ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ މިހާރު މިސްރާބު ހުރީ އިޖްތިމާއީ ތަރައްގީއާ ދިމާއަށް ކަމަށް މިނިސްޓަރ އޮފް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެެއްޖެއެވެ.

ހައި ސްޕީޑް ފެރީ ނިޒާމު "ރާއްޖެ ޓްރާންސްޕޯޓް ލިންކް" އާރް.ޓީ.އެލްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރު ރާއްޖޭގެ މިސްރާބު ހުރީ ތަރައްގީއާ ދިމާއަށް ކަމަށާއި، ފަސޭހަ ދަތުރުފަތުރުކުރުމުގެ ނިޒާމަކާއި ނުލާ ދުނިޔޭގެ އެއްވެސް ތަނެެއް ތަރައްގީވެފައި ނުވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޓްރާންސްޕޯޓް ލިންކާއެކު ބޭނުންވާ އިޤްތިޞާދީ ތަރައްޤީ ޤައުމަށް ގެނެވޭނެކަމަށް ކަމަށާއި، އަދި މިއީ ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަމަށާއި، ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަގޮތުގައި ހިނގައިގަތުމަށް ވެސް މިއީ މުހިންމު ހިދުމަތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގުދުރަތީގޮތުން ރާއްޖެެ އުފެެދިފައިވާ ގޮތުގެ ސަބަބުން ދިވެެހިން ދިރިއުޅެމުން އައީ ވަަރަށް އެކަހެރި ބައެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް މި ހިދުމަތާއި އެކު އެކަން ބަދަލުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ރަށު ބަންދުން ފިލުވުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ކޮންމެހެން ލާޒިމްވޭ. އަޅުގަނޑުމެން މިއަދު މިފަށާ ދަތުރުފަތުރުގެ ނިޒާމަކީ ޒަމާނީ، އޭގައި ފެންވަރެއް ހުރި، ބާރު ސްޕީޑުގައި ދަތުރުކުރާ، ފަސޭހަކަމާއެކުގައި ދަތުރުކުރެވޭނެ ނިޒާމެއް. އަޅުގަނޑުމެން ދެކޭގޮތުގައި މި ދަތުރުފަތުރުގެ ނިޒާމާނުލާ، އަޅުގަނޑުމެން މިއަދު މިތިބަ ހިސާބުން އިތުރަށް ދިވެހިރާއްޖެ ތަރައްޤީކުރުމަށް އުނދަގޫވާނެ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން އިފްތިތާހު ކުރާ ފެރީ ނެޓްވޯކްގެ ދަށުން މިއަދު ފެރީގެ ހިދުމަތް ދޭން ފަށަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. އެ ފެރީގެ ހިދުމަތް ފޯރުކޮށްދޭނީ އެމްޓީސީސީއިން އެވެ. އާރުޓީއެލްގެ ފެރީ ދަތުތުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުން ކައިރި ރަށްރަށަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެ ފެރީތަކުގައި ދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ

    އަޅުގަނޑުމެން މިހާރު ބޭނުންވަނީ ކަނޑުދަތުރެއް ނޫން! އުދުހޭ ބޯޓުން ދަތުރުކުރަން ބޭނުންވަނީ! އަސްލަމް މެން ބުނީ އެއަރޕޯޓް މިރާއްޖެއަކަށް ބޭނުމެއް ނުވެޔޭ! މާ ރަނގަޅުވާނެ އަނގަމަތި މަސްދޯނި!

    15
    1
  2. ސޮފްވާން

    ޢެވުޒާރާވެސް

  3. ޑައެލޯގް

    ރަށުބަންދުން ވީއްލުނުއިރު ރައޓެހިންނަށް ބިޔަޕްރޮޖެކްޓްދީ ގައުމުދަވާލައިފިއެވެ.

    7
    1
  4. ހުސޭނުބޭ

    އޭތް ބަލަގަ މިހާރު މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރުނީތަ. އައްޑޫ ރައްޔިތުންގެ ޖީބުތައް ޕައުންޑުން ފުރުނީތަ. ކަލޭގެ ލަދު ކޮބައި.

    9
    1
  5. ހަވާސާ ހަމީދު

    އަޅުގަނޑުމެން މިހާރު ބޭނުންވަނީ ކަނޑުދަތުރެއް ނޫން! އުދުހޭ ބޯޓުން ދަތުރުކުރަން ބޭނުންވަނީ! ކަލޭގެ އަމިއްލަ ރަށުގައި އެއަރޕޯޓު ހަދްންޏާ އަހަރެންގެ ރަށުގައިވެސް އނުވަތަ އަތޮޅުގައިވެސް އެފުރުސަތު އޮންނާނެ ފެލިދޫކައިޜީ ފަޅެއް ހަިއްކާފަ އެފުރުސަތުދީ!

  6. މިބުނީ

    ދައުރު ނިމޭއިރު ފްލެޓްގަނޑެއްވެސް ނިންމާ ނުލެވުނު

  7. ސަޢީދު

    ރައީސާ، ވަޒީރުން އެއްމެން ދައްކަނީ ތެރީގެ މޮޅު ވާހަކަ! އަނެއްކާ މިއުޅެނީ ކަމަކަށް ތައްޔާރުވާންބާ! ބުނަންތަ! މިފަހަރަކު ތިޔަކަހަލަ ވައްތަރު ޖައްސައިގެން ވޯޓޭއްނުހޯދޭނެ! ހައިސްޕީޑް ފެރީ ނިޒާމުއޭ ކިޔައިގެން ފޮނިކަޑާއިރު ވެރިކަމަށް 4 އަހަރުފުރި ވެރިކަމުން ފައިބާންވަނީ! ދައްކާލެވުނީ އެންމެ ޒޯނެއްގެ ފެރީ! އެހެންވީމާ ވެރިކަމުގެ ތަރަށްގީގެ ސްޕީޑް ކިހާ ބާރުތޯ! ބަލަގަ އިބޫ! ރައްޔިތުން ދެން ނުހެއްލޭނެ!