ސްރީލަންކާ ރައްޔިތުންނަށް ފިލަން ރާއްޖެ އައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ދިވެހި ސަރުކާރުގެ އެހީތެރިވެދިނުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.

ގޮތަބަޔާ ރައްޔިތުންނަށް ފިލަވެގެން ރާއްޖެ ވަޑައިގެންނެވީ އިއްޔެ ރޭ މެންދަމު 02:40 ކަންހާއިރުއެވެ. އޭނާ ރާއްޖެ ވަޑައިގަތީ އަބޫދާބީއަށާއި ދުބާއީއަށް ދަތުރުކުރައްވަން އަންގާރަ ދުވަހު އެތައް ފަހަރަކު މަސައްކަތް ކުރައްވައިގެން ވެސް އެކަން ކާމިޔާބު ނުވުމުންނެވެ. ރާއްޖެ ވަޑައިގެންނެވީ ސްރީލަންކާ އަސްކަރިއްޔާގެ ފްލައިޓެއްގައެވެ.

ގޮތަބެޔާ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައީ ވެސް ވަރަށް ސިއްރުންނެވެ. އަދި އެމަނިކުފާނު މިހާރު ސިންގަޕޫރަށް ވަޑައިގަންނަވާފައިވާއިރު، މިރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ، ލަންކާގައި ހުންނެވިނަމަ އެމަނިކުފާނުގެ ފުރާނަ ހިނގައިދާނެ ކަމުގެ ބިރަށްވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މިކަމުގައި ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތައުރީފް ކުރާ ކަމަށެވެ.

"ސްރީލަންކާއަށް ކުރިއަށް ދެވޭނެ ކަމަށް އުއްމީދު ކުރަން". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވިދާޅުވިިއިރު، ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެ ވަޑައިގަތުމަށް ފެސިލެޓޭޓް ކޮށްދެއްވީ ނަޝީދު ކަމަށް ލަންކާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އަދި އެމަނިކުފާނު ފިއްލަވަން ދިވެހި ސަރުކާރުން މަގުފަހި ކޮށްދީފައި ވާތީ ދިވެހިންނާއި އަދި ސްރީލަންކާ ރައްޔިތުންގެ ފާޑުކިޔުން ވެސް ވަނީ ދިވެހި ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޝާފީ ރ

    މިހާރު ނަޝީދު ގެ ބޯ ހަމައެއް ނުޖެހޭ. ނަޝީދު ބޯ ގޮވާފަ.

    13
  2. ނަސީރު

    ނަޝީދު ތަޢުރީފުކުރުމަކީ އޭނަގެ ހިތުން މުޅި ދުނިޔެ ތަޢުރީފްކުރުންކަހަލަ ކަމެއް. އަމިއްލައަށް މީހާފެނި ބޮޑާވެފަ ހުންނަ ނަޝީދެއް މިއީ. މިބައި މީހުންނާއިހުރެ މުޅިރާއްޖޭގެ އަގު މި ވެއްޓެނީ ބައިނަލްއަގްވާމީ މައިދާނުގައިވެސް.

    14
  3. ކޮރަލް

    މީނަ ފިލީމަ އެމީހުން އެހީވިއެވެ. ދެން އެމީހުން ފިލީމަ މީނަ އެހީވިއެވެ. ލަނޑަޔާވާނީ ލަނޑަޔާ އެވެ.

    17
  4. އެޒް

    ސަޅި. އެހެން ނޫނީ ގޯޓާބޭ ހަވަރަށް ދިނީސް. ﷲގެ އިރާދަފުޅާއެކު ފުރާނައެއް އެ ސަލާމަތްވީ. ދެންވެސް ލަންކާއަށް ހޯދަން ބުނި އެހީތައް ހޯދަދީބަލަ. ސައުދީ ނޫނީ އެމެރިކާ އިން އަދި އިނގިރޭސިން އަތުން.

