ވ. އާރަށް ވިއްކުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ހިޔާނާތް ރޭވިގެން އައިގޮތް މިއަދު ކްރިމިނަލް ކޯޓުގައި ދައުލަތުން ތަފްސީލުކޮށް ކިޔައިދީފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ އުފުލާފައެވެ.

މިއަދު މި މައްސަލައިގާ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދައުލަތުން އިބްތިދާއީ ބަޔާން އިއްވާފަައެވެ. ދައުލަތުގެ ވަކީލު ވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ދައުލަތުން ސާބިތުކުރަން ބޭނުންވާ ކަންކަން ބަޔާންކުރައްވާފައެވެ.

ދައުލަތުން އިބްތިދާއީ ބަޔާން އިއްވަވަމުން ބުނީ ފިޝަރީޒް މިިނިސްޓްރީން ޓޫރިޒަމް މިނިސްޓްރީއަށް އާރަށް ބަދަލުކޮށް އެމްއެމްޕީއާރުސީ މެދުވެރިވެގެން އެ ރަށް ކުއްޔަށް ދިނުމުގެ މަސައްކަތް ފަށަން ޔާމީން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ލަފާ ދިފާއިވާ ކަމަށާއި އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

އަދި ޔޫސުފް ނައީމްގެ 99 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމުގައި ކުންފުންޏެއް އުފެއްދީ ވެސް ޓޫރިޒަމް މިނިސްޓްރީއަށް ރަށް ދޭން ނިންމި ފަހުން ކަމަށެވެ.

އާރަށް ނެގި ކުންފުނިން އެމްއެމްޕީއާރުސީއަށް އެއް މިލިއަން ޑޮލަރުގެ ދެއްކި ދުވަހު އެކުންފުނިން ޔޫސުފް ނައީމަށް ވެސް އެއްމިލިއަން ޑޮލަރުގެ ޗެކެއް ދިން ކަމަށާއި އެޗެކް ދޫކުރިތާ ތިން ދުވަސް ފަހުން ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ހިޔާނާތް ހިންގާފައި ވަނީ ޔާމީންގެ ނުފޫޒު ބޭނުންކޮށްގެންކަން ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާނެ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރަކީ ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތަށް ނުފޫޒުފޯރުވުމަށްފަހު ގަބޫލުކޮށްފައިވާ ރިޝްވަތެއް ކަމަށް ދައުލަތުން މި މައްސަލައިގައި ބަޔާން ކުރަނީ، މައްސަލައިގެ ކަން ހިނގައި މި ދިޔަ ގޮތާއި ފައިސާގެ ސޯސް އާއި ހުރިހާ ހެކިތަކަށް ބަލާއިރު އިތުރު ނަތީޖާއަކަށް ނާދެވޭތީ ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީނާ އަދީބުއާ ދެމެދު ފޯނުން ދެކެވުނު ބައެއް ވާހަކަތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށާއި، އެއިން ވެސް އޭރު ޔާމީން ރަށްތައް ކުއްޔަށް ދޫކުރުމުގައި ނުފޫޒު ފޯރުއްވަމުންގެންދެވިކަން އެނގިގެންދާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. "2013 ވަނަ އަހަރުން ފެށިގެން ވެސް އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އަބްދުލްޣަފޫރަށް ފޯނުންކޮށްފައިވާ މުއާމަލާތްތަކެއް ކޯޓު އަމުރެއްގެ ދަށުން ރެކޯޑު ކުރެވިފައިވާ ފޯނު ކޯލް ކޮންވަޒޭޝަންތަކެއް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ." ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެހެންނަމަވެސް ދިފާއުގެ އިބްތިދާއީ ބަޔާނުގައި ވަނީ ދައުލަތުގެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ދައުވާ އަކީ ސިޔާސީ ގޮތުން ޔާމީން ފްރޭމް ކުރުމަށް ކޮށްފައިވާ ދައުވާއެއް ކަމަށް ވިދާޅުވިއެވެ.

