މިދިޔަ ޖޫން މަހު ހިނގި ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން އަނެއްކާވެސް 16 ދުވަހަށް ބަންދު ކުރަން ފުލުހުން އެދިއްޖެއެވެ.

ޔޯގާ މައްސަލައިގައި ޝެއިހް ނިޝާން ހައްޔަރުކޮށްފައި ވަނީ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތުގެ އޭގެ ފަހުން ވަނީ ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.

އޭނާގެ ބަންދުގެ މުައްދަތު ހަމަވީ މިއަދުއެވެ. އަދި އަނެއްކާވެސް ނިޝާން 16 ދުވަހަށް ބަންދުކުރަން ފުލުހުން އެދިފައިވާ ކަމަށް ނިޝާންގެ ވަކީލަކު ވަނީ "ވަގުތަށް" ކަށަވަރުކޮށް ދެއްވައިފައެވެ.

ނިޝާން ބަންދުކުރި މައްސަލައާ ގުޅިގެން އެ މައްސަލަ އޭނާގެ ވަކީލުން އިސްތިއުނާފު ވެސް ކުރިއެވެ. ނަމަވެސް ހައިކޯޓުން މިއަދު ނިންމީ ނިޝާން ހައްޔަރުކުރީ ރަނގަޅަށް ކަމަށެވެ.

ކްރިމިނަލް ކޯޓުން ބަންދުގެ އަމުރު ނެރޭ އިރު އޭގެ ކޮޕީ ލިބުގައި ދަތިވާތީ އިސްތިއުނާފު ކުރަން ދަތިވާ ކަމަށް ވެސް ވަކީލުން ވިދާޅުވެއެވެ.

ނިޝާން ބަންދުގައި ހުންނަތާ މިހާރު 42 ދުވަސް ވަނީ ވެފައެވެ.

ނިޝާންގެ މައްސަލައިގައި ޝަރީއަތުގެ އިޖުރާއަތުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދާތީ އެ މައްސަލައިގައި ކޯޓު ތެރޭ ސިޔާސީ ނުފޫޒު އޮތް މިންވަރު ދޭހަވާ ކަމަށް ޝެއިހްގެ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ވަގުތުން މިނިވަން ކުރޭ

    لاحول ولا قوّة إلاّ با الله

    ޝެއިޚް ކުރި ކުށެއް ނުދެއްކޭ. ދަނޑަކަށް ނުވަދޭ. އެއްޗަކަށް ގެއްލުމެއް ނުދޭ.
    ޔޯގާ އަކީ ޙަރާމް އެއްޗެއް ކަމަށް އިސްލާމިކް މިނިސްޓްރީ ޢަދާލަތު ޕާރޓީ އަދި ރާއްޖެއާއި ދުނިޔާގެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވޭ.

    ޝެއިޚަކީ މަވްސޫމް ބޭފުޅެއް. ވަގުތުން މިނިވަން ކުރަންވީ.

    ޝަރްޢީ ގޮތުންނާއި ގާނޫނީ ގޮތުން ހުއްދަކަމެއް ގައި ޢަޑު އުފުލުމަކީ ކުށްވެރިވާނެ ކަމެއްތޯ؟

    52
  2. އުގުރި

    އިމްރާނު ފެނޭތަ ކަލޭގެ ބެލުމުގެ ދަށުގައި ހުރި މައަސަސާ އަކުން ކަންކުރާ ގޮއި..

    45
    • ހުސޭނުބޭ

      ބެލުމުގެ ދަށެއްނޫން. އޭނާ އަންގާގޮތަށް.

  3. ހާދަ ދެރައޭ

    حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ

    52
    1
  4. ކޮމެންޓޫ

    ކުށެއް ސާބިތު ނުވަނީސް ހަރުގެއަށް ލައިގެން އަދަބު ދެނީ އެވެ. ކޯޓުގައި ސާބިތުކުރެވޭނެ ކުށެއް ނެތްކަން އެނގޭތީ ކުރާކަމެކެވެ. މިކަން ހުއްޓުވަން އައިމީހުންނަށްވެސް މިވަނީ މައުމޫނަށް ވީވަރު

    36
  5. ޑައެލޯގް

    ޑރ. އިޔާޒާއި ސޭކު އިލިޔާސްއާއި އިކްރާމްއާއި ދެންވެސް ދަންދޮރުނޭގޭ މީހުންބުނަނީ އިބޫއަކީ ކެތްތެރި އޯގާތެރި ވެރިއެއްކަމަށެވެ. އިބޫ ތިޔަބުނާ އޯގާތެރީ ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާމީހުނާއި، ލިވާތާއި، ޒިނޭއާއި މިހުރިހައި އިސްލާމްދީނާދެކޮޅު އަމަލުތައްހިންގާމީހުނަށެވެ. ދީނުގެ ދިފާއުގައި ނިކުތްމީހަކަށް އޮތީހަރުކަށިކަމާއި އަނިޔާވެރިކަމެވެ.

