ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނުވަތަ ވެރިކަމުގެ އޮނިގަނޑު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުރުސަތު ނުދެއްވައިފިނަމަ އެމްޑީޕީގެ ގިނަ މެންބަރުންގެ ވެސް ތާއިދު ގެއްލި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ލިބޭނީ %27 ވޯޓް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ %42 މީހުން ވޯޓް ދިނީ ޕީޕީއެމްއަށް ކަމަށާއި އެއީ އަދިވެސް އެމްޑީޕީގެ ސަރުކާރަކާއިއެކު މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށެވެ. ވޯޓް ލުމުގެ ހައްގު ލިބިފައިވާ 233000 މީހުންގެ ތެރެއިން ޕީޕީއެމްއަށް ލިބުނު 98000 އުނިކުރީމާ ބާކީ ތިބީ 135000 މީހުން ކަމަށާއި މިބާކީ ތިބި މީހުންގެ ތެރެއިން %12 އަކީ ޖުމްހޫރީ ޕާޓީން ނަގާނެ އަދަދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދެން ބާކީ އޮންނާނެ 119000 ވޯޓް ކަމަށާއި އެމްއާރްއެމް އާއި އަދާލަތު ޕާޓީ އެއްކޮށްލުމުން އެދެޕާޓީއަށް 7000 ވޯޓް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީއަށް ނެގެން އޮތީ 112000 ވޯޓް ކަމަށާއި ނަމަވެސް ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީ މެންބަރުންގެ ތެރެއިން %42 މެންބަރުން ސަރުކާރަށް (ރައީސް ސޯލިހަށް) ތާއިދު ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންކަމުން ބާކީ އޮތީ 67000 ވޯޓް. އެއީ ޖުމްލަ ވޯޓްލާ މީހުންގެ %27" ނަޝީދު ވިދާޅުވިއެވެ.

ނިޒާމީ އޮނިގަނޑަށް ބަދަލެއް ގެންނަން ސަރުކާރުން ދެކޮޅު ހެދިނަމަވެސް މިއީ ވިޔަ އަކުރުން، ހިސާބުން ފެންނަން އޮތް ވަރަށް ބޮޑު ހަގީގަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓެއް ނުލިބިއްޖެނަމަ %42 ވޯޓް އެމްޑީޕީ އާއި ދުރުވާނެ ކަމަށެވެ. 2018 ވަނަ އަހަރުގެ ކަންކަމާއި މިހާރުގެ ހާލަތު އެއްގޮތް ކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވިއެވެ. "އޭރު ހުރިހާ ޕާޓީތަކުގެ ލީޑަރުން ތިބީ ޖަލުގައި. އެހެންވީމާ ކުރިމަތިލާނެ އެއްވެސް ލީޑަރެއް ނެތް. 2018 ވަނަ އަހަރު ވެރިކަން ލިބުނީ ގާސިމް އިބްރާހީމާއި މައުމޫނާއި ހުރިހާ ބޭފުޅުން ކުރި މަސައްކަތުން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެހެންކަމުން އެހައި ގަދަބަސް ބުނުއްވާފައި ވަޑައިގަންނަވާކަށް ނުވާނެ ކަމަށެވެ. "ބުއްދަވެރިކަމާއިއެކު މަސައްކަތް ނުކޮށްފިނަމަ މިސްރާބު ހުރީ ހަރާބުގެ މަގަށް. އަޅުގަނޑު ދެކެނީ އެމްޑީޕީ މެންބަރުންނަކީ ބުއްދަވެރި ބައެއްގެ ގޮތުގައި." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. މުހައްމަދު

    މިގައުމަށް ފާކުރައްވާފައިހުރި މުސީބާތެއް މީ

    114
    7
    • ސޯލިހު އައުޓް

      ހާރިޖީ ދާއިރާގެ ތައުލީމެއް ތަޖުރިބާއެއް ނެތަސް މިސަރުކާރުގެ ބޮޑުންނާ ސަރުކާރަށް ސަނާ ކިޔާ މީސްމީހުންގެ ދަރިންނާ އެއާއިލާތަކުގެ މީހުން އެތިބެނީ ބޭރު އެމްބަސީތަކުގައި މަހަކު ލައްކައިން މުސާރަދީފަ.. އެހެރީ ހެއްކާ އެކު ނޫސްތަކުގައި ފެންނަން.. ކިޔަވައިން ތިބި އެކަމަކު އާދައިގެ އާއިލާތަކައް ނިސްބަތްވާ މީހުން ހަމަ އެތިބެން ޖެހެނީ ސިޓީ ލިޔެލިޔެ އެތަންތާ.. ރިޔާސީ ވެގެން ރޯޔަލް ވެގެން ވާ ގޮއްދޮ އެއީ؟؟؟ މި ވަކި ކުޑަ މުސީބާތެއް؟؟ ނޫނޭ ފައްކަލޭ ކަލޭނޭ

