ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ވޯޓަކަށް ދާން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށައެޅުއްވި ގަރާރު އަނބުރާ ގެންދަވަން ނިންމެވި ވާހަކަ އެމަނިކުފާނުގެ ފެކްޝަނުން ދޮގުކޮށްފިއެވެ.

ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީ ޕާލަމަންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން "ވަގުތަށް" ވިދާޅުވީ ނަޝީދު އެ ގަރާރު ނަންގަވަން ނުނިންމަވާ ކަމަށާއި އަދި ނުވެސް ނަންގަވާނެ ކަމަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނޫސްވެރިންނަށް ވިދާޅުވީ ގަރާރާ މެދުގައި ގޮތެއް ނިންމުމަށްޓަކައި އެއަށް ބަހުސް ކުރާނެ ކަމަށެވެ. އަދި ކޮންގްރެސްމަނުންގެ ވޯޓުން އެ ގަރާރާ މެދު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއިދު ނުކުރައްވާ އެ ގަރާރު ނެގި ކަމުގެ އަޑުތައް ފެތުރުނީ ރައީސް ސޯލިހްގެ ފެކްޝަނުގެ ބައެއް ބޭފުޅުންގެ ވިދާޅުވުމުންނެވެ.

އެ ގަރާރު ނެންގެވުމުގެ އަޑުތައް ފެތުރުމުގެ ކުރިން ކޮންގްރެސް ކުރިއަށްދާ ހޯލްގައި ރައީސް ސޯލިހާއި ރައީސް ނަޝީދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް މަޝްވަރާއެއް ކުރެއްވިއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގައި ހިނގި އެ މަޝްވަރާގައި ދެކެވުނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ.

މި ކޮންގްރެސް ފެށުނީއްސުރެ ރައީސް ނަޝީދު ގެންދަވަނީ އެ ގަރާރަށް ތާޢީދު ހޯދުމަށް މެމްބަރުން ކިބައިން އާދޭސް ކުރައްވަމުންނެވެ. ނަމަވެސް އެ ގަރާރު ފާސްވެދާނެ ކަމުގެ ކޮޅުމައްޗެއް އަދި ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސެން.

    ނުނެގިއަސް ހެޔު. ނުވާނެ ތިކަމެއް.

    27
    3
  2. ވާނުވާބެ

    މިދެމީހުން މިއީ ބަރުލަމާނީ ގެނެވިއްޖެއްޔާ އެމްޕީ ކަމާއި މިނިސްޓަރުކަން ހުވަފެން ބަލާ ދެމީހުން، ދެން ހިފާ ޝަހީދުވޭ ތިބައިގަނޑު

    24
    3
  3. ދަންޑަހެލުުު

    ސާބަހޭ އީވާ. ގަދަކަމުން ބިރު ދައްކައިގެން އަތް ނަގައިގެން ވޯޓު ލައްވަން ބުރޯއާ އިބޫ އެއުޅެނީ ވަޒީފާގެ ބިރު ދައްކައިގެން ގައުމީ މަޖްލިސް މެންބަރުންނަށް. ޑިމޮކްރަޓިކް ޕާޓީއެއްގައި ނަގާނީ ސިއްރު ވޯޓު. ލާ ވޯޓަކުން އެމީހާ ލޭބަލް ވާކަށް ނުޖެހޭނެ ޑިމޮކްރަސީ އެއްގައި. އެންމެ އިންޗިއެއްވެސް ދޫ ނުދޭތި ދަރިންނޭ....
    ފައިސާއާ މަގާމާ ޖެހުނީމަ ވެލިއުސްއެއް އުސޫލެއް ނަފުސުގެ އަގެއް ނޯވޭ ބައެއް މީހުންނަށް.. ތިޔަތާ ތިބީ ވަޒީފާ ހިފަހައްޓާން ތިމާމެން ގަބޫލުކުރި ނިޒާމުގެ ބަދަލުގައި މައުމޫނުގެ ރިޔާސީ އޯކޭ ވެގެން އުޅޭ ބައިވަރު ގަނޑެއް ލަދް

    2
    1
  4. ޅަބޭ

    އަދިވެސް ގަދަޔައް ހިކި ދިޔާއެއްޗެހި ގަދަޔައް ބޮއެގެން ތިތާތެރޭ ކޮންގުރެސް ކުރޭ.