    30
    2
  6. Anonymous

    އަނިޔާގެ މައްޗަށް ދެވޭ އަނިޔާއެއް.
    ޝައިޚަށް ކެތްތެރިކަން ދެއްވާށި. އާމީން.
    އަނިޔާވެރި ވެރިން ބަލިކުރައްވާށި. އާމީން.
    ﷲށް ބިރުވެތިނުވާ ބަަޔަކު ވަޒީފާއަށްޓަކައި އެބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.

    51
  7. އުސްމާން

    ވާނުވާ ބަންދަށް ރައްޔިތުންގެ ތެރެއިން ވަކިބަޔަކު ( ޚާއްސަކޮށް ސިޔާސީ މީހުންނަށް ސަނާކިޔާ ގޭންގުތަކުގެ ކުދިންކޮޅު) ޖެހީމާ ހިޔުމަން ރައިޓްސް އާ، ހުރިހާ އެންޖީއޯތަކަކަށް ހީވާނީ 2 ފައިދޭރެޔަށް ކަށިހިނި އަރައިގެން އުޅޭހެން! ޢިލްމުވެރިންގެ އަގު ވަޒަންކުރާގޮތް ވަރަށް ފުރިހަމައަށް ފެނިއްޖެ! ތިޔަހިރީ ވޯޓްލިބި އިތުރުވެސް ވެފަ! ދެނެއް ދުވަހަކުވެސް މިސަރުކާރަކަށް ވޯޓެއް ނުދޭނެ! އަޅުގަނޑެއް އަދި އަޅުގަނޑުގެ އާއިލާއެއް!

    35
  8. އަހުމަދު

    ދޫކޮއްލާ. ލާދީނީ ސަރުކާރު އައުޓް

    21
  9. ޖުލައި

    ޝެއިޚް ކުރި ކުށެއް ނުދައްކާ، ތިޔަގޮތަށް ބަންދުކޮށްގެން ގެންގުޅުމަކީ ބޮޑު އަނިޔާއެއް. މޯދީގެ ރުހުން ހޯދަން ، ނާޗަރަންގީ ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާތައް މިހުންނަނީ. ﷲ ތަޢާލާ ، އަނިޔާވެރިންގެ ކިބައިން ، އަނިޔާ ލިބެމުންދާ މުސްލިމުން ސަލާމަތްކުރައްވާށި.

    23
  10. އަޙްމަދު ވަހީދު

    ޝެއިހް ނިޝާން ގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި ޝައިޚަށް ކެތްތެރިކަން ދެއްވާ އެބައިމީހުންގެ އަނިޔާއިން ސަލާމަތް ކުރައްވާށި أمين ... حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ.

    24
  11. ނުހައްގުން ޖަލުގައި.

    މިސަރުކާރަށާއި، މިސަރުކާރު ގެންނަން ވާގިވެރިވީ އެންމެހާ ފަރާތްތަކާއި، މިސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި ތިބި ލާދީނީ ވެރިންނަށާއި، އަނިޔާވެރި ގާޟީންނަށާއި، ޝަރީޢަތުގައި ދޮގުހެކިދޭ ފުލުހުންނަށް މާތްކަލާނގެ ލަޢުނަތް ލައްވާ، ވޭންދެނިވި ނިމުމަކުން އެބައިމީހުންގެ ނިމުން ހިތި ކުރައްވާށި. އަދި ޝޭޚު ނިޝާނާއި ޔޯގާ ހުއްޓުވަން އަމަލީ ގޮތުން ބައިވެރިވި އަޚުންނަށް ރައްކާތެރިކަމާއި ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި. އާމީން. ޔާ ރައްބުލް ޢާލަމީން އާމީން.

    16
    1
  12. އަހަރެންގެ ހިޔާލު

    ﷲ އިރާދަކުރެވިއްޔާ އަނިޔާވެރިކަމަށް މާގިނަދުވަހެއް ނެއް.

    17
  13. ދާދު

    ތީ ދީނާ ދެކޮޅު މީހުން ނަާއި މޯދީ ރުއްސަން ކުރި ކަމެއް ... މިސާލަކައް އޮތަމަ ޖަމިއްޔާ

    13
  14. ނަފީސާ

    ޝިރުކު ކުރުމަކީ ނުފުއްސަވާ ފާފައެއް. މާތްﷲ ޝެއިޚަށް ސާބިތުކަން ދެއްވާ މި މުސީބާތުން ސަލާމަތްކުރައްވާށި.
    އާމީން.

