މިދިޔަ ރޯދަމަހުގެެ ތެރޭގައި ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ވެއިޓަރަކަށް ތޫނުއެއްޗަކުން ހަަމަލާދީ މަރާލި، މައްސަލާގައި އެ ރެސްޓޯރެންޓުގެ ކައްކާ މުހައްމަދު އާބިދްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

އެ ރެސްޓޯރެންޓުގެ ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އެމްޑީ ޝާހީން ނަމަކަށް މީހާއަށް ވަޅިން ހަމަލާދީ މަރާލާފައި އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. އާބިދް ހައްޔަރުކޮށްގައި ވަނީ ޝާހީން މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގާ މިމައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމާ މިހާރު ވަނީ އެ އޮފީހަށް ދައުވާކުރަން ފޮނުވާފައެވެެ. އެ މައްސަލަ ބަލައިގަނެ މި ހަފްތާ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ޕާކިސްތާންގެ ކައްކާ ބަންގްލަދޭޝް މީހާ އަށް ހަމަލާ ދިން އާބިދް ހައްޔަރުކޮށްފައިވަނީ ހަމަލާ ދިން ދުވަހުގެ މެންދަމު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިލައިގެން އުޅެނިކޮށް އަތިރިމަތިންނެވެ. އޭނާ ހުޅުމާލޭ ދެވަނަ ފިޔަވައްސަަށް ދިޔައީ މާލެ ވެސް އައުމަށް ފަހު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގައި ތަހުގީގު ކުރުމުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕީޖީ އޮފީހުން އޮތީ އިތުރުކޮށްދީފައެވެ.