އެއް ޒަމާނެއްގައި ރާއްޖެ އިން މަލިކާއި އިންޑިއާގެ މެއިން ލޭންޑްގެ ބައެއް ވެސް ހިފި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ އެގޮތަށް ވިދާޅުވީ ކެމިކަލް ހަތިޔާރު މަނާކުރުމަށް ހުށަހަޅާފައިވާ ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސް ކުރައްވަމުންނެވެ.

ބޮންޑެ މިއަދު ވިދާޅުވީ ލުބްނާނުގައި ކެމިކަލްތަކަކުން ބޮޑު ގޮވުމެއް ގޮވި ކަމަށާއި އަދި ރާއްޖޭގައި ވެސް އެފަދަ ހާދިސާއެއް ފެނިގެން ގޮސްފައިވާ ކަމަށެެވެ. އަދި ދަނޑުވެރިކަމަށް ގެންނަ ކެމިކަލްތައް ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގޯތިގެދޮރުގައި ގެންގުޅެމުންދާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ހަމަ އެހެންމެ ކިތަންމެ ކުޑަ ކެމިކަލަކުން ނުރައްކާތެރި ހަމަލާއެއް ވެސް ދެވިދާނެ ކަމަށް ވިދާޅުވިއެވެ.

ކެމިކަލް ހަތިޔާރުގެ ވާހަކަ ދައްކާއިރު ރާއްޖެއަކީ ކުރީ ޒަމާނުގައި ވެސް ހަނގުރާމައަށް ގޮސް މަލިކު ހިފާފައިވާ ބައެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"މަލިކު ހިފާ މަލިކުން ދިވެހި ރާއްޖެއަށް ޖިޒީ ދޭން ޖެހޭ ހިސާބަށް ގޮސް އަދި ރާއްޖެއިން ގޮސް އުތުރުކަރައިން ބައެއް ހިފާ. ދިވެހިންނަކީ ތަހުޒީބީ ވަރަށް ވަރުގަދަ ބައެއް. އެހެން ނަމަވެސް އިންޑިއާ ކަނޑުގެ ވަަރަށް މުހިންމު ހިސާބެއްގައި މި އޮންނަނީ ނިއުކުލިއާ ބާރުތަކެއްގެ މެދުގައި. އެހެންވީމާ ދިމާވާ ހާލަތެއްގައި ހަމަ މިފަދަ ނުރައްކާ ހާލަތެއްގައި ނުރައްކާތެރި ހަތިޔާރުތަކެއް ބޭނުންކުރަން ޖެހިދާނެ ހާލަތެއް އޮވެދާނެ. އެހެންކަމުން އެފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން މި ބިލު ދިރާސާ ކުރަން މި ބިލު ބަލައިގަންނަން ޖެހޭ" ބޮންޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ތަންތަނުގައި ތިބޭ ދޮޅުރޯނާއިން މަޖިލީހަށް ހޮވީމާ ގޮވާނީ މިކަހަލަ އެއްޗެތި

    30
    1
  2. ޟމ

    އޭރު ކޮމާންޑަރަކަށް ހުރީ ބޮންޑާ

    25
    1
  3. ފާއިޒު

    މި ކަލޭގެ ޓެސްޓް ކުރަން ޖެހޭ.

    24
    1
  4. ހުޝޭ

    އަސްތާ! ލޮލް!

    15
  5. ބިންގޯ

    ކަލޭ ދޯ އިންޑިއާ ހިފަން ދިޔައީ. ނަސީދު އަށް ދިވެހި ތާރީހު އެނގޭތި މީނަވެސް މާމޮޅަށް ތާރީހު އެނގޭ މީހަކަށް ހެދުނީ ތަ؟ ގަމާރު.

    12
  6. ހުއްބުލް ވަތަން

    ބޮންޑާވެސް އެބައޮތް މާލެއިން ބިންލިބޭ ލިސްޓުގަ. އިބޫ ކޮންޓުރޯލް ކުރާނެ ބޮންޑާވެސް ދުވަސްކޮޅަކުން. ރޭސިސްޓް ސަރުކާރު އިސްތިޢުފާ!

  7. ގައުމީ ލޯބި

    މި މީހުންނަކީ ދިވެހީންބާވައޭ ވެސް ހިތަށް އަރާ... ދިވެހި ލޭހިގާ ދިވެހި ދަރީން ތޯ ސުވާލު ވެސް އުފެދޭ؟

    ގައުމު ވިއްކަލައިގެން މިގޮތަށް ބޮޑެތި ބަނޑުލާވަރަށް ޓެކްސް ފައިސާ ކާލަން ލިބޭނެ ތޯ އަނެއް ސުވާލަކީ..؟

    ޢައްދާރުން ގައުމުގެ އަދުއްވުން މިހާރު އަނަނީ ގައުމުން ބޭރުން ނޫންކަން މިހާމަވަނީ!

  8. އަހްމަދު

    އެޒަމާނުގައި ތިބީ ބޮންޑޭ މެންކަހަލަ އިންޑިއާގެ އަޅުންނަށް ވެގެން ތިބި މީހުނެއްނޫނޭ.

  9. Anonymous

    ރޯނަ އެދުރު މަލިކް އެއީ ދިވެހިރާއްޖޭގެ އަތޮޅެއް އެތަން އިންޑިޔާއިން ހިފައިގެން އުޅެނީ އެތަން ދިވެހިން އަތުލަންވެސް ޖެހޭ !