    • ނާސިރު

      އަޅުގަނޑު ދެކެނީ އެމްޑީޕީ މެންބަރުންނަކީ ކޮހުން ކަން

      15
      1
  2. ޙަަަހަ

    ބޭފުޅާއާއި އެމްޑީޕީ ތިހާ އިހްލާސްތެރިވެ ރައްޔިތުންނަށް ހެޔޮ އެދެންްޏާ ، ތި ނިޒާމްގެ ޤަރާރުގެ ކުރިން ، ލިވާތުކުރާ މީހާއަށް އަދަބު ދޭނެ ޤާނޫނެއް ހަދަން ޤަރާރެއް ލާބަލަ ، އެތިބީ ޤާނޫނެއްނެތިގެން ބަޔަކު ދޫވެފަ ، ކެރޭނެތަ

    14
  3. ޙަަަހަ

    އޭ ޔޫކޭ ގައި ބޮޑުވަޒީރަކު ނެތިގެން އެބައުޅޭ ، ދާންވީނު ، އެތާ އާއިލާވެސް ބޮޑުވާނެ

    12
  4. ލަޠީ

    ނިކަން ހިސާބަށް މޮޅުވާނެ. އެއައީ ޔަހޫދީން ކައިރިން ހިސާބު ދަސްކޮށްގެން. ފުރަތަމަ ދަސްވީ ހަތަރު ގަނޑު ފޮޓޯ. ދެން ހަމަ ބުއްދި ޖެހުނީމާ ގެއްލުނީ ފޯނު. މިހާރު ފެންނަނީ ބޮޑުވަޒީރުގެ ގޮނޑީގެ ހިޔަނި. އެއަށް މުޑިނަގަނީ. ކުރިން ވެރިކަމަށް އަންނަންވެގެން ބުނީ ބޭނުމީ ވެރިކަން ބަދަލުކުރާށޭ.. ވެރިކަމުގައި ހުންނާނީ 7 ދުވަހުއޭ.. ދެން ބުނެވުނު އެއްޗެއް ހަނދާންވީ އިސްތިއުފާގެ ސިޓީ ލިޔެފައި. އަނެއްދުވަހު ހަމަ ބުއްދި ފޯރިއިރު ވެރިކަމެއްނެތް، އޮފީހަށް ދާން ޓައީ އަޅަންފެއްޓީމާ ސުވާލުކޮށްލީ ކޮންތާކަށްތޯދާން ތިއުޅެނީ.. ބުނީ މިދަނީ އޮފީހަކަށް ނޫންހޭ.. އެހިސާބުން ރޭކާލީ ވެރިކަން ވެއްޓިއްޖެކަން. ދެން މިއަދު ކޮން ހިސާބެއް ޖަހާކަށްތަ؟ ތިބޭޅާ އަށް %27 ކީއްކުރަންތޯ %2 ވެސް ދެން ނުލިބޭނެ.

    12
  5. ފރތމ

    ރަނގަޅު ވާހަކައެއް.

