ދިވެހިން މިތިބީ ތަކެތީގެ އަގު ބޮޑުވެދާނީތި ކޮޅެއް މެދެއް ނުފެނިގެން ހާސްވެފައި.

  13. ަމަގޭ

    މަރުޙަބާ އެންމެ އޯގާތެރި ރައީސް.

    3
    28
  14. ކޮއްޔާ

    އަޅުގަނޑު ވާ ސަލާން // ދެން ހެޔޮ،،،،،،،،،،،،، //

    12
  15. އުސްތާޒް

    ބިޔަބޮޑު އަދި ބަލާބޮޑު އިންޑިޔާ އޮތީ ސޯލިހުގެ ފަސްބާގަ އެލިގެން އެހެންވެ ނަސީދު ކީއްކުރަން މިއޮއްހާދުހު ތިއުޅެނީ މުޅިދިވެރި ރާއްޖޭގެ ރައްޔިތުންނާ އިދިކޮޅަށް ނޫންތަ

    12
  16. ޠަބަރީ

    އިތުރުފުޅޭ ކިޔަސް ދޮގު ވާނީ ދޮގަށެވެ. އެއީ މުނާފިގުންގެ ސިފައެކެވެ. ދޮގު ހަދާ މީހުން ވަލިއްޔުލްއަމްރަކަށް އިސްކުރަން ހެޔޮނުވާނެއެވެ.

  17. ދަޅު

    މުސްލިމުން ކެކި އަރައިގަތީމަ މައިތިރި ޖެއްސީދޯ. ބަލަ ކަލޭމެން ދެމީހުންތީ ދެހަށިގަނޑަކުން ތަފާތުވުން ފިޔަވައި ދެންހުރި ހުރިހާ ކަމެއްގަ ހަމަ އެކެއް. ދެން ހުރިހާ ކަމެއް ބަހައްޓާފަވީ ތިކަމަށް އެންމެން ހުސްވެގެން ތިބެންދޯ. އިދިކޮޅުގެ ބައިވެސް މިކުޅެނީ އެންޑީޕީން.

  18. އިސްޢާފް ސަލީމް

    700 މިލިޔަންޑޮލަރު ހިލޭދަރަނީގެގޮތުގައި ލިބުނޯ؟ މަނިޓަރީއަށް ޖަމާއެއް ނުވެޔޯ؟ 4 ފަހަރުމަތިން އެތައް ބިލޔަން ރުފިޔާ ޗާޕްކޮށްފިޔޯ ފެންނާކަށް ނެތޯ؟ 100 ބިލިޔަން ރުފިޔާއަށް ދަރަނިވެރިވެއްޖެޔޯ ކަމެއް ކުރެވުނުތަނެއް ނުފެނުނޯ؟ ޔާމީންގެވެރިކަމުގައި ބަޖެޓްހަމަޖެހި ، ނުވަތަ މަސައްކަތްފަށާފައުހުރިކަމެއް ނޫނީ މަޝްރޫޢެއް ނުހިނގަޔޯ؟ ދައުލަތުގެ މަލިއްޔަ ބަދަލުގެނަމުގައި ގަތްމީހުންނަށް ، ބައިލިބޭގޮތަށް ބަހާލާފިޔޯ؟ އިތުރުދައުރަކަށް ހޮވުމުގެ ބޭނުމެއްނެތޯ!!!!