އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އދ.މާމިގިއްޔަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް ޞާލިހް މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މާމިގިލި އެއަރޕޯޓުން މަރުހަބާ ދެންނެވީ ގާސިމް އެވެ. ރަތް ދޫލައިގެ މަރުހަބާއެއް ގާސިމްގެ ރަށުން ރައީސް ޞާލިހަށް ދެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ވެސް އެއާޕޯޓަށް ޖަމާވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހް، ގާސިމާއިއެކު ކުރައްވާ މަޝްވަރާތަކަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ރައީސް ޞާލިހް ކުއްލި ގޮތަކަށް ގާސިމާއި މިބައްދަލު ކުރައްވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވިތާ ދެެދުވަސް ފަހުންނެވެ. ރައީސް ޞާލިހް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމާއިއެކު ގާސިމް ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ރައީސް ޞާލިހް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކޯލިޝަނަކުންނެވެ. އެހެންކަމުން ގާސިމް ވެގެންދާނީ ކޯލިޝަންގެ މުހިއްމު ބައިވެރިޔަކަށް ކަމަށް ބެލެވެއެވެ. ގާސިމް އަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގެ އެންމެ މުހިއްމު އެއްބައިވެރިޔާ އެވެ.

ރައީސް ޞާލިހްގެ ދަތުރުފުޅާއި ގުޅޭ ގޮތުން އަދި މިހާތަނަށް ސަރުކާރުން ވެސް ޖުމްހޫރީ ޕާޓީން ވެސް އެއްވެސް ތަފްސީލެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މާމިގިލީ މީހާ

    ސޯލިހު ރައީސްކަމައް ގާސިމް ނައިބް ރައީސް ކަމައް 2023 ރިޔާސީ އިންތިހާބުގަ ނިކުންނާން އުޅެނީ. މާމިގިލީގަ މިހާރު ބުރުމާއަކައް، އެމްޑީޕީ އަކައް ތާއީދެއް ނެތް. މިހާރު މާމިގިލީގެ ގިނަ މީހުން ތާއީދު ކުރަނީ ރައީސް ޔާމީނައް. މިފަހަރު ބޮޑު ތަފާތު ފެންނާނެ.

    16
  2. ބޯދިގުޒައީމް

    މިއީ ކޯލިޝަނުގެ ރޭވުމެއް ނަޝީދު މައައިދާނުން ބޭރުކޮއްލުމައް މިމީހުން ބޭރުކުރުމައް އައްނިވެސް ނިކުއްނައްވީ ޕާޓީއެއްނެރެގެން އެގޮތުން ވަގުތުން ވަގުތައް އަބްދުއްލާ ޖާބިރުއަތުން ޑީއާރުޕީގެ ލީޑާށިޕް ގަނެގެން އިންތިހާބު ފުރަތަމަބުރައްނިކުމެ ދެވަނަ ބުރުގަ ކޯލިޝަންހަދަންވީ އިދިކޮޅުޕާޓީތަކާ އޭރުން މަޖުލީސްގެ ގޮނޑިކާމިޔާބުވާނެ އަދި އެޕާޓީއައް ބަދަލުވާނެ ގިނަބަޔަކު އެއޮޑީގެ ކުލަބަދަލުކޮއްލީމަ ނިމުނީ

    8
    1
  3. ޖުހާ.

    ސޭޓަށް ބައިދީގެން ވެރިކަންކުރާ މީހަކަށް ވޯޓެއް ނުދޭނަން.

    38
    1
  4. Anonymous

    ކޮބާތަ 30 އަހަރު ވެރިކަންކުރި މީހާ؟ އަވަހަށް ކޮއްކޮ ފަޅިއަށް އަރާ.

    31
    3
  5. ޙަސަނުލް

    ބިރުބޮޑުވީތާ ދޯ

    26
    3
  6. ޙަދިސައިބު

    ޟަޝްވަރާކުރޭ ތިޔަ ކޯލިޝަންގައި ޖުމުހުރީ ޕާޓިއަކީ 15000 ނަމަވެސް އެމްޑީޕީއަށް ކޯލުސަން ހެދިޔަސް ޖޭޕީން 8000 ވޯތާށް ވުރެން ގިނައިން ނުލިބޭނެ، އަދާލަތަކީ 3000 މީހުން އެމްޑީއަށް ކޯލިސަން ހެދީމާ ވޯޓުދޭނީ 100 މީހުން މިމީހުންނަކީ ހަރުކަށި ފިކުރުގެ މީހުން، އެމްއާރުއެމް 3000 އެމްޑީޕީއަށް ކޯލިސަން ހެދީމާ 200 މީހުންގެ ވޯޓު ލިބޭނީ އެމްއާރުއެމް ދެންނުހިންގާނެ!

