ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ މަހު ހިންގި ޔޯގާ ހަރަކާތް ހުއްްޓުވައި އަދި ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ދީނީ އިލްމުވެރިޔާ ޝެއިހް ފަޒްލޫން މުހައްމަދު ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި ފަޒްލޫން ޔޯގާގެ ހަރަކާތް ހުއްޓުވުމުގައި ބައިވެރިވިކަމުގެ ހެއްކެއް ލިބިފައެއް ނުވެއެވެ.
ފަޒްލޫން ހައްޔަރުކޮށް މަހެއްހާ ދުވަސް ވަންދެން ބަންދުގެ މުއްދަތު ޖެހި އިރު، އޭނާ ދޫކޮށްލީ އެންމެ ފަހުން ޖެހި ބަންދުގެ މުއްދަތު ހަމަނުވަނީހެވެ. އަދި އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ.
އެކަމަކު، އެއީ ކޮން ޝަރުތުތަކެއް ކަމެއް ސާފެއް ނުވެއެވެ.
ފަޒްލޫން އާ އެކުގައި ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ވެސް ހައްޔަރު ކުރިއެވެ.
އޭގެ އިތުުރުން ޕީޕީއެމްއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުަހައްމަދު އިސްމާއިލްވެސް އެ މައްސަލައިގައި ހުރީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަ މީހަކު މިހާތަނަށް ވަނީ ދޫކޮށްލާފައެވެ.
އިލްމުވެރިން ހައްޔަރުކޮށްގެން އުޅޭތީ ގިނަ ބަޔަކު ދަނީ ސަކުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުން މިނިވަންކުރަން ގޮވާލައި "މިނިވަންކުރޭ މިނިވަންކުރޭ" ނަމުގައި އިދކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިހުތިޖާޖެއް ވެސް މިރޭ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެެ.
އަލްހަމްދުލިﷲ. ޝެއިޚް ނިޝާންއާއި ދެންތިބި ފަރާތްތައްވެސް ދޫކޮށްލަންޖެހޭ. އަދި މިހުރިހާ ކަމެއްގެ ކުއްވެރިވާ މަހުލޫފު ހައްޔަރު ކުރަން ޖެހޭ
އާމީން ❤️
ޝަރުތަތަކާއެކު ޝެއިހް ފަޓްލޫން ދޫކޮށްލައިފި
ހޯމް މިނިޝްޓަރު އެންގީ ޔޯގާ ހުއްޓުވުން ފަދަ ހަޑި މުޑުދާރު ފާހިޝް ޢަމަލުތަކުގައި ބައިވެރިނުވުމަށް........ ހޯމް މިނިސްޓަރު ބުނީ މޯކުޅި އެއީ ރީތި ރަގަޅު ޢަމަލު ކަމަށް. އެހެންވެ އެކަން ނުހުއްޓުވާނަމޯ! ލޮލް
ދޫކޮއްލިޔަސް ނުވާނެ. އެ ޢިލްމުވެރިޔާ ހައްޔަރު ކުރި ފަރާތަށް އަދަބުދޭން ޖެހޭނެ. އެ ޢިލްމުވެރުޔާއަށް އިންސާފު ލިބެންޖެހޭނެ.
އަނެއްކާ ބަންދުން އެ ދޫކޮއްލީވެސް ސަލާމަތްނުވެގެން. ރައްޔިތުންގެ ލޭކެކި ސަރުކާރަށް އެތައް އެއްޗެއް ގޮވި ފަހުން. ދެން މާ ރަނގަޅު ބައެއްް ކަމަށް ހެދިގެން، ސިޔާސީ ގޮތުން ހަލަނބޮލިވާ ދަނޑިވަޅެއް ބަލާފައި ދޫކޮއްލާނީ. އެ ދޫކޮއްލާއިރު ދޫކޮއްލި ސަބަބެއް ނާނގާ. ދެން އަނެއްކާވެސް ދެތިން ހަފްތާ ފަހުން ސަރުކާރުން ދައްކާނެ ވާހަކަތަކެއް ރާވާފައި، ކޮންމެވެސް ވާހަކައެއް ދައްކާނީ. މިއީ ކަން ހުރި ގޮތް
ޝެއިޚުންނާއި އިސްލާހަށް މަސައްކަތްކުރާ ބޭފުޅުން ދޫކޮށްލާ، ވާނުވާ ނޭގި ޖަލުތަކުގައި ތިބި 1000 މީހުން ދޫކޮށްލާ. އިންޑިއާ ރުއްސަން ކީއްތަ ތިޔަ ކުރަނީ. ޑިމޮކްރެސީ ކިޔާ ކީއްތަ ތިކުރަނީ.
ތިވަރަށް ކަޑަވީ މަގުމައްޗައް ނިކުންނަން ޖެއްސި ހުރިހާ ސްޓަންޓެއް ފެއިލްވެ އެންމެފަހުން މިނިވަންކުރަން ކިޔާގެން އެކަންވެސް ނިމުނީ ދެން ތޭވީހަށް ކުޅޭނެ ރަނގަޅު ޑުރާމާއެއް ތައްޔާރުކުރާން ވިސްނަންވީ
އަލްހަމްދުލިﷲ.
އޭނާ އެކަނި ދޫކުރުމުން އެއީ ނަސްލީ އިމްތިޔާޒް . އާއްމުރައްޔިތުންނަކީ ދަށުދަރަޖައިގެ ބައެއް. ކަމުގަ ބަލާކަމުގެހެކި. ތީ މިއުޅޭސީދި ގުރޫޕައް ކުޚުޅުގެ މޭކުރަނޑި ދިނުމުގެ ސަގާފަތް. އެއްވެސްހަމަހަމަކަމެއް އަދުލުވެރިކަމެއްނެތަސް މަސްސަލައެއް ނޫންކަމުގަ ގަބޫލުކުރުން.