މާލޭގެ މަގެއްގެ މަތީގައި ހިނގާފަ ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ސައިކަލުގައި ދިޔަ ބަޔަކު ފޭރި ގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް މަންޒަރު މީސް މީޑިއާގައި އާއްމު ކުރި ސީސީޓީވީ ފޫޓޭޖްގައިވާ ތާރީހުން އެނގެއެވެ.

އާންމު ވެފައިވާ ވީޑިއޯއިން ފެންނަނީ ބޭރުގެ ގައުމެއްގެ އަންހެނަކު ހަނި މަގެއްގެ އެއް ކައިރިން ހިނގާފައި ދާ މަންޒަރެވެ.

އަންހެން މީހާގެ ކަރުން ފަށް ފޭރޭ މަންޒަރު

އަދި އެ މަގުން ބާރަށް ދުއްވާފައި އައި ސައިކަލެއް އަންހެން މީހާއާއި ހަމަވުމުން ކުޑަކޮށް މަޑުކޮށްލުމަށް ފަހު ސައިކަލު ފަހަތުގައި އިން ފިރިހެން މީހާ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރި ގަންނަ މަންޒަރު ފެނެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ދެ ފިރިހެނުންނަކީ ދިވެހިންނެވެ. ފަހަތުގައި އިން މީހާ ކަޅުކުލައިގެ ގަމީހެއް ލައިގެންނެވެ.

އަންހެން މީހާގެ ކަރުން ފަށް ފޭރި ގަތުމަށް ފަހު ސައިކަލު ފަހަތުގައި އިން ފިރިހެން މީހާ ހީލާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.

ސައިކަލް ދުއްވަން އިން ފިރިހެން މީހާ ހުރީ ރޯޔަލް ބްލޫ ކުލައިގެ ޓީޝާޓަކާއި ޖިންސު ބުރިއެއް ލައިގެނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެމީހުން ކުއްލިއަކަށް ފަށް ފޭރިގަނެގެން ދިއުމުން ބޭރު އަންހެން މީހާއަށް ޝޮކެއް ވަނީ ލިބިފައެވެ. އަދި ހަދާނެ ގޮތެއް ނޭނގިގެން މަގުގެ ދެ ފަރާތަށް އޭނާ ބަލާ މަންޒަރު ފެނެ އެވެ.

ރާއްޖޭގައި ވައްކަމާއި ފޭރުގެ ގިނަ މައްސަލަތަކެއް އަބަދުވެސް ރިޕޯޓް ކުރެ އެވެ. މިދިޔަ މަހު ފޭރުމުގެ 60 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    މިކަންކަމަށް އަޅާނުލެވެންޏާ ބިލިއަނުން ފައިސާ ހަރަދުކޮށްގެން ފުލުހުންގެ ހިދުމަތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ކޮބާތޯ؟

    14
  2. ޢައި

    ތިމީހުންގެ އަތް ކަނޑަންވީ ، ހައްދު ފަހަނަޅާ މިހާރު ތިދަނީ

    12
  3. ފަހުރުވެރި ދިވެހިމީހާ

    އާޗާ . ހާދަގަދައޭ މިހާރު ދިވެހިން ދޯ

  4. ޙަަަހަ

    ފަށެއްނޫން މުހިއްމީ ، ބަރުލަމާނީ
    މިއަދު ޤައުމު އޮތް ހާލަތާއި މުޖުތަމައުއަށް ވަމުންދާގޮތް ބަލާލުމެއްނެތި ، ޤާނޫނު ހެދުމުގެ ޒިންމާ ނަގައިގެން ކަމަށް ބުނެ އިމާރާތެއް ދަށުގައި ތިއްބެވި މީހުންގެ އެއުޅެނީ އަމިއްލަ އެދުންކުރިއަށް ނެރި ޖާހަތާ އާރާއި ބާރު ނުލިބިގެން ، މިކަމާ ރައްޔިތުންގެ ތެރެއިންވެސް ވިސްނަނީ މަދު ބަޔަކު ، ކާމިޔާބަކީ ނުވަތަ މޮޅުކަމަކީ ތިމާގެ ޕާޓީއަށް ލިބޭ ކާމިޔާބީ ކަމަށް ބަލައިގެން އުޅޭ ރައްޔިތުން ގިނައީ