ޔާމީނުގެ ވަކީލުން ވިދާޅުވާ ގޮތުގައި ޔާމީނު ކުރެއްވި އަމަލަކީ ކޮބައިކަން ދައުލަތަކަށް ބުނެއެއް ނުދެވެއެވެ. މިއީ ހުރިހާ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރައިގެން ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއެކު ޔާމީން ފްރޭމްކުރުމަށް ކުރާ ތުހުމަތުތަކެއްކަމަށް ދިފާއުން ތަކުރާރުކޮށް ވަނީ ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގާ ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ޔާމީން އަންނަ ދައުރަށް ރައީސުކަމަށް ކުރިމަތި ލާފާނެތީ މިގައުމުގެ މިއަދުގެ ވެރިންނަށް ހަޖަމުނުވެގެން ފަޔަށް ހިނިއަރައިގެން ތެޅި ފޮޅެނީ، އެމަނިކުފާނު ކުރިމަތި ލައްވައިޔާ އިނގޭނެ ވޯޓް ކާމިޔާބުކޮށް މުރަނގަސްދޮށު މާލިމީންތަށް އަނދަވަޅުތަކަށް ވެއްޓިގެން ދާނެކަން، ވީމާ ބޭނުމަކީ ކިތަންމެފަދަ ބޮޑު ދޮގު އިލްޒާމެއް އެނިކްނިކުފާނު ބޮލުގަ އަޅުވާފަވެސް އެމަނިކުފާނު ފްރޭމްކޮށް ޖަލަށްލާްން،، ބޭއިންސާފުން މީހުންނަށް އަނިޔާދޭ ޚާއިނުންނަށް ދެދުނިޔޭގެ ހަލާކު ކުރިމަތިކުރަށްވާށި، ޔާ ﷲ އާމީން،

    20
    1
  2. ރާއްޖެތެރެ

    އެމްޑީޕީޔާ ކޯލިޝަން ހަދައިގެން ތިބީ ޕާޓީތަ އިންޑިޔާއިން ރިސްވަތުދީގެން.

    19
    1
  3. ޝޮކްތެރަޕީ

    ސިޔާސީ ހުކުން ކޮއްގެން އެމްޑީޕީ އަގުވެއްޓޭނީ.

    17
    1
  4. Anonymous

    ރ. ޢިބޫސާލިހު ދަބަހެއްގައި އުފުއްލި 35މިލިޔަން ޑޮލަރގެ ތަހުގީގު ނުކޮށް ވަކިމީހެއްގެ ފޫބުޑުން ނުނެއްޓި ލާދީނީ ފާދިރީން ހަމަނިދި ނުލިބިގެން އުޅުނަސް، ރ.ޔާމީން ތިޔަ ރިޝްވަތެއްވެސް ނެގިކަން އިނގޭނި ސުޕްރިން ކޯޓާއި ހަމައަށް ގެންދެވިގެންނަމަވެސް ޝަރީއަތް އިންސާފުން ނިމުނީމަތާ، މިހާރު ތިޔަ ޑްރާމާއަކީ ބަޔަކު ދުނިޔެވީ އަމިއްލަ އެދުންތަކަކަށްޓަކައި ވަކިމީހަކު ބޮލުގަ ދޮގު އިލްޒާމްއަޅުވާ ފްރޭމްކޮށް ޖަލަށްގަޅުވަން ފާޅުގައި ހިންގާ ޖަރީމާއެެެއްތާ!!

