އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޅު ކުރެއްވި ހިސާބުން އެމްޑީޕީގެ ތެރެއިން އަންނަނީ އެމަނިކުފާނަށް ނުރުހުން އަމާޒުވަމުންނެވެ. ސަރުކާރަށް އަމާޒުވާން ފެށީ ފާޑު ކިޔުމެވެ. އެމްޑީޕީ ދެ ބަޔަކަށް ބެހިފައި އޮތް އިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިތުރަށް ރުޅި ގަދަވީ މި ހަފްތާ ބަންދުގައި ރައީސް އދ. މާމިގިއްޔަށް ވަޑައިގެން ގާސިމާ ބައްދަލު ކުރެއްވުމުންނެވެ.

ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށާއި ކޯލިޝަނާއެކުގައި ވާދަކުރައްވައިފި ނަމަ ދެވަނަ ދައުރެއް ލިބޭނެކަން ޔަގީންވާ ކަމަށް ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެއަށްފަހުގައި ކުއްލި ގޮތަކަށް މާމިގިއްޔަށް ވަޑައިގެން އެމަނިކުފާނު ރޭ ވަނީ ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެޕާޓީގެ އިސްވެރިންނާއެކުގައި ބައްދަލުވުމެއް ބާއްވަވައިފައެވެ. އެއާއެކު ނަޝީދުގެ ފެކްޝަނުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

ކޯލިޝަންގެ ލީޑަރުން. --- ފޮޓޯ: ވަން އޮންލައިން

ޖުމްހޫރީ ޕާޓީގެ އިސްވެރިންނާއެކުގައި ރައީސް މިފަދަ ބައްދަލުވުމެއް ބާއްވާވާފައި މިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ކެންޑިޑޭޓެއްގެ ރަނިން މޭޓެއްގެ ގޮތުގައި ގާސިމް ހަމަޖެއްސުމަށް ރައީސް ނިންމެވުމާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމަކު ގާސިމްގެ އެޑްވައިޒަރު އަދި ކުރީގެ މެންބަރު އިލްހާމް އަހުމަދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. ނަމަވެސް ރައީސް ސޯލިހް، ގާސިމާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވަނީ ތުހުމަތުތައް ދޮގު ކުރެއްވި ފަހުންނެވެ.

އެ ތުހުމަތާއެކު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަދި ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ކުރީ ޒަމާނުގައި ރަސްކަން ދިފާއުކުރަން ބިކުރުވެރި ކުދިން ވެސް ގުރުބާން ކުރާ ކަމަށާއި މި ޒަމާނުގައި ގުރުބާން ކުރަނީ ފަޅުތަކާއި ރަށްތައް ކަމަށެވެ.

"ކުރީޒަމާނުގައި ރަސްކަން ދިފާއުކުރާން ބިކުރުވެރި ކުދީން ވެސް ގުރުބާން ކުރި. މި ޒަމާނުގައި ގުރުބާން ކުރަމުންދަނީ ފަޅުތަކާ ފަޅު ރަށްތައް. ރައްޔިތުންގެ ކުންފުނިތައް. މާލިއްޔަތާއި ވުޒާރާތައް" ގާސިމަށް ރަނިން މޭޓުކަށް ދިނުމަށް ނިންމާފައިވާ ކަމަށް އަޑުތައް ފެތުރުމާ ގުޅިގެން ބޮންޑޭ ވިދާޅުވިއެވެ.

މަޖިލީހުގެ އުނގޫދާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ވަނީ ޖުމްހޫރީ ޕާޓީގެ އިސްވެރިންނާއެކުގައި ސިޔާސީ މަޝްވަރާ ކުރެއްވުމާ ގުޅިގެން ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވުމަކީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ދައުވާތައް އުފުލި، ޝަރީއަތް ހިނގަމުންދާ ފަރާތްތަކާއެކު، ސިޔާސީ މަޝްވަރާ މޭޒަށް ވަޑައިގަތުންތޯ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.

ވައްޑޭ އިޝާރަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގައި މިހާރު ހަރަކާތްތެރިވާ ކުރީގެ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކަށެވެ.

މި ދެ ބޭފުޅުންގެ އިތުރުން ނަޝީދަށް ތާއީދުކުރައްވާ ބައެއް މީހުން ވަނީ ރައީސްގެ މި ބައްދަލުކުރެއްވުމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފައެވެ. އެމްޑީޕީގެ ނަޝީދު ފެކްޝަނުން ބޭނުން ވަނީ ކޯލިޝަން ނުހަދާ ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް ގާއިމްކުރާށެވެ. ނަމަވެސް ރައީސް ސޯލިހްގެ ވިސްނުންފުޅަކީ ކޯލިޝަނަކާއެކު އެމަނިކުފާނު ދެވަނަ ދައުރަކަށް ވާދަކުރެއްވުމެވެ.