    3
    8
  5. Anonymous

    ލާދީނީ މީހުންނަކީ އަބަދުވެސް ކާފިރުންގެ ދިފާއުގައި މަސައްކަތްކުރާ ބަޔެކެވެ. މުސްލިމުންނާ ދެކޮޅަށް ލަންކާގައި ގޮތަބަޔާ ހިންގި ޖަރީމާތަކުގެ ބަދަލު މާތްﷲ އޭނާއަށް ދެއްކެވީއެވެ. އިންޑިއާގެ މޯދީގެ ކިބައިން ވެސް އެކަލާނގެ ބަދަލުހިއްޕަވާނެއެވެ. އަދި މުރުތައްދުވެފައިވާ ލާދީނީ މީހުންނަށް ވެސް ހައްގުވެގެންވާ ޖަޒާ އެކަލާނގެ ދެއްވާނެއެވެ. މާތްﷲ ގެ ހަޒުރަތަށް ހަމްދުހުރި.

    18
    1
  6. ޔަގޯމާނި

    ދެން ކޮއްކޮކުރި ކަންތަކަށްވެސް ތައުރީފް ކުރޭ، ދެބަންދިހާރަ. 🤣

    17
    1
  7. އައްމި

    މީގެން ކުއްވެރިވިޔަސް ވާނީ ލަންކާ އެއީ ލަންކާ އަސްކަރިއްޔާއިން މިކަމުގައި ގޮތަބަޔާއަށް އެހީތެރިވީ. ގޮތަބަޔާއަކީ ކުއްވެރި އެެއްނޫން. ދުނިޔޭގެ ކިތަށްވެރިން ފިލައިގެން ދުބާއީގައި އެބައުޅޭތޯ، އޭގެއިން އެއްވެސް މީހަކު އެޤައުމުން ބޭނުންވިޔަސް ގެން ދެވިނުތޯ

    2
    7
    • މިތުރު

      ދުބާއީ އަށް ދިޔަނަމަ ދިވެހިން ނެކޭ ނުކީހެއްނު

      2
      1
  8. ޢަލިބެ

    ރާއްޖެއިން ހިމާޔަތް ދިނުމަކީ ކުރި ރަނގަޅު ކަމެއް. ޢެއީ ރާޖަބަކްސަ ގައުމު ދަވާލިޔަސް ޝަރީޢަތަކާ ނުލައި އޭނާ ހަވަރަށް ދިނުމަކުން ލަކާގެ މައްސަލަ ހައްލު ނުވާނެ. ހައްލުވާނީ ތަހުްްގީގު ކޮށް އަސްލު މައްސަލަ ހޯދާ އިސްލަހީ ފިޔަވަޅު އަޅައިގެން. ލަޓިބުރިން ތަލާ މަރާލުމަކީ ޑިމޮކްރަސީ އެއްނޫން. ރާޖަބަކްސާ ދިރި ހުރިއްޔާ މައްސަލަ ތަހުގީގު ކުރަން ފަސޭހަވާނެ. ފަހަރުގަ މިޙާރުގެ މައްސަލައިގެ އަސްލަކީ އޭނާ އާއި އިދިކޮޅު ސިޔާސީ މީހުންގެ ރޭވުން ކަމަށް ވެސް ވެދާނެ ތޯއްޗެއް. ދިވެހި ސަރުކާރާއި ނަޝީދައް އައްސެރި ބަހާއި ސާބަސް.

    3
    13
  9. ޔގނޑ

    މަ ހިކުރީ ގޯޓާބޭ އާއި ޔާންޓޭ އާއި ދެމީހުން އެއް ގޮޅިއަކަށް ލައިގެން ކަމަށް މިކަން ނިމޭނީ..

  10. Anonymous

    މިކަލޯމެން ޙިމާޔަތް ދީގެން ކިތައްމެ ވަރަކަށް ތެޅިބޭލިޔަސް މަތީގަޑިން ޖަހަންދެން ހުރެވޭނީ

  11. ޑައެލޯގް

    އިބޫގެ މަކަރުން އަންނިކަހަލަ ބޯގޯސްމީހެއް އެކަމުގެ ފްރޮންޓަށް ނެރުނަސް މިކަމުގައި އިބޫއާއި މާރިޔާއާއި ޝާހިދުއާއި ސަމާލްއާއި އެމްސީ ހަމީދު ނުބެދޭނެގޮތް އެއީނެތްގޮތެކެވެ.