މިހާރު ރާއްޖޭގެ ހާލަތަކީ އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫން ކަމަށް، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިގޮތަށް ވިދާޅުވީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި 2023ގެ ރިޔާސީ އިންތިހާބުގައު ވާދަކުރުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއި އެކީ ނުކުމެގެން 2023 އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު، އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމުގެ ވާހަކަ 2023ގެ ރިޔާސީ އިންތިހާބުގައި". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހަރު ފެށިފައި ހުރި މަޝްރޫއުތައް ކޮންޓިނިއު ވާން އެބަޖެހޭ، އެނގޭ އެއްް ކަމަކީ އެއްވެސް ޕާޓީއެއް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން، ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން".

ރައިސް ސޯލިހްގެ އެ ވާހަކަތަކާއި ގުޅިގެން، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން ކަމަށެވެ.

"މިއީ ބޭރުގެ ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާއި މެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު". މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ތަކެތި އަގުބޮޑުވުމުގެ މައްސަލަ ރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ދަރަނި 99 ބިލިއަނަށް އަރާފައިވާ މި ހާލަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނެގި ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދަރަނި 99 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ. މި ސަރުކާރާ ހަވާލުވި ފަހުން ނެގީ 2.4 ބިލިއަން ޑޮލަރު (37 ބިލިއަން ރުފިޔާ) ގެ ދަރަންޏެވެ.

ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވީ، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނެގި ލޯނުތައް އިތުރުވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތުއްތުބެ

    ނަޝީދުވެސް ތެޅިފޮޅެނީ ވެރިކަމާހެދި ސާލިހުވެސް ޔާމީނުވެސް ނާޒިމްވެސް ގާސިމްވެސް އެންމެންވެސް އެއްކަމަކާމިއުޅެނީ ރައިޔެތުންމިތިބަ ހަނާވަނީ. ނުގުޅާތިމަށައް ވޯޓުހޯދަން ނުދޭނަންވޯޓެއް

    10
  2. އޭދަފުށީ މުހައްމަދު

    ވާ! އަންނި ވާވާ! ތިޔަހަރަ ވާހަކަފުޅެއް ދޯ ؟ސާބަހޭ . ބަލަ ނަޝީދުވެސް ދެއިރު ދެދަޅައަށް ކާ ބޭހެއްހެން ތިޔަ ދައްކަނީ ބަރުލަމާނީއަކާ 30 ޕަސެންޓަކާ އަންނަ ދަައުރަށް ކުރިމަތި ލާނެ ވާހަކަ އެއް ނޫންތަ. އަހަރެމެން މީ ބީތާ އިން ތަކަކަށް ހަދާފަ ތީ ގައުމަށް މާ ހެޔޮ އެދޭ މީހެއްކަން ދައްކަން އުޅޭނެ ކަމެއްނެތް. މުޅި ރާއޖޭގައި ހުޅުޖަހާ ރައްޔިތުންގެ މިލިޔަން މުދަލަށް ގެއްލުން ދީފަ އެވަރުން ނުވެގެން ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލި މީހަކު ރައްޔިތުން ދެކެ ލޯބިވާނެ ކަމަށް ހީނުުރާތި. އަހަރެމެންނަށް ފުދިއްޖެ.

    11
  3. މާމި

    5 ފައި އެއްކޮއް ނެގިއަސް ވެރިކަމާ 100 ފޫޓުން ވެސް ނުދެވޭނެ ހަނދާނަ ނައްތާލާ.

    21
    1
  4. Anonymous

    ލާދީނީ މީހާ އަބަދު ވެރިކަމަށް ފައި ނަގައިގެން ހުއްޓަސް އޯކޭ ދޯ. އެހެން މީހަކު ވެރިކަމޭ ކިޔައިފިތަ. ލާދީނީ މީހާގެ ލޮލަކަށް ނިންޖެއް ނާންނާނެ. ބަލަގަ. މިރާއްޖެއަކީ ލާދީނީ މީހާގެ މިލްކެއް ނޫނޭ.

  5. ކިޔުންތެރިޔާ

    ބަލަ ނަޝީދޫ ކަލޭ އެކަނިތަ މިވަގުތުވެސް ވެރިކަމަށް ފައިނަގަންވީ، ވެރިކަމާހެދި ބޫތުކެޔަސްތީ ދެން ބޮޑުވަރު

    21
    3
  6. ހުސޭނުބޭ

    އެއީ ތެދެއް! މިއީ ބޮޑުވަޒީރުކަމަށް މުޑިނަގަންވީ ވަގުތު.

    23
  7. ރަބަރޭ

    ހާދަހާ ބައެކޭ ވެރިކަމަށް ބޫތުކާފައި މިތިބީ ޔާމީނު، ގާސިމު، ނާޒިމު، މުހައްމަދު ނަސީދު، އުމަރު ނަސީރު،

    4
    1
  8. ސަނހަރޯ

    މީ ހަމަ ރާވައިގެން ކުޅޭ ގަމެއް. މިދެމީހުންގެ ހުރި ނުލަފާކަން ދޯ. ރައްޔިތުން ގުބޯހައްދައި އޮޅުވާލަނީ.

  9. ަައިބޫ

    މީ ބޮޑުވަޒީރުކަމަށް ފައިނަގަންވީ ވަގުތު ދޯ މައްކާރު ކަލޭގެ