ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބޭރުކޮށްލުމުން އެކަން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ އިތުރަށް ޔޫސުފް ނައީމްގެ ހުށަހެޅުންތައް ގާޒީ ދިން މުއްދަތުގެ ފަހުން ހުށަހަޅާފައިވާ ކަމަށް ނިންމާ ވަނީ ބޭރުކޮށްލާފައެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގާޒީ ފުރުސަތު ދިނީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި ހިމެނޭ މުއްދަތަށެވެ. އެ ގާނޫނުގައި މުއްދަތު ގުނާއިރު ރަސްމީ ބަންދު ދުވަސްތައް ހިމަނައެވެ.

އެހެންނަމަވެސް ދިފާއުން ދެކެނީ ވެސް ހުށަހެޅުންތައް ހުށަހެޅީ މުއްދަތުގެ ތެރޭގައި ކަމަށެވެ. މައްސަލައިގާ އިއްޔެ ކްރިމިނަލް އޮތް އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށް ވިދާޅުވެ ހައިކޯޓުން ގޮތެއް ނިންމަންދެން ޝަރީއަތް މަޑުޖައްސައިލަން ވެސް ދިފާއުން ވަނީ މިއަދުގެ ޝަރީއަތުގައި އެދިފައެވެ.

ނަމަވެސް ޝަރީއަތުން ވަނީ މައްސަލަ މަޑުޖައްސައިލެވޭނީ މަތީ މަރުހަލާގެ ކޯޓަކުން އެ ކޯޓަށް އެ ގޮތަށް އެންގުމުން ކަމަށެވެ.

ޔާމީންގެ ވަކީލުން އިއްޔެގެ އަޑުއެހުމުގައި ފާހަގަކުރި ގޮތުގައި ހައިކޯޓުގައި ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުން ލަސްވީ ޝަރީއަތުން ނިންމި ގޮތުގެ ލިޔުންތައް ލިބުން ލަސްވުުމުންނެވެ. ދިފާއުން ލިޔުންތަކަށް އެދުނީ ދެ ހަފުތާއެއްވަރު ކުރިން، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ކޯޓުން ލިޔުންތައް ދޫކޮށްފައިވަނީ ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    އާރަށުގެ މައްސަލާގަ ޔާމީނަށް ދައުވާކުރާއިރު،މި މިސަރުކާރުން ހަދާފައިވާ މިމައްސަލަޔާ އެއްގޮތް މައްސަލައެއް ނަސީދު ހިންގި 3 އަރަުތެރޭ ވެސް ހިންގާފަ އެބްހުރި. މިސާލަކަށް ކޮލި އިބްރާހިމް އުމަރުމަނިކާއި ކަނދޮޅުދު ވަހީދު އަށް 95 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ސަރުކާރަށް 5 ޕަސެންޓް ހިއްސާ އިންނަގޮތަށް 5 % ވެސް ފައިސާދައްކާފަ ގަނެވޭގޮތަށް ހެދި އެގްރިމެންޓް ގެދަށުން މިކުންފުނި ހެދީވެސް މައްސަލަ ނިންމިފަހުން.ކޮލިގެ އަށް ވިއްކި 2 ފަލުރަށަށް ނަސީދު ވަނީ ރިސްވަތު ނަންގަވާފަ ކަމަށް ތުހުމަތު ކުރެވޭ. ރިސްވަތުގެ ގޮތުން ލިބުނު ފައިސާއިން ކަޅު ކަރައެއް ބައްލަވައިގެން އެމްޑީޕީ ހަރުގެއަށް ވެއްދިކަމަށް ބުނެވޭ. ކަޅުކަރާ ވަނީ އޭނަޔަށް ލިބުނުފައިސާއިން މާލެޔާ ހުޅުމާލެއިން ގޯއްޗާއި މެލޭސިޔާ އިން އެޕާޓްމަންޓް ބައްލަވާގެންފަ. މި މައްސަލަ ނުބެލުނީ ކީއްވެބާ. ހަބަރުތައްބުނާގޮތުން ކަރަލުގެ އަގު ޖްމާކުރީ ޓެޕް ހާޑް އަށް.