    21
    1
  5. ޖޯކު

    މީބޮޑު ޖޯކެއް 100ކިލޯ މަސްތުވާތަކެތި އެމީހެއްގެ ގެއިން ދަބަހުން ކަޅުދަބަހުގަ ދިޔަތކެތި އުފުލާ މިހުން އަމިއްލަޔަށް އެއްބަސް ވިމަވެސް މީހުން މިހުން ވެސް ސާބިތެއްނުވޭ އެކަމު ޔާމިނު ވައްކަމްކުރަނީ ފޭރެނީ ދައުލަތުގެ ވަކީލުނނަށް ވަހީ ބައްވާލަނީތަ ޔާމީނު މައްޗަށް ކުއްސާބިތުވަނީ މިގައުމުގާ ކެނަރިގޭ ނަސީދު މިހަކުވަގައްނަގާގެން 12އަހަރު ޖަލަށްލީ މިހަރު ގެގަ އަދީބު ގެގަ ޒިޔަތު ގޭގަ އަފްރާސީމު މރާލި މިހާ އެއްބަސްވީމަވެސް ސަބިތެއްނުވެ ރޯމަރަ ދުވާލު މިހުންމަރާ މަގުމަތީގަ ވަހީ ބައްވާލާގެން އުޅޭ ފެންވރު ދައުލތުގެ ވަކީލުން ނައީމު އެބުނަނީ ޔަމިނާ ގުޅު އޮތްކަމެއް ނުނޭ މަވެސް މިބުނަނީ މިވެރިކަމުގަ ތިބީ ހުސް ވަގުންނޭ އެކަމު އެކަން ކިހިނެއްވާނީ ދައުލަތުގެ ވަކީލުންނޭ ބުނާ ގައްދާރު ހަރާންލާރި މަގާމުގެދަހިވެތިކަމުގަ ބަނޑު އަޅާ ވަކީލުން ވިސްނާތި ﷲ އާއި އާހިރަތް ދުވަސވަކަން މަރުވަނެ މީސީދާ އިނޑިޔާ އަޑީގަ އޮވެ ވަގު ލާރި އަޅާގެން މިތަން ފޭރެން ވެގެން ހިންގާ ޖަރިމާތަށް

    19
    1
  6. އަލީ ބުހާރީ

    އަސްތާ އަސްތާ ޔާމިނު ވެރިކަމުގައި ހުއްޓާ ކިހިނެއްތޯ ކޯޓުއަމުރު ހޯދާނީ އަދީބާއި ޔާމިނު ދެއްކާ ވާހަކަތަކުގެ ފޯނުރިކޯޑުކުރަން

    9
    1
  7. Anonymous

    ޔޫސުފް ނައީމުއަށް 1 މިލިއަން ޑޮލަރު ދިން ފަހުން މިގައުމުގެ ކިތަށް ރައްޔިތުންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ވަދެފަ ހުންނާނެ؟ ތިތިބަ ރިސޯޓްތަކުގރ އޯނަރުންނާ އެމީހުންގެ އާއިލާގެ އެންމެންގެ އެކައުންޓަށްވެސް 1 މިލިއަން ވަދެފަ ހުންނާނެ. ޢެ އެންމެނަކިވެސް ޚިޔާނާތުގެ ފައިސާ ލިބުނު މީހުނަށްދޯ ވާނީ؟ އަނިޔާވެރި މިސަރުކާރު ހަލާކުކުރައްވާ ނެތިކުރައްވާދޭވެ. އަދުލުވެރިކަން ނެތް ތި ވަކީލުންނަށްވެސް ހެޔޮގޮތެއް ނޯންނާނެކަންކަށަވަރު.

  8. ފިޔާ

    އަވަސްކުރޭ ހާދަލަހޭ.

    1
    5
  9. އަބްދޫ

    އެމްޑިޕީ ގެ 2008 ގަ އައި ވެރިކަމުގަ ކޮލި އިބްރާހިމް މަނިކާއި ކަނދޮޅުދޫ ވަހީދާ އެކު ދަވލަތަށް 5 ޕަސެްޓް ހިއްސާ އޮންނަ ގޮތަށް ހުންފުނި ހަދާ ދަވްލަތުގެ 5 % އަނެއް 2 ހިއްސާދާރުންނަށް ގަންވޭގޮތަށް އެގްރީމެންޓް ހަދާ 2 ފަޅުރަށް ވިއްކާ ރިސްވަތު ގެ ގޮތުގަ ހޯދި ފައިސާއިން ބޮޑު ކަޅުކަރައެއް ބައްލަވައިގަނެ އެމްޑިޕީ ހަރުގެ އަށް ވެއްދިވާހަކަ އެއީ ހަގީގަތެ. ކަރާގެ އަގު ދެއްކީ ޓެޕްހާޑަށް ހަވީރު ނޫހުގާ ޖެހި މާލެއިން ހުޅުމާލެ އިން 2 ގޯތި މެލޭ އިނ 2 އެޕާރޓްމަންޓް މއީ ކިއްލިތަލައިގެން ހޯދިފައިސާޔޯ ވެސް ބުނިކަންނޭގެ. މި މައްސަލަޔާމީނު ގެ ވެރިކަމުގަ ބެލިނަމަ މިއަދުޔާމީނަކަށް ތިޔަކަން ނައީސް.