  7. Anonymous

    ދެން ޔާމީނު ދެފައި ފިއްތާލައިގެން އިނދޭ... ޕަކާސް

    4
    37
  8. އހ

    މިހާރުވެސް ގަޢުމު ހަލާކު ކޮއްފި އިތުރަށް ބޭނުމެއް ނޫން

    35
    3
  9. ހަގީގަތް

    ދެން ދެކެން ބޭނުންވަނީ ގާސިމުގެ ސަރުކާރެއް

    8
    37
  10. ރާފިޔު

    ތިދެމީހުނަކީ މިހާތަނަ ދިވެހިރާއްޖެގެ ރަތްއިތަކައް އަދި އިސްލާމްދީނަކަށް ލޯބިވާ ދެމީހުނެނޫ އިސްކުރީ އަމިއްލަ އެދުން ލަޑަޔާ ވާނީ ލަޑަޔާ ތިހަމަ އެވަރުގެ ދެމަކަރުވެރިން ދޮގުވެރި

    10
  11. އަޙުމަދު

    2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ތިބި ފަރާތްތަކަށް ބަލާއިރު ، ސާލިހު، ނަޝީދު ، ޤާސިމް ، އުމަރު، ނާޒިމް ހިމެނެއެވެ. ޔާމިން އިންތިޚާބުގައި ވާދަކުރަން އަދި ނިއްމި ކަމެއް އާންމު ކޮށްފައި ނުވާކަން ފާހަގަ ކުރެވޭ. މަތީގައި ބަޔާންކުރެވުނު ނަންތަކަށް ބަލާއިރު ، އުމަރާއި ނާޒިމް ކުރިމަތި ލުމުގެ ބޭނުމަކީ ޔާމީން ކުރިމަތިލައިފިނަމަ ޔާމީނަށް ލިބޭ ވޯޓް މަދުކޮށް ބައި ބައި ކުރުމެވެ. ސާލިހު ވަކިން ނުކުމެފައި ނަޝީދު ވަކިން ނުކުތުމުން އެދެމީހުންނަށް ސިޔާސީގޮތުން ގެއްލުމެއް ނެތެވެ. ސަބަބަކީ ވެރިކަން އެމްޑީޕީ އަށް ލިބި މަޖިލިސް މެޖޯރިޓީ ލިބިގެން ދާނެތީއެވެ. މިހާލަތު އަންނަ އިރު ރައީސް އާއި ނައިބު ރައީސް ވެސް ހިމެނިގެން ދާނީ އެމްޑީޕީގެ މީހުންނަށެވެ. އެހެންކަމުން 2023ގައި ސާލިހު ނުވަތަ ނަޝީދު އަށް ވެރިކަން ލިބުނަސް މިކަން މިހެން ވުން ގާތެވެ. އެއީ ޤާސިމް ނުވަތަ ނާޒިމް ވަކިން ކުރިމަތިލާނަމަ، އެދެފަރާތަށް ވެސް ސާލިހު ނުވަތަ ނަޝީދުގެ ނައިބު އަށް ވުމުގެ ފުރުސަތު ގެއްލޭނެތީއެވެ. ދެވަނަބުރަކަށް ދާންޖެހިއްޖެ ހާލަތެއް މެދުވެރި ވިޔަސް ެ. ގާސިމް އާއި ނާޒިމް ޖެހޭނީ ޝަރުތަކާއި ނުލައި ވެސް އެދެ މީހުން ކުރެ ފަރާތަކަށް ތާއީދު ކުރާށެވެ. ސަބަބަކީ ޕީޕީއެމް ގެ ކެނޑި ޑޭޓަށް ތާއީދު ކުރަން އެ ދެ ފަރާތުން ބޭނުން ނުވާނެތީއެވެ. ގާސިމް ނައިބު ރައީސް ކަން ބޭނުން ނަމަ އެކަން އޭނާ ފަސޭހަކޮށް ލިބިދާނެ ކަމަށް ބެލެވެއެވެ. އެއީ ސާލިހު ނުވަތަ ނަޝީދު ގެ ނައިބަކަށް އެމީހުން ގާސިމް ގަބޫލު ކޮށްފާނެތީ އެވެ. އަދި ޕީޕީއެމް އިން ވެސް އެފުރުސަތު ގާސިމް އަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ނަމަވެސް މިފުރުޞަތުގެ ބޭނުން ހިފުމަށް ގާސިމް މަސައްކަތް ކުރާނެ ކަމަށް ނުބެލެވެއެ. ރާއްޖޭގެ ސިޔާސީ ހަޔާތަށް ބަލާއިރު އެއް ޕާޓީ އަކަށް އެކަނި ނުކުމެ ވެރިކަމަށް އައުމަކީ ވަރަށް ދުރުކަމެއްކަމުގައި ބަލަންޖެހެއެވެ. އަދި ރައްޔިތުން ވޯޓު ދިނުމުގެ ވައްޓަފާޅިއަށް ބަލާއިރުވެސް އެކަން ފާހަގަ ކުރެވެއެވެ. 2023ގެ އިންތިޚާބުގައި ވަރަށް ބޮޑަށް ބޭރު ގައުމުތަކުގެ ނުފޫޒު ސީދާ ގޮތުންނާއި ނުސީދާކޮށް ފޯރުވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި މި އިންތިޚާބަށް ވަރަށް ބޮޑު ޚަރަދެއް ޕާޓީ ތަކުން ކުރާނެ ކަމަށް ބެލެވެއެވެ. މި ކަމުގެ އަސަރު 2022 ގެ ފަހުކޮޅުން ފެށިގެން ފެންނަން ފަށާނެކަމަށް ވެސް ލަފާކުރެވެއެވެ. މިކަން ފެށުނު ކަން އެނގޭ ނެ ގޮތަކީ ބާޒާރުން ޑޮލަރު ފަސޭހަކަމާއިއެކު ލިބެން ފެށުމާއި ބޭންކް ތަކުން ވެސް އެކަން ތަނަވަސް ވެގެން ދިއުމެވެ. ވީމާ ރިޔާސީ އިންތިޚާބުގެ ވޯޓު ބިނާވެގެންވަނީ ވަނީ އިލްމީ ގޮތުން ގާބިލް މީހާއަށް ކަމަށް ބެލުމަށް ވުރެ ބޭރުގެ ނުފޫޒާއި ފައިސާގެ ނުފޫޒުގެ މީހުނަށް ކަމަށް ބެލުން ރަގަޅެވެ. އަދުލުވެރި އިންސާފްވެރި އިންތިޚާބަކުން ގައުމުގެ ރައީސް އިންތިޚަބުވަކި އެދޭގޮތްކަމަށް ކިތަންމެ ބޭނުން ވިޔަސް ކުރިން ހިގާފައިހުރި ކަންތައް ތަކާއި މިހާރު ހިނގަމުންދާ ކަންތަކަށް ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ.