    7
    1
  5. ސިފާ

    ގަބޫލެ ނުކުރާނަން އެޑިޓު ކޮއްފަ އިން ވީޑިއޯއެއް

    3
    2
  6. މަވޯޓާ

    މިހާރު ކޮލަންބިއާ ބުރެޒިލްއާއެށްވަރު އާއްމުކޮއް ކުރީގެ މައްޗަންގޯލި ސަހަރާ ކާރިގަފެރޭގުރޫޕްތައްތިބޭ މާޓައްދާ ބޭރުމީހުންއަތުން ފޭރިހަދަން މިވަރުންދާނަމަ ބުރެޒިލް އައްދާ ފަތުރުވެރިންއުޅޭހާލުގަ އުޅެންޖެހޭނީ އެގަުމުގަ ބަސް މަޑުކުރާތަންތަނުގަ މިގުރޫޕްތައްތިބޭނީ މިހާރުވެސް ފަތިހު ފުރަންދާ ބޭރުމީހުން އަތުން ފޭރެންވެގެން ދުއްވަދުއްވާމަގުމަތީގަތިބެނީ މިދިއަހައްފުތާވެސް ބޭރުމީހަކު ފަހަތުން ދުވަންތިބި މީރާހުއްނަމަގުގަ ފުލުހުންތިބެނީ ހެންވޭރުގެއްގެ ދޮރުމަތީ ދިދައެއްފެއްނަތޯ 12 ޖެހީ އެނިއްމާފަ ނިދާނީ ހެނދުނުހޭލާގޮތައް ސްޓިކާޖަހަން ނިކުއްނާނީ މިދައުރުގެ ހާލަތު

  7. މިސްބާހު

    ލަންކާއަށް ވުރެ މިތަނުގެ ނޮހޮރޮއްޕާން ބޮޑުވެއްޖެ މިހާރު .ތިދޭ ދަރުސްތައް ދިން ދިން ހެން ފިރިހެންކުޅިޔާ ވައްކަމާ މީހުން މެރުމާ ފޭރުން ވަނީ ބޮޑު . މުޙައްމަދު ޖަމީލްމެން ޒަމާނުގައި މީހުން މާ ރަނގަޅު

    6
    2
  8. ކޮރަލް

    ތިޔައީ ހައްދު ފަހަނަ އެޅި އަމަލެކެވެ. އެކަމު މީހަކު މަރާލިއަސް ލިވާތު ކުޅިކުޅުނަސް އެހެން އެއްވެސް ނޫހަކު ނުޖަހަ އެވެ.

  9. ރައޫފު

    މި ސަރުކާރަށް "ސާބިތު ހެކި" ލިބޭނީ ހަމައެކަނި ވެރިކަމުގަ ދެމިތިބެން އެހީވެދޭނެ ކުށްތަކަށް އެކަނި.

  10. ގަން

    މިނިސްޓަރ....އެ ފޭރުނުމީހުން ހޯދާފަ ތަހުޤީގު ކުރަމުންދާކަމަށް ބުނެފަ އޯގާތެރިކޮށް ހިތާފަ ލޯބި ދީފަ، ރަނގަޅަށް ދެތިންދުވަހަކު ކާންދީފަ ދޫކޮށްލާ....މިކަންކަން ޙައްލު ނުވާނަމަ ވަޒީފާއިން ތަނާޒުލުވެލައްވާ....ރައްޔިތުންނަށް ލިބެންޖެހޭ އަމާންކަމާއި މިނިވަންކަމެއް ނެތއްނޫންތީޯ...ނުބައި ޢަމަލުތަކުގެ އަޅުންނަށްވެގެން މި ޤައުމުގަ މިއުޅެންޖެހެނީ...