  6. ޒަރީނާ

    ކުރީގެރައީސް މުހަންމަދު ނަޝީދަށްލިބޭނީ 1% ވޯޓު ؟ އެވެސް ޝައްކުކުރެވޭވަރެއް؟

    12
  7. ޙައްގުބަސް

    އަސްލު އަހަރެމެން ދިވެހި ރައްޔިތުން މުސީބާތެކޭ ނުވަތަ އެހެންވެސް އެއްޗެކޭ ކިޔަކިޔާ ތިބެ ވޯޓް މިދެނީ މިމީހުންނަށް! ތިޔަ ކިޔާ މުސީބާތައް ވޯޓް މިދެނީ!! ދެންތިބި ކުދި "މުސީބާތެއް" އެންމެ ފަހުން އަބަދުވެސް މިގުޅެނީ ތިޔަ ބުނާ "ބޮޑު މުސީބާތާ"!! މިއީ ނޫންތޯ މިވާގޮތަކީ؟ ދެން ރައްޔިތުން ނިކުމެ މަސްހުނިވެފައިވާ "ބޮޑު މުސީބާތަށް" ވޯޓްދެނީ! ނިކަން ބަލާ 2008 ހަމަ އެހެން ނޫންތޯ ވީ؟ ހޮވާފަ ދެން އުޅުނީ އެމުސީބާތުން ސަލާމަތް ނުވެގެން!! ދުވަހަކަށްފަހު ދުވަހެއް ނުބައި ހަދަމުންގޮސް 3 އަހަރުތެރޭ އެމުސީބާތުން ސަލާމްތް ވެއްޖެ!! ދެން އައީ ބަހާރު މޫސުމެއް!! އޭގެ ފަހުން 2018 ވަނަ އަހަރު އަނެއްކާވެސް ހަމަ ކުރިން ހެދިގޮތް ރައްޔިތުން މިވަނީ ހަދާފަ!! މިހާރު ލިވާތުވެސް ކުރަނީ އޮބި ނޯންނަވަރަށް!! ވައްކަންވެސް ކުރަނީ އޮބި ނޯންނަ ވަރަށް!! ސިޔާސީ މަގާމުތަކަށް ރައްޔިތުން ޓެކްސް ފައިސާއިން މުސާރަވެސް ދެނީ ހަމަ އޮބި ނޯންނަވަރަށް!! އެންބަސީތަކަށްލާފަ ތިބީ މީހުންނަށް މިލިޔަނުން އެދެމުންދަނީ!! ދީނަށް ފުރައްސާރަކުރަނީ!! ފުރައްސާރަކުރާ މީހުން ހިމާޔަތްކޮށް ފުރުވާވެސް ލަނީ!! ގައުމު މިނިވަންކަން ގެއްލޭގޮތަށް އެއްބަސްވުންތައް ހަދާ ފޮރުވަނީ!! ކޮރަޕްޝަން އިންތިހާއަށް ހިންގަނީ!! ނޫސްވެރިންގެ އަނގަ ބަންދުކުރަނީ!! އެއްވެ އުޅުމުގެ ޙައްގަށް ފުޅާދާއިރާއެއްގައި އަރަމުންދަނީ!! ލޯނު ރާއްޖެ ހަފުސްވަންދެން ނަގައިފި!! ފައިސާ ޗާޕްކޮށްފި!! ޓެކްސް ބޮޑު ކުރަނީ!! ތަރައްގީއެއް ނުކުރެވޭ!! ވީވަޢުދެއް ނުފުއްދޭ!! މިއީ މިހާރު ހަތްތާވެސް ރައްޔިތުން ދޫފަރިތަކަމާއެކު ދައްކާ ވާހަކަ!! އެކަމު ނިކަން ބަލާ މިހާރުވެސް ވޯޓް ލާން ޖެހިއްޖެނަމަ ތިޔަ ބުނާ "ބޮޑު މުސީބާތައް" ވޯޓް ދޭނީ!! މިއީ އަސްލު ދިވެހިން!! ހަމަ މޮޔަވެދާނެ!!

    11
    1
  8. ތުއްތު ސާބް

    27% ލިބުނީމާ ފުދޭ، އަލުން ތިޔަ ހިސާބު ޖަހާބަލަ، ޖުމހޫތީ ޕާރޓީ ގެ، %15 އާއެކު %42 ހަމަވާނެ، އިތުރަށް ބޭނުންވާ %8 އެމްއާރްއެމް އާއި އަދާލަތު ޕާޓީ ހަމަކޮށްދޭނެ. އަދި އެމްޑީޕީ އަށް ތާއީދު ނުކުރާ އެކަމަކު ރައީސް ސޯލިހަށް ތާއީދު ކުރާ އަހަރުމެން ކަހަލަ 10،000 މީހުން ތިބިކަމެއް ނަޝީދަކަށް ނޭގޭތަ؟ ފާޑުފާޑަށް ޢަދަދު ޖަހައިގެން ބޯކާލެވޭނީ ޖާހިލު ކުދިންކޮޅު އެކަނި.