ރައީސް ނަޝީދު ވެސް މީގެ ކުރިން ވަނީ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ދެ ރައީސުން ވެސް ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅު ކުރެއްވުމާއެކު ރިޔާސީ އިންތިހާބުގެ ފޯރި މިހާރު ވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ޙިހިހިގަގަ

    15
  2. ޙަސަނުލް

    ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ފުރައްސާރަ ކުރި ބިލް ހުޝަހެޅިޔަ ނުދޭންވީމަ އެއް ބައެއް އަތާ އަތް ގުޅުވާލާފަ ވެރި ކަމަށް ފައި ނަގަން ވީމާ ދެ ފެކްޝަނެއް ލާދީނީ އެމ ޑީ ޕީ ބައިގަނޑު

    18
    1
  3. ހުސޭނުބޭ

    ބޮޑު ވަޒީރަށް ވާންވީމާ ހަމަ އޯކޭ. އެހެން މީހަކު އެކަމާ އުޅުނީމާ ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭހެން

    14
  4. މުޖުތާޒު

    ޢަހަރެންގެ ހިތެއްނުބުނޭ ތިޔައިން 1 ބޭފުޅިކަށްވެސް މިއިންތިހާބު ކާމިޔާބުކުރެވޭނެކޭ ނަޝީދަކީ 2012 ވަނައަހަރު އިސްތިއުފާދީފަ އަމިއްލަޔަށް ދިޔާމީހެއް ދެންހުރީ މިހާރުގެރައީސް ޢެނަގެ ސަބަބުން ރައްޔިތުންގެ އާންދީނީއަށް ލިބޭއެއްޗެށް ފެންނާކަށްނޯވެ ޖުރިމަނާ’ ތަކެތީގެ އަގު އަތްނުފޯރާފަށަށް ބޮޑުކުރުން’ ކޮރޮޕްޝަން އާއްމުވުން’ ހިތުހުރިގޮތަކަށް ރާޖޭގެފަޅުތަކާ ރަށްތަށްބޭހުން ބޭރުގައުމެށްގެ މިލިޓްރީ ސިފައިން ރާއްޖޭގަބޭތިއްބުން މިކަހަލަކިތަށްމެ ކަމެއްހުރުމުގެ ސަބަބުން

    12
    2
  5. ނޯ

    ކޮންމެމީހަކުވެސް ކޮންމެވެސް ގޮތަކަށް ލާރިހޯދައިގެން ވެރިކަމަށް އަންނަނީ. އަންނި ލާރިހޯދަނީ ކިހިނެއްކަމެއްނޭގޭ. ކޮންމެ ކެންޕެއިނަކަށް އެތައްމިލިޔަން ރުފިޔާ އެންހޯދަނީ ކިހިނެތްތޯ. ވިޔަފާރިއެއްކުރާ މީހެއްނޫން. ކޮންމެވެސް ގައުމަކުން ކުވަތަ ބަޔަކު ދީގެން އެހާގިނަފައިސާ ހޯދޭނީ. ކޮންމެވެސް ޑީލްއެއްގެ ދަށުން. ގާސިމް މާރަގަޅު އޭނަ ހޯދަނީ ވިޔަފާރިކޮށްގެން މިގައުމަށް އިންވެސްޓްކޮށްގެން. އޭޅަ ކޮށްފައިހުރި އިންވެސްޓްމަންޓްތަށް މިގައުމުގައި ފެންނަށް އެބަހުރި. އަޅިވެތިކަމަށް ނުދޭ.

    7
    2
  6. ސެންޗޯ

    ސަމާލުކަމަށް ދަންނަވަމެމެ.!!!

    ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ ރާއްޖޭގެ ހަތަރު އަތޮޅެއްގައި ދިރިއުޅޭ މީހުންނާ އެއްވަރުގެ އާބާދީ އެކެވެ. ހިޔާފްލެޓު ކުއްޔާ ފެނާ، ކަރަންޓުގެ ޚަރަދަށް 15000ރުފިޔާ ގާތްގަނކަށް މަހަކަށް މިހާރު ޚަރަދުވެއެވެ، އަދި މިއީ ކެއިންބުއިމަށް ދާ ޚަރަދު ނުލައެވެ. ކުރިއަށް އޮތް ފަސްއަހަރަށް އިބްރާހިމް މުޙައްމަދު ސޯލިހަށް މަރުޚަބާ ކިޔާ އަދި ރައިސްކަމަށް ހޮއްވަވައި ދެއްވާނަން. ހިޔާފްލެޓުގެ ކުއްޔާ ފެނާ ކަރަންޓުގެ ޚަރަދަށް 8500ރުފިޔާ މަހަކު ދައްކަން ޖެހޭގޮތައް މެނިފެސްޓޯގައި ހިމަނާ ވެރިކަމަށް އާދެވޭތާ، އެއްމަސް ދުވަސްތެރޭގައި ހަމަޖައްސަވައިދެއްވައިފި ނަމަ!

    6
    6
  7. އިންތި

    ނުރުހުން ވާނެކަމެއްނެއް މުސްތަގުބަލުގަ އޑޕ ގެލީޑަރ އަކީ ގާސިމް... ގާސިމުގެ ދުރުވިސް ނުމުގެ ދަށުން ދެން އޑޕ ހިގާނީ.. މެންބަރުން ދެން ޖެހޭނީ ހިތާ ދެކޮޅައްވެސް މިކަން ބަލައިގަންނަން

    10
    3
  8. ާާާޢަލީ

    ނިހާނު މިނިވަންވެ ބޯވެސް ކަޅުވީތަ؟؟

    8
    1
    • ހުސޭނުބޭ

      އެއީ ބިޖެން ބޯކަޅުކުރާ ބޭހުގެ ޖާދޫ

  9. Anonymous

    މީ ހަމަރޭވުމެއް ، ރުޅިއަންނަކަމަށް ދައްކަނީ .

  10. އަލީ

    ގިނަ ފައިސާ ހުރި ދިމާލަކަށް ދޯ ދާނީ. ނަޝީދު ބްރޯ ތީ ދެން ބޭކާރު މީހެއް. އަަހަރުމެންނާއިއެކީ މަހައް ދާން ބޭނުންމިއްޔާ އާދޭ.

  11. ބުރުމާ ކަށި

    އެ ކުޅުނީ ކޮން ކުޅިވަރެއްކަން ނެތޯ ބުނެވޭކަށް
    އޮތަ؟

  12. Anonymous

    ހާދަ މަކަރުބަޔަކޭދޯ ދެރަކަމަކީ މިމީހުންދައްކާ ވާހަކަވެސް ގަބޫލް ކުރާ ބަޔަކުތިބޭތީ. ދުނިޔޭގެ ފަހުގެ ތާރިހުގަ މިވަރު އޮޅުވާލަން މޮޅުބަޔެއް ނުތިބޭނެ.

  13. ވަހީދު

    މާކުރިއަށް ރޭވި އިންތިޒާމްވެފައިވާ ކަމެއް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކުރުމަށް ގާސިމް ސަރުކާރުގެ ފައިގައި ބަނދެގެން ގެންގުޅުން. ވެރިކަން ފެށުނުއިރު ވެސް އެކަންވަނީ ފެށިފައި. އެކަމަށްޓަކާ ފުރަތަމަ ގާސިން ބަނުމަށް އައިސާ ވަށް ގޮށްޖަހާގެން އައްސާގެން އިންޑިއާއަށް ގެންގޮސް ވަރުނީސްކޮށް އޮފްކޮށްގެން ހައިކޮމިޝަންއިން އުޅުނީ. އެހެން އުޅެނިކޮށް ގާސިމް ޅަ އަންހެން ކުއްޖަކާ އިދެލި ހިސާބުން އައިސާ ބަނދެފަހުރި ވަލުގައި ޖަހާފަވާ ގޮށްތަކަށް ދޫޖެހި ގާސިމް އެހެންދިމާލަކަށް ލައްވަމުން ގެންދާކަން އިހުސާސްވީމާ އިންޑިއާ އެންބަސީގެ ތިބިއްޔާ ތިބި ޕަޕެޓުންނަކާއި އެކު ގާސިމާ ބައްދަލުކުރަން ދިޔައީ. ފުރުސަތުގެ ބޭނުންކޮށް ރިސޯޓާއި ހަމައަށް ވެސް ދިޔަނުދީ އެއަރޕޯޓުން ގާސިމް އެލީޓް ޓީމް ގޮވާގެން ބައްދަލުކޮށް އިބޫ ލަދު ގަންނަވާލި