ހއ. ފިއްލަދޫ ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކުރީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހިމްއެވެ. އަދި ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނައިހްއެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 13.8 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެެވެ.

މިއީ މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރަށް ރަށުގެ ސްލޫކުތަކުގައި މަލްޓި ޕާޕަސް ހޯލުތައް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.