    16
  15. Anonymous

    އަޅެފަހެ މި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކޭ ހިލާ ބުނެވޭނެހެއްޔޭ؟
    އެނގޭ އެއްޗަކީ މި އިސްލާމްދީނުގެ އެންމެ ބޮޑު ފާފަ، އަދި އެގޮތުގާ މަރުވެއްޖެނަމަ ﷲ ނުފުއްސަވާނެ ހަމައެކަނި ފާފަކަމަށްވާ ޝިރުކުކުރުމަށް މި ސަރުކާރުން ހިތްވަރުދޭކަން.
    ފަހުޒަމާނުގައި މިފަދަ އަނިޔާވެރިވެރިން ގިނަވާނެ ކަމަަށް ވޭ

    15
  16. Anonymous

    ޝިރުކު ކުރުމަކީ ނުފުއްސަވާނެ ފާފައެއް.
    މާތްﷲ ޝެއިޚަށް ސާބިތުކަން ދެއްވާ މިމުސީބާތުން ސަލާމަތްކުރައްވާށި. އާމީން.

    17
  17. ނަފީސާ

    ޝިރުކު ކުރުމަކީ ނުފުއްސަވާނެ ފާފައެއް.
    މާތްﷲ ޝެއިޚަށް ސާބިތުކަން ދެއްވާ މިމުސީބާތުން ސަލާމަތްކުރައްވާށި. އާމީން.

    12
  18. އަބުދުﷲ

    އަލީޒާހިރު !!!!ކޮބާ އިލްމުވެރިޔަކައް އަނިޔާ ކުރުމަކީ ތިމަންނަމެން އެއްމެންނައް އަނިޔާކުރުންކަމުގަ ވިދާޅުވެވުނުތޯ؟؟؟ ތިބާގެފަރާތުން ތިބާގެ އަޚާ އައް އެލބޭ އަނިޔާ ހުއްޓުވުމައް އަމަލީގޮތުން ކުރެވުނުކަމަކީ ކޮބައިތޯ؟ ޥަޒީފާ ގެއްލިދާނެތީ ގަންނަބިރުން އިތުރައް އަނގައިން ބުނަން ކެރިދާނެތޯ.؟؟؟؟

    13
    1
  19. Anonymous

    ހިތާމަހުރި ކަމެއް. ހެޔޮނުވާނެ. ޢިލްމުވެރިންނަށް ކޮންމެވެސް އިޙްތިރާމެއް ކޮށްބަލަ.
    ޢިލްމުވެރިންނަކީ ވ. ބޮޑު އަމާނާތެއް ޙަވާލުކުރެވިފައިވާ ބައެއް. އެގޮތުން ބަޔަކު ދީނާއި ޚިލާފް ޢަމަލެއް ކުރަންޏާ އެކަމަށް ނަސޭހަތް ތެރިވާން ޖެހޭނެ. ނޭނގޭތީ ނަސޭހަތް ދިނުމުން ޤަބޫލުކުރައްވާ އެއަށް ޢަމަލުކުރުމުން ދެދުނިޔޭގައިވެސް ރަޙްމަތް. އެހެންނޫންތޯ
    ޝެއިޚް ޙުސައިން ރަޝީދު މިދަނޑިވަޅުގައި ކޮބައިބާވައޭ ހިތަށްއަރާ

  20. އަހައްމަދޫ

    ޝިރުކު ކުރުމަކީ ނުފުއްސަވާނެ ފާފައެއް.
    މާތްﷲ ޝެއިޚަށް ސާބިތުކަން ދެއްވާ މިމުސީބާތުން ސަލާމަތްކުރައްވާށި. އާމީން.

  21. ލޮބުވެތި ޝައިޚަށް

    ޝައިޚަށް ބޮޑަށް އެނގިލައްވާނޭ ފަދައިން، އިސްލާމީ ތާރީޚާއި ރާއްޖޭގެ ތާރީޚަށް ބެލިޔަސް ޙައްޤުބަސް ބުނެގެން، ޙައްޤު ގޮތުގައި ތިބި އެތައް ޢިލްމުވެރިންނަކަށް ވަނީ ޖަލަށްލާ، ބަންދުކޮށް އަނިޔާދެވިފައެވެ.
    އެހެންކަމުން ޝައިޚަށް ދަންނަވާލަން ބޭނުންވަނީ ޝައިޚް ތިޔަ ވަނީ ޙައްޤު ގޮތުގައެވެ. އެންމެ ޙައްޤު ގޮތުގައެވެ. ސަބަބަކީ އެންމެ ބޮޑު ފާފަ ހުއްޓުވަން ޢަަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަކީ ޙައްޤަށް ތެދުވުން ކަމަށް ވާތީއެވެ.
    ދުޢާއަކީ ޝައިޚަށް އިންސާފު ލިބި، ޢިލްމު އިތުރުކޮށްދެއްވާ، ބާއްޖަވެރިކަމާއި ކާމިޔާބީ ދެއްވުމެވެ.

  22. ޢިންނު މުހައްމަދު

    ތި ކޯޓްގަ ތިބެނީ ވަރަށް ފަރުވާކުޑަ މުއައްޒިފުން

  23. ކެންސަލް

    އަދާލަތުޕާޓީ ނިދާފަ