    2
    4
  9. ޢަލީދީދިބެއްޔަ

    ހެހެހެ...އެއްކަލަ ކަނޑުކޮސް. ތިބޭފުޅާ 4ގަނޑު ފޮޓޯ ހޯދަންއުޅުން މާތާހިރުވާނެ ތޯއްޗެއް.
    ޕިކްޗަރ އިން ބޭރުނުކޮށްފިނަމަ އެމްޑީޕީ ދެން ލަލަލާ ވާނީ. މިކަލޭގެ ބޭރުކޮށްފަ އިންތިހާބާ ކުރިމަތިލައިފިނަމަ ފަހަރުގަ........ ނާދިރަސް.....ފަހަރުގަ ޗާންސެއް އޮވެދާނެ. މިކަލޭގެ ބޭުކޮށްލެވިއްޖިއްޔާ އިންގޭތޯ.
    ޔާމީން.......މައި ޕްރެސިޑެންޓް.... އިންޝާﷲ، ހަމަ ޔާމީން

    6
    1
  10. ޖަނާޒާ

    ވަރަށް އެކަށީގެންވާ ައަދަދެއްގެ

  11. ކިނބޫ

    ކަލެއަށް ނުލިބޭނެ އެވަރުވެސް.

  12. ގރގރ

    އލމގރ ޅިޔަނު ހީކުރަނީ ޗަހެން ބޯ ކެވިދާނެކަމަށް. ނުވާނެ ތިކަމެއް ދެނެއް.

  13. Anonymous

    ދެން މީނައަށް ކޮންކަމެކޯ
    މީނައަށް ކިހާވަރެއް ބާ ލިބޭނި
    ލަދެއްވެސް ދެން ނުގަނޭދޯ ބޮޑުވަޒީރު ކުރާހިތުން ދޯ
    ފުރަތަމަ ޢާއިލާމީހުން ވިޔަސް ކުށްކުރީމަ އަދަބު ދޭންޖެހޭކަން ޤަބޫލު ކޮށްބަލަ.
    އިސްލާމް ދީނުގައި އަންގަވާފައިވާ ޙައްދުތައް ޤާއިމު ކޮށްބަލަ. އެއީ ކޮންމެހެން މީހަކަށް ގެއްލުމެއް ވިޔަސް ނުވިޔަސް ﷲ އަންގަވާފައިވާ ގޮތަށް ލިވާޠު ކުރާ މީހުންނަށް އަދަބު ދޭންޖެހޭ

  14. އަދުރޭ

    މީގައި އެންމެ ހެއްވާ ކަމަކީ ކޯލިޝަން ހަދައިގެން ބައި އަޅަންޖެހޭތީ އޯ ކިޔާފައި ބަރުލަމާނީއަކަށް މީނާ މި ފަލިޖަހަނީ. އެކަމް ބަރުލަމާނީއަކީ އުފެދުމުގައިވެސް ކޮލީޝަން އެއްޗެއް، އެއުވޭ ހިސާބުން ބޮޑުވަޒީރު ވީޓޯ ވާއެއްޗެއް. ދުނިޔޭގެ ގިނަ ގައުމުތަކުގައި ރައީތުމިހާވޯޓްލީ މީހުންނެއް ނޫން މިހާރު ވެރިކަމުގައި ތިބީކީ ތިޔަ ބަރުލާމާނުގައި.

    އެއާ ދެކޮޅު ރިޔާސީ. ކޯލީޝަން ހަދަނީ 50 ޕަސަނަްޓް ޕްލަސް ވަން ހޯދަން. އެހެން ގޮތެއް ނެތުނީމާ، ކޮލީޝަން ޕާޓްނަރަކަށް މާބޮޑު ބިރެއް ނުދެއްކޭ. ވަކިވިޔަސް ރައީސް ދެމިހުރޭ. ނޯކޮންފިޑެންސް ނެގަމްވިޔަސް 2/3 ބޭނުންވާނެ. 5 އަހަރު ދުވަހުގެ ޕްލޭން ކުރިއަށް ގެންދެވޭނެ. އޮފްކޯސް އެއީ ޗާޓުން ބޭރު ނުވަންޏާ

