މި މަސް ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ދޭން ވައުދުވި ގޯތިތަކުގެ ތެރެއިން 3،000 ގޯތި ދޫކުރުމަށް ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ގޯތިތައް ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުންނެވެ.

ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން 3،000 ގޯތި ދޫކުރުމަށް އިއުލާން ކުރާނެ ކަމަށެވެ. އަދި އޭގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ލަސްތަކެއް ނުވެ އިއުލާން ކުރެވި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ބިންވެރިކަން ހޯދައި ދިނުމުގެ މަޝްރޫއު އަމަލީ ގޮތުން ފެށިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނުގައި އިއުލާންކޮށްފައި ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށާއި ގޯތި ވިއްކުމުގެ އެއްވެސް ވާހަކައެއް ހިމަނާފައިނުވާނެ ކަމަށް ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް ކުރިން ވަނީ އަންގައިފައެވެ.

ހުޅުމާލެ އިން ދާދިފަހުން ބޮޑު އަގުގައި ގޯތިތަކެއް ވިއްކުމުން ސިޓީ ކައުންސިލުންނާއި އަދި އާއްމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގޯތި ބޮޑު އަގުގައި ވިއްކުމުން ބިން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް ބިން ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހަވަރު ތިނަދޫ ސިޓީ ކައުންސިލްގެ ބިގަރު ރައީސް ޕުރިގެސަރުު ޑޮކްޓަރު އަލްއުސްތާޒު ރޯނުއެދުރު ސައުދު އަލީ

    ކޮބާހޭ ހަވަރު ތިނަދޫއިން ދޫކުރަން ބުނި ގޯތިތަށް

  2. މަލޫ

    ކިހާވަރެއްތޯ މިފަހަރު ދިނީ ވަގުތަށް

  3. ޗޮކުން

    މަށަށް ލިބުނު ފްލެޓް ދިރުވާލާފަ ތިހުރީ. މަށަށް ފްލެޓު ލިބުނު ކަމަށް ލިޔުން ދިނީ ހަމަ މި ބިމުގަ ގާއިމު ކޮށްފައޮތް ސަރުކާރަކުންނޭ. 3،000 ގޯތި ކައިރި ގައުމެއްގަ ބަޔަކަށް ދީބަލަ.

  4. Anonymous

    ތި ގޮތަށް ހިލޭ ފުލެޓު ދޫކުރަން ފަށަންވީ ނޫންތަ؟ ރައްޔިތުންގެ ފައިސާއިން ހިއްކާ ބިމާއި، ރައްޔިތުންގެ ފައިސާއިން އަޅާ ފުލެޓު ރައްޔިތުންނަށް ވިއްކުމަކީ ހަރާން ކަމެއްކަން ރައީސަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އެއީ ވެނުމަސް ވެނަށް ކާންދިނުން ހަރާންވާ ފަދައިންނެވެ. އަލިފު ހާ.

  5. އިބްރާ

    ކިތަންމެވަރަކަށް މާލެ ރައްޔިތުންގެ ބަޯކާންއުޅުނަސް ތިކަމްެއްނުވާނެ އިންޝާﷲ.

    9
    1
  6. Anonymous

    މާލޭ މީހުން އަބަދުވެސް މާލޭ ކޮންމެ މީހަކައް ކިތައް ގޯތި ކިތައް ފުލެޓް ލިބުނީމަތޯ ތަނެއް އޮތް ކަމައް އެއްބަސްވާނީ...؟؟؟

    10
    2
  7. މަޖުބޫރީހާލަތް

    ކިހާވަރަކުން ދާނެބާ އަހަރެން މިހިރީ ބަލަން ތިޔަހެދީ ތެދެއްތޯ ގައި މުވެސް މަށަކީ މާލެޔައްއުފަން މާލޭ ރައްވެއްސެއް މިހާރު ދެރަދިން ލިބި ކޮތަރު ކޮށިން ދަރަނި ދަންތޫރައިގަ ޖެހިފަހުރި މީހެއް ކާކުތޯ ބޭނުންވާނީ ތަނުގެ ފެންވަރާ ނުގުޅޭ ބޮޑުކުއްޔެއް ކޮން މެ މަހަކު ދައްކަން ވީ މާ މާ ލެއުފަން މާލެ ރައްޔިތުންނައް އަވަހައް ގޯތިދެއްވާ ފުލެޓުތައް ގެސްޓް ހައުސް ތަކައް ބަދަލުކޮއް ދައުލަތައް އާމްދަނީ ހޯދާ

    7
    1
  8. ޑައެލޯގް

    ކަލޭވައުދުވަނީ އެހެންމީހަކު ކޮށްފައިވާ މަސައްކަތުން އެއްޗެތިދޭންހެއްޔެވެ. އެމްޑީޕީ އަދި މިހާތަނަށް އަމިއްލައަށް އުފަށްދައިގެންދިން ކަމެއްނުވަތަ ޚިދުމަތެއްވެސް ނޯންނާނެއެވެ. މުޅިންވެސް ކާޅުހާލިހެދީމަ ކޮވެލިބިސްއަޅާއުސޫލެވެ. ތިގޯތިތައް ދެވުނަސް ވިސްނޭބަޔެއްގެ ޝުކުރު ރައްދުވާނީ ޔާމީނަށެވެ.