    20
    2
    • ރުހާމް

      އިބޫ އިނީ ކެނޑިފައި ދޯ އެކަހަލަ ގޮތަކަށް ޓީވީއިން ފެންނަނީ އިބޫ

      11
      2
  5. ޑީމަކްރަތީ

    ބަލަ މިހިރަ ކެރަފައިނަޝީދު ވެރިކަމާހެދިމޮޔަވަނީ ހިންނަވަރު ކުޑަމޯޑީ ދެވަނަދައުރަކައް ހޭވައްޓާލާފައި ދައުލަތްލޫޓްވަމުންދަނީ ހިތުހުރިގޮތަކައްކާރިކުދިންކޮޅައް މުސާރަ މިލިއަނުންދެނީ ގައުމުއިންޑިޔާއައްބޮޑު ލާރިއައްވިއްކާފި ހިޔާފުލެޓާއެކު ޔާމީނު ކުލިކުޑަކުރާނެ ހަދަންދިޔަލާރިދޭނެ ގަޓު ހުންނާނެ؟؟

  6. މުހައްމަދުﷲ

    ގަވާއިދާ ޚިލާފު ކޮންގްރެސަކަށް އެއްވެސް ގަރާރެއް ހުށައެޅުލުގެ ބޭނުމެއް ނުވިސްނޭ.

    13
  7. ާއަލީ

    ކޮން ބަރުލަމާނީ އެކޭ ކިޔާކަށް ލިވާތް ޕާޓީ މިގައުމުގެ އިސްލާމްދީން ނިގުޅައިގެން ގައުމު ހަލަބަލުކޮށްފި ލިވާތް ހުއްދަކޮއްފި އިންޑިޔާޔަށް ގައުމުވިއްކާލީ ޖީބައް ބުޑުކުރަން ވެރިކަމަކަށް ނާދެވޭނެ ވޯޓެއް ނުދޭނަން އަހަރުމެންނެށް ތި ޕާޓީ ވެރިކަމަށް އައިސްގެން ކޮން މޮޅެށް ދިވެހިންނަށްވީ ކިންކަމެށް ކުރެވުނީ ދެންކޮންވާހަކައެށް ދައްކާކަށެއް ނުލިބޭނެ ވޯޓެއް ދުވަހަކުވެސް ލާރިދީގެން ވެސް ތި ލާދީނީ ބައިގަނޑަށް ވޯޓް ނުލިބޭނެހާ ގޮތެއް ހަދާނަން ކޮވިޑު ދުވަސް ވަރުގަވެސް ވައްކަން

  8. ޙަނދުކޭތަ

    މިބައިގަނޑު މިކުޅޭ ޑްރާމާގާ ދިވެހިރައްޔިތުން ޖައްސާފަ ހުއްޓާލާނީ ބަރުލަމާނީއޭ ކިޔާގެން މިވެސް މިބައިގަނޑު ކުޅޭ ޑުރާމާއެއް ވެރިންނަކައް ތިތިބީ ރަތްލާޖެހި ދެވަގުން

    13
  9. ޑައެލޯގް

    މިހުރިހައި އާޓެއް މިދައްކަނީ ރާވައިގެނެވެ. ބޭނުމަކީ އިބޫތާއިދު ކުރަނީ ރިޔާސީއަށޭ ކިޔައި އިބޫއަކީ ރަގަޅުމީހެއްކަން ރައްޔިތުންނަށް ދައްކައި 2023 އިބޫއަށް ދިނުމެވެ. މިއީ އަންނިއާއިއިބޫއާއި އިންޑިޔާ އަޑީގައިހުރެގެން ކުޅޭކުޅިގަނޑެކެވެ.

    20
  10. ހުސާމް

    ނުނަގައިފިނަމަ އިތުރަށް ފަލީހަތްވުން ނޫން ކަމެއްނުވާނެ ތިއޮޑިއެއް މިހާރަކު މިދިވެހި ކަނޑަކު ނުދުވާނެ އެދުވަސް މާޒީވެހިގަންޖެއެވެ.

  11. އަކުރު

    މި ނަޝީދު ހުންނީ ދެބަންދިހާރަ ވެފަ. ވެރިކަމުން އިސްތިއުފާ ދީފާ ފަހުން ބުނި އިސްތިއުފާ ދިނީ އޮޅިގެންނޭ. ނުދެމޭ. މިއީ މީނަގެ ވަރަކީ

  12. ކަޅޭ

    ހެޔޮނުވާނެ ތިކިޔާ އެއްޗެއް ސާފުކޮއްދީބަލަ، މިހާރުތިޔަކިޔަނީ ޑިމޮކްރަސީއަކީ މިނިވަންކަމާއެކީ ސިއްރު ވޯޓުދިނުމޭ.. ދެން ކީއްކުރަން ޖަހާ ސަކަރާތެއްތަ ތީ ކޮންގުރެސް އެކޭކިޔައިގެން؟