  15. ކޮންމެހެން އެމް.ޑީ.ޕީ އަށް ތަ ހަމަ ވެރިކަން ލިބެން ޖެހެނީ…ނުލިބޭނެހެން ހީވާ އިރަށް ނިޒާމު ބަދަލުކޮށްގެން ނުވަތަ ކުލީ ސިފައިންގެނެސްގެން ވިޔަސް ވެރިކަން ހޯދުމަށް ރައްޔިތުންނަށް ހެޔޮ އެދޭ ވެރިޔަކު އިންސާނީ ތާރީހުގައިވެސް އުޅެފަ ހުރިތަނެއް ނުފެނޭ…ތި ފާޑަށް އުޅޭ މީހަކު ވެރިކަމާހެދި ވަގަކު ލައްވަ ގައުމު ދަވާލާފާނެ ކަމާމެދު އަހަރެން ކުރިންވެސް ޝައްކެއް ކޮށް ނޫޅެމު…ކައްޗަށް އެޅިއްޖެ ބިންގާ ކެއްޗާ ހަމައަށް ނެގޔަސް ހުންނާނީ ކައްޗައް ދެން އެހާރުންވެސް ނުވެއްޓި ހުރެއްޖެ ނަމަ ކަތި ބޮޑުވާ ފަރާތަށް ބަރު ބޮޑުވެ ކޮންމެސް ހިސާބަކުން ވެއްޓޭނެ ކަމީ ޝައްކު ކުރަންޖެހޭނެ ވަރު ކަމެއްވެސް ނޫން…މަރަށް ތެޅޭމަސް ތެޅޭ ރާގުގައި ހަމަ އެއް ނުހުންނާނެ…ފައި ބިމުން ނުނެެއްޓުނަސް ވެއްޓިދާނެ އެތައް ގޮތެއް އޮވޭ…ގައުމެއްގަ ނުހައްގުން ވެރިކަމުގައި ހުންނަށް އެދޭނަމަ ފިކުރާ ކުޅުމާ އެއް ވަރަށް މުލައްދަނޑީގަވެސް ބާރު ހުންނަން ޖެހޭ…
    ބޮޑު މަންޒަރަށް އިރު އަރާ އޮއްސޭން އުދަރެހުގެ ވިލާތައް ކުލަކުލައިން ފާޅުވާތީ އެބަ ފެނޭ…

  16. ޖުހާޖީބާއި

    ޖުހާގެ ނަނާ ހުވަފެން ވެސް ދެކޭނެ ބަޔަކު ތިބޭތީތާ ގިރިތަކުގެ އެންވެރިކަން ގިނަވެގެން އުޅެނީ.

  17. Anonymous

    ކަލެއަށް ލިބޭނެ % ކިޔަން ނުކެރިގެން އުޅޭހެންހީވާކަހަލަ!!!!

  18. Happy 123456

    މަގޭ ވޯޓު ރ. ސޯލިހާއް

  19. ސޯލޭ

    ކޮން އިސްތައްޓެކޭ ކިޔާކައް ކަލޭމެނަކީ ވޯޓުން ވައްކަންކޮއްގެން ވެރިކަމައް އަރާތިބި ބައެއް ރަތްލާޖެހި ވަގުން ތަކެއް

  20. ކޮބަޑި

    މީ މިގައުމުގެ ހަލާކު މިނުބައިމީހާ ދުނިޔޭގަ ގިނަދުވަހަށް ދިރިދެމި ހުންނާނެ.

  21. ޒާހިރު

    މިއީ މި ޤަޥްމުގެ ހަލާކު.

  22. ޖުއްބާ

    ދެން ކަލެއައް ލިބޭނެދޯ %72. މިހާރު އެހުންނަނީ އަންހެން ދަރި އިނގިރޭސި ވިލާތުން ގެނެސް ރާއްޖޭގެ ވެރިކަން ހަވާލުކުރަން ފޫގަޅާލާފަ.

  23. ރަން ރީނދޫ

    އެ ކިޔަނީ ރަނގަޅު އެއްޗެއް. އެކަމަކު ދޭހަވަނީ އެމްޑީޕީ އަށް ވެރިކަން 2023ގައި ނުލިބޭނެ ކަން އޭނާއަށް ވިސްނޭތީ،ބޮލަށް އެނބުރުން އަރައިގެން އުޅެނީކަން. މިހާރު ގައުމު ވައްޓާލެވިފަ އޮތް ހާލަތުން،އެމްޑީޕީ އަށް ވޯޓް ދޭނެ ބަޔަކު ނެތް. ވިއްކާނެ އާ ޕްރޮޑަކްޓެއް ނެތް. ދޮގުހަދައިގެން ވެރިކަމަށް އައުމުގެ ނަތީޖާ.

