ނ. ވެލިދޫން 200 އަށް ވުރެ ގިނަ މީހުން އެމްޑީއޭ އަށް ސޮއިކޮށްފައެވެ.

އެމްޑީއޭއާ އަލަށް ގުޅުނު މީހަކު "ވަގުތަށް" ބުނީ އެ މީހުން އެމްޑީއޭ އަށް ސޮއި ކުރީ ސިޔާސީ އެހެން ޕާޓީތަކުގައި ހުންނަން ބޭނުން ނުވާތީ ކަމަށެވެ.

އަދި އެމްޑީއޭ އާ ގުޅުނީ އެ ޕާޓީގެ ލީޑަރު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވެލިދޫއަށް ކޮށްދެއްވާފައިވާ ގިނަ ހިދުމަތްތަކުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވާ އިރުގައި އޭނާގެ ފަހަތުގައި ވެލިދޫ ރައްޔިތުން ތިބެން ބޭނުންވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

އެ މީހާ ބުނި ގޮތުގައި މިހާރު ވެލިދޫގެ 500 އެއްހާ މީހުން ތިބީ އެމްޑީއޭގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ވެލިދޫން ގިނަ ބަޔަކު އެމްޑީއޭއާ ގުޅޭނެ ކަމަށް އޭނާ ބުންޏެވެ.

އެމްޑީއޭއިން މިހާރު އަންނަނީ ފޯރިއާއެކު ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އަންނަނީ އެމްޑީއޭއަށް ސޮއި ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރޭ

    ހަހަހަހަހަހަ. އެއްކަލަ ފުރަހަނި ސުއައިބު. އަބަދު ހިހޫ ތަނުން ކާލާގެން. މިފަހަރު ސިޔާމްގެ ދުވަސް ދުއްވާލާނެ. ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ. އެނގޭ އެއްވެސް ކަމެއްވެސް ނޯންނާނެ. ސިޔާމަށް ވިސްނޭނީ ކޮން އިރަކުންބާ.....