ހއ. ހޯރަފުށީގައި ވެލްޑިން ކުރަނިކޮށް ރެސިން ފީފާއެއް ގޮވައި މީހަކު ފިހިއްޖެއެވެ.

"ވަގުތަށް" މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ، ފިހިފައިވަނީ އެރަށު ސެގޯފާ، އަހުމަދު މޫސާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އަހުމަދު މޫސާއަކީ ރަށުގައި ވަރަށް ގަދައަށް ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރަށުގެ ގިނަ ބަޔަކު ދަންނަ މީހެކެވެ.

މައުލޫމާތު ދިން މީހާ ބުނީ، މި ހާދިސާ ހިނގާފައިވަނީ ހަވީރު 17:58 އެހާކަންހާއިރު ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވީ ރެސިން ފީފާއެއް މަތީ ދަގަނޑުގަނޑެއް ބާއްވައިގެން ވެލްޑިން ކުރުމުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

"މޫސަގެ ކަނާތްފަޅި ވަރަށް ބޮޑަށް ފިހިފައި ވަނީ. ވާތު އަތާއި މޫނާއި ގައިގެ އެކިތަންތަން ފިހަފައި ހުރީ" މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ، ހާދިސާއާއި ގުޅިގެން އިތުރު ފަރުވާއަށް މޫސާ ހދ. ކުޅުދުއްފުއްޓަށް މިރޭ 19:45 އެހާކަންހާއިރު ފޮނުވާލާފައިވާ ކަމަށެވެ. މޫސާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުއްޓަށް ފޮނުވާލާފައިވަނީ އެދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމްގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކީ ކަން އެމީހާ ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކަމާބެހޭ ތައުލީމާއި ތަމްރީނު ނުހޯދާ މަސައްކަތްކުރީމާ ވާގޮތް ތިފެންނަނީ.

  2. ގުރަހަ

    އަވަސް ޝިފާއަކަށް އެފެން..
    އާމިން

  3. Anonymous

    ތިކަންވެސް ސިޔާސީވެފަ ބޮއިހަލާކު

    2
    1