    2
    1
  12. ހަސަނާ

    މިއީ ސިޔާސ ޗައްކަރެއް.އިބްރާހީމާ އާއި ނަޟީދު ކުޅޭ ގޭމެއް.

    20
    3
  13. ދަރަނި ދަންތުރަ

    ބާކި މިއޮތް ދުވަސްތަކުގައި ރާއްޖޭގެކަންކޮޅުތަކުގައި އެއްމިލިޔަން ބުރިޖު އެޅިޔަސް ތިޔަބަތާހަރާމީ ކޯލިސަނަން ވޯޓު ދިނުން ހަތްހަރާމުން ހަރާން ގައުމު ފުނޑާލާ އަޅުވެތިކޮށްފި ކަލޭމެނަން މާފު ނުކުރާނަން

    11
  14. ޙަބީބު

    ގާސިމްގެ ކިބަ އިން ގަ އުމުސަލާމަތް ކުރަންޖެހޭ މާމިގިލި ރަ އިސްކަން ގާސިމަ އްދީ

  15. Anonymous

    " ވަޢްދާ ހުވާކުރާނެޔޭ އެހަނދާން ނެތޭނެޔޭ
    ނޫނީ އެހެން ގޮތެއްގައި މަޖްބޫރުވާނެޔޭ"
    މީކުރީގައި ވަރަށް މަޝްހޫރުވި ރީތިލަވައެއް. އެކަމަކު މިހާރު އެއްގޮތަކަށްވެސް މިލަވަ ކަމަކުނުދޭ.

  16. ނުބެހޭ މީހާ

    ސޭޓު ނަމަ ނަމަ މަޅީގަ ނުޖެހޭތި، ނުކުންނަންޏާ ނުކުމޭ ރައީސް ކަމަށް، ރަނިންމޭޓްގެ މަޅީގަ ނުޖެހޭތި، ސޭޓަށް އޮންނަ ތާއީދު ފެނިފަ މޭކަރަން ފެށީ އެ

    6
    1
  17. ބިޒް

    އމޑޕ މެންބަރުންނަށް ހަދާނަހަދާއެއް އަންގާނުލާ ނިކަން އެޕާޓީ ގެ ލީޑަރސިޕަށް ހަވާލުވެލައްވާ އިބުރާހިމު ހެދިހެން މިހާރު އެލެކޮސް އެހެރީ ފާރުން ބޭރުގަ ... ހަދާ އެއްވެސް ޑީލެއް ސެއަރވެސް ކުރާނެ ކަމެއްނެތް....އަވަސްކުރައްވާ ފުރުސަތުގެ ބޭނުން ހިއްޕަވާ

  18. ބެންކޮކް

    ޔާންޓޭ އިނގިލީގަ ދަތްއަޅައިގެން ދެން އިނދޭ

  19. ކައިދާ

    ޜިސޯޓްތަކުން ދައްކަން ޖެހޭ ޓެކްސް ނުދައްކާގޮތަށް ހަދާ ބުރުމާ ހުންނާނީ ތިޔަފަޅީގަ . ގާސިމް ރަނިންގމޭޓަކަށް ލައިފިނަމަ ވޯޓުދޭނެ މީހުން މަދުވާނެކަން ދަންނާތި.

  20. ނަޜޭ

    ކިތަންމެވަރަކަށް ގާސިމުގައިގަ ބެއްދިޔަސް ތިޔަ ސޯލިހު ދެންއަންނަ ވެރިކަމުގަ (މުސްކުޅިބެ) ޖަލަށްލާނެ .