އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހައްޔަރު ކުރި ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

ލިވާތުކުރި މައްސަލައިގައި ނަސީރު ހައްޔަރު ކުރީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ކޯޓުން އެންމެ ފުރަތަމަ ނަސީރުގެ ބަންދުގެ މަށްދަތަކަށް ދިނީ 10 ދުވަހެވެ.

އެ މުއްދަތު ހަމަވެގެން އަލުން ކޯޓަށް ގެންދިޔުމުން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނަސީރު ތިން ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

އަދި ތިން ދުވަސް ތެރޭ ނަސީރުގެ ތަހުގީގާ ގުޅިގެން ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމާ ނިންމުމެއް ޝަރީއަތަށް ހުށަހަޅަން ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އެހެން ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. ވީޑިއޯ އާންމުވުމާއި އެކީ ގިނަ ބަޔަކު ވަނީ ނަސީރު އާއި އެކީ އެއްޖިންސުން ގުޅުން ހިންގާފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް ބުނެފައެވެ.

ނަމަވެސް ބައެއް މީޑިއާތަކުން އެ ހަބަރު އެގޮތަށް ގެނެސްދިނުމާ ގުޅިގެން ސަލީމް ވަނީ އަބުރުގެ ދައުވާ ވެސް ކޮށްފައެވެ. ސަލީމް ވިދާޅުވި ގޮތުގައި ވީޑިއޯއިން ފެންނަނީ އޭނާއެއް ނޫނެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަނައްޓޭ

    މީނަ ކުރި ލިވާތު ތަފާތުދޯ. މި ލިވާތަކީ ބަންދުގަ ބަހައްޓަންޖެހޭ ޒާތުގެ ލިވާތެއް ދޯ.

    19
    • ޖޖ

      ޕާޓުނަރަކީ ގިރި ނޫން ވީމަ

  2. ހަމްދު

    ދެން ނަޞީރުގެ އަމިއްލަ ވީޑީއޯ އާ ބެހޭގޮތުން ނޫސްވެރިއެއްގެ ދައުރުއަދާ ކުރަންކެރޭނެތަ؟

  3. ފާއިޒު

    ޔެ އަންދާ ޤާނޫނުހޭ... ޔެ އަންދާ ޤާނޫނު ހޭ؟؟؟

    16
  4. Anonymous

    ވަކި މީހަކު ވީމަ ބަންދު ގަ ބަހައްޓަނީ! ތި ކަޑަ

    14
  5. ދޯހަޅި

    ދޫކޮށްލި ނާޒިމް ސައްތާރު ކުޅުނީކީ މިކުޅިއެއް ނޫންބާ! ތަފާތު ކުރުމުގެ އިންތިހާ، އިންސާފް ގެ ކަންފުޅެއްވެސް ނެތް.

    17
  6. ފޭނުން

    ދޯނި އެހެލާ ބޭލީ ގިނރިޔަކަށް ނޫންދޯ އެހެންވީމާ ތިހެން ތިވީ

    12
  7. ސަމާ

    ނަސީރު ކުރީ މުޖުތަމަޢު އަށް ނުރައްކާ ވެދާނެ ފަދަ ލިވާތު

    11
    1
  8. ޙަަަހަ

    ނަސީރުމެންތީ ނަޝީދުމެންނަށް ތައުރީފުކޮށްފަ އުޅުނު ނޫސްވެރިން ، މިއަދު ކޮބާ އިންސާފްފެނޭތަ ، ކުޑައެތި ކާނީ ބޮޑުއެތި ؟؟؟؟

    11
    1
  9. Anonymous

    ކޮބާހޭ ނާޒިމް ސައްތާރު އާއި ނަޝީދު އާއި ދޮންދިގު އަދި އެހެނިހެން މީހުންވެސް. ހައްޔަރުކޮއްފައި ރަޖަމު ކުރޭ

  10. އަހަންމަދު

    ނަސީރު އަނެއްކާ އާގޮތަކަށްތަ ލިވާތުކުރީ؟ އެހެންވެތާ ބަންދުގެ މުއްދަތު އިތުެުކުރީ!

  11. މަ

    ކިޔަވާގެން ވަޒީގަ ތިބޭ ބޮޓްނައް ބުނެލން އޮތީ..މި ޖެނެރޭޝަންގެ ކިޔަވާ ކުދިންގެ އަގު ތިވައްޓާލަ ީ