  24. ާއިންސާފު

    ޢެއްޖިންސުން ގުޅުން ހިންގި މީހުންގެ ވާހަކަތަށް މީޑިޔާގަ ދެއްކުން މަދުކުރަން ފަށައިގެން އުޅޭ ކުލިގަނޑެއް. ޢަލުގަނޑުމެން މިކަމަށް ފުރުސަތު ނުދެމާ.

  25. އިންޝާالله

    ޔާالله! މިކަހަލަ ޖައްބާރުންގެ ކިބައިން މިޤައުމު ސަލާމަތްކުރައްވާންދޭވެ.

  26. އިބޫ ހޯލިސް

    ތިޔަ ފާލުބަލަން ގެންގުޅޭ ފާދިރީ ބަދަލުކޮއްލާ. ކުރީގަ ތިޔަބަލާ ފާލެއްގަ ކޮންމެވެސް ވަރެއްގެ ތެއްކަމެއްހުރޭ. އެކަމު މިހާރު ތިޔަބަލާ ފާލެއް ދުވަހަކު ދިމާނުވޭ

  27. ފޯނު ވގ

    ފ ކުޅި ކުޅެންތަ ބުއްދިހުރީ. ރ ބޮއެ ޕާޓީ ކުރަންވެސް ދޯ. ހުރިހާ ނުބައިކަމެއްކޮއްފަ ފިލައިގެން އުަޅެ. މަރަށް ފިލޭނެތަ. ޖީލެއް ޙަލާކުކޮށްފި ހުވާ.

  28. ސޯލިބޭ

    ދެން ކަލެއަށް ލިބޭނެ ވޯޓްގެ ޕަސެންޓްވެސް ބުނެލިނަމަދޯ؟

  29. ފަގީރުކޮއެ

    ތިބިދާޅުވަނީ އެމްޑީޕީގެ 42% މީހުން ތައީދުކުރަނީ ބަރުލަމާނީ އަށޭތޯ. ؟؟ ތިއީ ކުށްހީއެއް! 42% ތާއީދު އޮތީ ރިޔާސީ ނިޒާމަށް!

  30. މުޖޫ

    ތިޔަ ހިސާބު ދިމަލެއް ނުވޭ. މަނިކުފާނުގެ އަދުރެމެޓިކްސް ވަރަށް ނުބައި. އޭރު ޔާމީނަށް %42 ލިބުނީ ވެރިކަމުގައި އޮވެ ފުލް ޕަވަރުގައި. ނުފޫޒުވެސް ބޭނުންވަރަކަށް ފޯރުވައިގެން. އެކަމަކު 2023 ތަފާތު. ޔާމީނަށް ކުރިމަތިލެވުނަސް، އެއްކޮޅަށް އަރާނެ ބަޔަކު ނުތިބޭނެ. ރ. އިބޫ ކޯލިޝަން މެއިންޓެއިން ކުރީ އެސަބަބަށްޓަޖައި. އަދިވެސް އޮތީ އެގޮތަށް. އިންޝާﷲ ރ. އިބޫ %62 ނަގާނެ.

    1
    2
  31. Anonymous

    އެހާ ވަރަށް ސީޝެލް އަށްގޮސް ހުޅަގު މީހުން ދިން ފޮރިން ފަންޑިންއާއި ހަވާލުވެގެން ފަންޑިން ލިބުނީމަވެސް އެންމެ 27 ޕަސެންޓުތޯ ލިބެނީ، މިހާރު ހަރަދު ކުރަން ތިޔޮތީ ފަންޑު ލިބިފައި ނުންތޯ ؟ އެމީހުން ރުހޭ ގޮތަށް ބަރުލަމާން ގެންނަން ހަރަދު ކުރާނެތާ !

    2
    1
  32. ހަވާސާ ހާދިސާ

    ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ %42 މީހުން ޕީޕީއެމްއަށް %12 ޖުމުހޫރީ، %8 ސަންޓްރަވަލް، %8 ކާނަލް ނާޒިމު، އަދާލަތު %5 އެމްއާރުއެމް %7 ޖާބިރު %2 ރަޢިސް ސާލިހު %16 ކެނެރީގޭ ބުއްޅަބެއަށް %0 މީ މިހާރު ވޯޓު ބެހިފަހުރިގޮތަކީ!