  11. ވެރިން

    އަދުލު އިންސާފު ނެއްތަންތާގަ މީހުންމެރުމާ ފޭރުމާ ވައްކަން ކުރުމާ ﷲ ހަރާންކުރެއްވި ހުރިހާފަފަތަކެއް ބިރަކާނުލާ ކުރަމުންދާނެ މިހާރު މި މުޖްތަމަ އަކީ ސަދޫމޫމް ދޮގު ހެއްކާ ފާޅުގަ ވައްކަންކުރުމާ ދީނަށް ފުރައްސާރަކުރުން ފަނޑިޔާރުގެތަށް ވަނީ އިސްލާމީ ސަރިޔަތް ނެތިގޮސް ފާސިގުންގެ ހެކިބަސް ބަލާގަންނަ ތަނަކަށް ދެން ކޮން އިންސާފެއް އިސްލާމީ ސަރީ ނެއްތަނެއްގަ ފެންނާނެ ހުރިހާކަމެއް މިތާ ފަޑިޔަރުގެރަކުނ ފެންނަމުނ ދަނީ އޮންނާނީ ކރަޕްޓް ފައިސާ ޔަށް ވިކޭ ގަޒީން ގިނަވާނީ ހައްދުފހަނަ އަޅާގޮސްފަ ވާ ތަނެއްމީ މީ މިގައުމަށް ޖެހިފަ އޮތް ބަލާވެރިކަމެއް

  12. ރޯލް ހަސީނާ

    ކޮއްކޮމެންނަށް ސައިކަލު ނަންބަރު ސާފުކޮށް ފެންނަންޏާ ޖަހާލަދީބަލަ. ތައްތައަށް އެހާ ސާފެއްނޫން

  13. ހ މ ޒ

    މުޖުތަމައަކައް ބިރެއްނެތް މިތިބަ އަލަމްގިރި ކުޅުނު ބައިގަނަަަޑު ދޫކޮއްލިއިރު މުސީބާތެއްކަހަލަ ޝަރުއީ ނިޒާމެއް ދިވެހިންނައް!؟

  14. މުހައްމަދު އަންޖުމް

    މި މިގައުމުގަ އާއްމުކަމަކަށް ވެއްޖެ މިކަންހުއްޓުވާ އަމާންކަން އަހަރެމެންގެ ރައްޔިތުންނަށް ގެނެސް ދޭން ތިބި ބަޔަކު މިހާރަކު މިޤައުމަކުނެއް ތިބީ އެކިކުލައިގެ ޕާޓީތަކަށް ނިސްބަތްވާ މީހުންގެ ދިފާއުގަ އަޅުވެތި ވެފަތި ބަޔެއް ވީމާ މިކަމަށް ހައްލެއް ލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތް ހުރި ހިތާމައެއްގެ ބޮޑުކަމާ

  15. އަލީ ހާށިމް

    ތި ފަތް ޖަހައިގަނެނެން ތިދާ ދެމީހުން ތިވީޑިޔޯ ބަލައިގެން ހައްޔަރުކޮއް ހުކުމް ކޮއްފިއްޔާ އަހަރުމެން ހަނގުރާމަ ކޮއް މިސަރުކާރުވައްތާލާނަން އެހެންނޫނީ ނާޒިމް ގިރިއައް ވެސް ހުކުމް ކުރަންޖެހޭނެ

    • އަބްދުﷲ

      100% ތާޢީދު

  16. އިބްރާހިމް

    ހަރުކަށި ފިކުރުގެ ދެ ފިރިހެނުން. ފައިކުރި ދިގުކޮށްފަ ތުނބުޅިނެތް. އަނެއްކާ އަންހެންމީހާގެ ބުރުގާނެތީމަ މިވެސް ސަބަބެއް. ދެކޮޅުންވެސް ހަރުކަށި

  17. ސުބު

    ގައުމު އިންޑިއާވަނީ. ދެން އަތްޖަހާ