ޕީޕީއެމް އިން މެންބަރުން ވަގަށް ނަގަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއުގެ ބަހުގެ ހަމަލާތައް މިރޭ ރައީސް ސޯލިހަށް އަމާޒުވީ ވަގަށް އެންމެ ގިނަ މެންބަރުން ވައްދާފައި ވަނީ ޕީޕީއެމްއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވުމުންނެވެ.

މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ޖަލްސާއެއްގައި ޝުޖާއު ވިދާޅުވީ އަދާލަތު ޕާޓީއަށް 10000 މެންބަރުން ހަމަކުރުން އެއީ ރައީސް ސޯލިހްގެ ވައުދެއް ކަމަށެވެ. އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީއަށް މެންބަރުން ވަގަށް ވެއްދުމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ ސީދާ ރައީސް ސޯލިހް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްއަށް ވަގަށް މެންބަރުން ވައްދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުމުން އެކަމުގެ ތަފްސީލް ހޯދަން މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާނެ ކަމަށެވެ. ވަގަށް ޕީޕީއެމްއަށް ވެއްދި މެންބަރުންގެ ލިސްޓެއް ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައި ވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. "އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުންގެ ސޯޓު ބާލުވާފައި މިފަހަރު ހުއްޓާލާނީ. އަޅުގަނޑުމެންނަށް އެބައެނގޭ ކުރަން އެއުޅޭ ކަންކަން." ޝުޖާއު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކަންކަން މިހާރު ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އެގޮތުން ވޯޓްލައި ނިމޭއިރު ބާކީ ހުންނަ ކަރުދާސް ވޯޓްލާ މަރުކަޒުގައި ވަގުތުން ވަގުތަށް ނައްތާލަން ހުށަހަޅުއްވާފައި ވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގޭ އިންޑިއާ ސަރުކާރުން މިއިންތިހާބަށް ނުފޫޒު ފޯރުވާނެ ކަން. އެކަން އެނގިގެން މިތިބީ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީއަކުން ކަމަކަށް އެއްބަސްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ކޮންމެ ކަމެއް ވެސް ނިންމަނީ ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައި އޮތުމާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބު އީސީން ވަނީ އާންމުކޮށްފަ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި ޕީޕީއެމްގައި ރަޖިސްޓްރީ އޮވެގެން 391 މީހަކު ވަނީ އީސީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ އިރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ނަން އޮވެގެން 145 މީހަކު ވަނީ ޝަކުވާކޮށްފަ އެވެ.

ސައްހަ ނޫން ފޯމް ހުށަހަޅައިގެން އީސީ އަށް ޖުމުލަ 1،208 ޝަކުވާއެއް ވަނީ ހުށަހަޅައިފަ އެވެ. އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރާއި މި އަހަރު ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަންތިރި

    ރާވައިގެން ޖޫރިމަނާކުރަން އެއުޅެނީ އެމްޑީޕީ ސަރުކާރުން ވަޒީފާ ދީފަ ތހިބި މީހުން އެކަން ކުރާނެތާ ދޯ!

    5
    2
  2. މަ

    ސައްހަ ނޫނީ ފުއާދުގެ އަނގަ. އެއީ އާގަންނާތީ

    3
    5
  3. ހއ

    މިހާރުވެސް ގުއިޕާޓިން ކުރާކަމަކީ ހަމަނުޖެހޭހެންހީވާ މީހަކުވިއްޔާ އައިޑީ ނަގާފަ ހަދިޔާދީފަ އިލެކްސަނައް ގުޅާފަ ސަަކުވާކުރަނީ އަދި ވަޒީފާ މަތިކޮއްދޭނެ ކަމައްބުނެ ބިރުދައްއަކައި ހައްލައިގެންވެސް ފޯރިއާއެކު ސަކުވާ އެބަހުށަހަޅާ

    1
    4
  4. އައްނި

    ސަކުވާ ހުށަހަޅަން ގުޅާފަހުރި ފޯނުނަމްބަރު ތައް ބަލާލަބަލަ ގިނައިން ހުރީ މަޖިލިސް މެމްބަރެއްގެ ނަމުގަހުރި ނަމްބަރު

    2
    1
  5. އުސްތާޒް

    ކަލޭމެން ދިވެހިން އޭއްޗޭ މީއްޗޭ ކިޔާލަކިޔާލާ ތައްބާ ގައުމު ވިއްކާ ހުސްކޮށްއެލަނީ، ތީހުސް އަގަތަޅާބައެއް، އަވައްޓެރި ލަންކާގައި ރައްޔިތުންނާ ޅެލީމާ ވީގޮތް ފެނެއެންނުން.

    3
    1