  33. ކިއުންތެރިޔާ

    އެމްޑީޕީ ވެރިކަމެއްް މިޤައުމު ބޭނުން ނުވާކަމައް އަމިއްލަ މުޑުދާރު އަނގައިން.

  34. އާދަމް

    ޔަހޫދީންގެ ޕަޕެޓަކަށް މިގައުމުން ދެން ޖާގަ އެއް ނުލިބޭނެ އިންޝާﷲ

  35. ޡުހޫ

    ޢެއިގެ މާނަޔަކީ %72

  36. ނަޒީ

    ޙަޤީޤީ އެއްޗަކުން ތިވަރުވެސް ނުވާނެ!

  37. ޙަަަހަ

    ބަލަ %100 ދީގެންވެސް ވީކަމެއް އެބައޮތްތަ ، ތިއޮތީ އިންސާނުންގެ ޖިންސް ބަދަލުވެސް ކޮށްލެވޭހާ ބޮޑު މަޖިލިސްއެއްދީފަ ، " ބަންޑުން އޮތް ނާއްޓެއް އުއްޑުންވެސް ޖހާލެވުނުތަ " ދެން ކީއްކުރަން 27 އެއް ، ހުސްއަތާ ނިންމާލާ ، މިއަދު އެމްޑީޕީ ރައްޔިތުން ބޭނުންވަނީ ކޮވިޑް މަރެއްގޮތުގައި ވަޅުލަން ، ކަފުންވެސް ނުކޮށް ،
    30 އަހަރުގެ ދިގު އަނިޔާވެރިކަން ބަދަލުކުރަން ރައްޔިތުން ފެންބޮވާފަ ތިއްބަ ، އިންސާފޭ ދެންވެސް ހުރިއެއްޗެކޭ ކިޔާ ރައްޔިތުން ބޮލަށް ޝަވާރުވެ ޕާޓީ ހަދައިގެން ރައްޔިތުން ތިބި ހާލަތުގެ ފައިދާ ނަގާގެން ކިހާ ދުވަހަކު އުޅެވިއްޖެ ، މިއަދު ތެދަށް ހުރިމީހަކު ތިޔަ އެމްޑީޕީގެ އަސްލު ދަންނާނެ

  38. Anonymous

    ކަލޭތިހިރީ ބޮޑުވަޒީރުކަމުގަ މުސީބާތާ

  39. Anonymous

    މުޙައްމަދު ނަޝީދަކީ ތިޔަބުނާ އެމްޑީޕީ އެކޭ ކިޔާފަ އެއްމެ ފަުރަތަމަ އަނގަހުޅުވިމީހާ.މިހާރު ތިއުޅެނީ އެމަނިކްފާނުގެ ބުރަމަސައްކަތުން އެމްޑީޕީ އެއް އުފެދުނީމާ އެމަނިކްފާނު ބޭރުކޮށްލަން.ވަރަށް ރީއްޗެއްނ|ޫނ

    1
    3
  40. ތޫނިސް

    އެމްޑީޕީ އަކީ މުޙައްމަދު ނަޝީދު ޕާޓީއެއް.އެޕާޓީ އުފެއްދި މޭސްތިރިއަކީ އެމަނިކްފާނު.އެމަނިކްފާނުގެ ބުރަމަސައްކަތްކަން މިދިވެހިޖައްވު ހެކިދޭނެ.އެމަނިކްފާނުގެ ބުރަމަސައްކަތް ތަބަކަށް ލާފަ އިބްރާހީމް މުޙައްމަދު ޞާލިޙުއަށް އެރުވީ.މިހާރު ޕާޓީއަށް ވެރިވެގަތީ ކީއްވެ؟ނަޝީދަކީ ރައްޔިތުންނަށް ދުލުގެ މިނިވަންކަމަށް އަޑުލައި ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރެސީއަށް ގެނައުމަށް 100% މަސައްކަތް ކުރެއްވި ބޭފުޅެއް.

    1
    3
  41. ހަސަނާ

    ތިޔަ ހުރިހާ ހިސާބެއް ދިވެހީން ދަސްކޮށްފި... ދެން ނުދޭނަން %1 ވެސް ....