    11
    1
  9. ބަބޫ

    ކިހިނަކުން ހެޔޮވާނީ. މަަލޭގެ ރައްޔިތުންނަށް މާލެއިން ބިނެއް ނެތް. ރާއްޖެތެރޭ މީހާއަށް ރަށުން ބިމެއް ނެތް. ހުޅުމާލެއަކީ ހުރިހާ ރައްޔިތުން ލާރިން ހިއްކާފަ އޮތް ބިމެއް. އެއްމެން ހަމަހަމަ ވާނެ. ވަކި ބަޔަކަށްދީފަ ވޯޓް ހޯދަން ނާންނާތި

    10
  10. ރަން ރީނދޫ

    އާނ ތިކަން ކުރެވިދާނެ،މީހަކު ބިން ހިއްކާފަ އޮތް ތަނަކުން ރޯނު ދަމާފަ ގެވަޅު ދޫކުރެވިދާނެ. މީގެ 1000 އަހަރު ކުރިން އުޅުނު ކަތީބުންވެސް ތިކަން ކުރޭ.

  11. ސަވިލް

    މާލޭ.ސަރަހައްދުން އެއްވެސް ގޯއްޗެއް ދޫކޮއްގެން ނުވާނެ. ބިން މަދު މި ސަރަހައްދަށަ ބޭނުންވަނީ ކޮންޑޮމީނިއަމް އެކަނި. މީހުންނައް ވަކި ވަކި ގޯތި ދޫކުރީމަ އެ އެޅެނީ ޖުސްތަގުބަލުގެ ތަރައްގީއަށަ ހުރަހެއް.

  12. އިސްތިއުފާ

    ގޯތިންވެސް ވައްކަން ކުރަނީ. ބޭނުން މީހަކަށް ބަހާލަނީ

    23
  13. ރާއްޖެތެރެ

    މިހާރު ގޯތި ދޭނެ މީހުން ނިމިއްޖެކަމައް ވަނީ. ރައިސް ޔާމިންގެ ޒަމާނީ ތަރައްގީ ފުންޑުފުޑުކޮއްލި މިސަރުކާރުން.

    22
  14. ޔަސީން

    ސަރުކާރުގެ ދަރަނީގެ ވާހަކަ މުޖުތަމައުގައި ދެކެވޭތީ ކޮންމެވެސް އެއްޗެކޭ ކިޔާފަ ރައްޔިތުން ހައްދާލެވޭތޯ 3000 ގޯތި ކުއްލިއަކަށް އުފަންކޮއްލީދޯ. ބަލަ ތިޔަކަހަލަ ރޭވުންތަށް މިހާރު ރައްޔިތުންނަށް އެނގެއެވެ. ތިޔަ ގެއްލެނީ ހައްތަހާވެސް ތާއީދެވެ. ތާއީދު ބޭނުންނަމަ ކުރިއަށް އޮތް އަހަރު ނުނިމެނީސް ގައުމުގެ ދަރަނި ދެބައި ކުޅެ އެއްބަޔަށް ތިރިކޮއްލަބަލަ ކަމެއް ކުރެވޭ މީހެކޭ އޭރުން ރައްޔިތުން ބަލައިގަންނާނެ.

  15. ކިއްލި

    މާޝާ الله، ރައީސްގެ އުމުރު ދިގުކުރައްވާށި، އަދި އިތުރު އެއްދައުރުގަ ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ ހެޔޮ ނަސިބު މިންވަރު ކުރައްވާށި. އާމީން

    1
    10
  16. އުސްތާޒް

    މިހާރުހުރީ 3000 މީހުން ހޮވާފަ އާއިލީ މީހުނާއި ގާތްތިމާގެ މީހުން، ރައްޔިތުން އެބަޖެހޭ ގައުމު ދަވާހުސްކުރުމުގެ ކުރިން މިވެރިކަން ނިމުމަކަށްގެންނަން

    11
  17. ަައިބޫ

    ދެން ވޯޓް ދޭންޖެހޭނީވެސް މާލޭގެ ބޭފުޅުން

  18. ްއެްއެްއްއެ

    ދެބޯގެރި.
    އިންޑިއާއިން މުސްލިމުންނާއި ދެކޮޅަށް ކުރާ ކަންތަކުގެ ވާހަކައާއި ރަސޫލާއަށް ފުރައްސާރަކުރި ކުރުން މޑޕ އިން ކުއްވެރި ނުކޮށް ރައްޔިތުން މުޒާހަރާ ކުރާ ހިސާބަށް ދިއުމުން ސަރުކަާރުން އެކަން ކުރީ. މިއީ އެވާހަކަ އޮއްބާލަން ދައްކާ ބޭކަޜު ވާހަކަތަކެއް.

  19. ހިޔާލު

    ވޯޓު ހޯދަން އުޅުނަސް ބޮޑުވަރު

  20. ރަށުމީހާ

    ކޮބާހޭ ރަށުން ދޭންބުނި ގޯތި