ވޭތުވެދިޔަ ތިން އަހަރު އެމްޓީސީސީން 93 މަޝްރޫއު ނިންމި އިރު މިހާރު ވެސް 110 މަޝްރޫއުގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ޒައާމަތަކީ ރާއްޖެ އަށް ތަރައްގީގެ އީދެއް އައިސް ރައްޔިތުންނަށް އުފާވެރިކަން ލިބޭ ފަދަ ޒައާމަތެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ރައްޔިތުންނަށް ދިމާވާ ހުރިހާ ތަކުލީފަކަށް ހައްލު ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާ ރައީސެއް ކަން ހެކިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދިއްގަރު ރައްޔިތުންނާ އެކު. --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީއަށް މުހިއްމު ގިނަ މަސައްމަތްތަކެއް ހިންގަމުން އަންނަ އިރު، ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ސްޕީޑު ފެރީ ނެޓްވޯކް މަޝްރޫއުއަކީ ކުޑަ މަޝްރޫއެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި އެއް ބިލިއަން ރުފިޔާގެ އެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލެވޭނެއެވެ.

"މި ސަރުކާރަކީ ވައުދުވެ، ވައުދު ފުއްދުމުގައި މާޒީގައި ފެނުނު ސަރުކާރުތަކާ ނުބައްދަލު މާ ކާމިޔާބު ސަރުކާރެއް. މި ސަރުކާރަކީ ހަމައެކަނި ބިންގާތަކެއް އަޅާ ދީފައި އެ ބިންގާ އެޅި ތަނުގައި ވިނަ ފަޅައި ބޯ ޖަންގައްޔަކަށް އެ ތަން ވެގެން ދާއިރު ވެސް ބިންގާ ބާވެގެން އޮންނާނެ ސަރުކާރެއް ނޫން." އާޒިމް ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށްކޮށްދޭ، ރައްޔިތުންގެ ވެރިކަމެއް: ރައީސް

އާޒިމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ޒައާމަތުގައި ދިއްގަށް ވެސް މި ވަނީ ތަރައްގީގެ ބޮޑު އީދެއް ގެނެސްދީފައެވެ. އެގޮތުން ވޭތުވެދިޔަ 40 އަހަރު ދިއްގަރުގައި ނުވެ އޮތް ކަންކަން މި ސަރުކާރުން ނިންމައި ދެމުން އަންނަ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެއް ކަމެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވީ ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް ރަށުން ގިރާލި ބައި އަލުން އިއާދަކޮށް ދިނުމެވެ. އަނެއްކޮޅުން ރަށުގެ ބިމުން 25 ހެކްޓަރު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އެމަނިކުފާނަކީ ވައުދުވެ، ވައުދު ފުއްދަވައި ދެއްވާ ރައީސް. އެމަނިކުފާނަކީ އަނގައިން ބަހެއް ވިދާޅުވެއްޖެ ނަމަ، އެ ހަގީގަތަކަށް ހައްދަވައި ދެއްވާނެ ރައީސް، އަޅުގަނޑު ހެކިވަން." ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކެޔޮނިރު

    އާރު ސީސީޔަށް ހުރިހާ މޮޅެއް ، މިހާ އެއްބަޔެއްގެ ޖީބް ކިހާ ބޮޑުވާނެ ދޯ

  2. Anonymous

    ތިޔަބުނާ ނިންމާފައިވާ 93 މަޝްރޫއުއާއި ނުނިންމޭ 110 މަޝްރޫއު ތަކުގެ ބުރަދަން ވަރަށް ސާފު، އެއީ ވައިގެތެރެއަށް އުދުއްސާލި ފެންބޮއްކެއް ފަދައެވެ، ނިންމާލި މަޝްރޫއުތަކުގައި ގިނައީ ރައީސު ޔާމީނު ދައުރު ހަދަމުނައަސް ނުނިމި ހުރިކަންތަށް ނިމުމުން މިސަރުކާރުން ރިބަންފަށް ކަނޑާފައިވާ ވާހަކަ، ހިގަމުންދާ މަޝްރޫއުތަކުގައި ހިމެނެނީ ބައެއް ރަށްރަށުގައި ހަލާކުވެފައިވާ ބަނދަރުތަކާއި ކުޑަ ފާލަންތައް މަރާމާތުކުރުން، ބާވެފައިވާ ޒަމާންވީ ސްކޫލްތަކުގެ ސީލިން މަރާމާތްކޮށް ކުލަލުންފަދަ އަދި ބައެއް ރަށްރަށުގެ މަގުތަކުގައި ބޮކި ދަނޑި ހަރުކުރުންފަދަ ރައްޔިތުންނަށް ވަގުތީ ބޭނުމެއް ފުދިދާނެ އެހެނަށް އެއްވެސް އޮށްޓަރެއްނުލާ އަދި ދެމެހެއްޓެނިވި ތަރައްގީއަށް ނުފުދޭފަދަ މަޝްރޫއުތަކެވެ. ރައްޔިތުން އޮޅުވައެއް ނުލެވޭނެ، ތިޔަބުނާ ޕްރޮޖެކްޓްތަކުންވެސް ކަލޭމެން ހުސްވައްކަން ކުރަނީ، މިއީ ނާގާބިލު ވަގުސަރުކާރެއްކަން ނެއެނގޭ ރައްޔިތެއްނެއް.

  3. ބަބޫ

    ސަރުކާރުން ހިންގާ މެގަ ޕްރޮޖެކްޓްތަކުގެ ތެރޭގައި މަގުމަތީގައި ޕާކިން ކުރަަނެ ރޮނގުދެމުންވެސް ހިމެނޭ. އަނގަބަހުން ޕޯޑިއަމް ތަކުގައި ކަނޑާފައިވާ ފޮނި ތަކަކީވެސް ޕްރޮޖެކްޓް. ހުޅުމާލެ ބްރިޖްވެސް އަދި ހިޔާ ފްލެޓްތަށްވެސް މިސަރުކާރުގެ މެގަ ޕްރޮޖެކްޓް. އެކޯޑިން ޓު ފަރެސްމާތޮޑާ މޮޔަ

  4. މުދިންބޭގެކުޑޭ 2022

    ދޮގު ވާހަކަ ދައްކަނީ ހަމަ ، ހުޅުދެލީ ބަނދަރު ހަދަން އެމްޓީސީސީ އާއި ހަވާލުވެގެން އުޅޭތާ މީހާރު ކިހާދުވަހެއް ހަމަ މިނިމެނީ މިނިމެނީގަ ކަން ކުރަނީ އެވަގުތަކަށް ބޭނުންވާގޮތަކަށް

  5. މާލޭ ރެފިއުޖީ

    ކޮބާ އަނެއްކާވެސް ހަމަ އެ ރަށްރަށު މީހުންގެ އެކަނި ޓެކްސް ފައިސާއިންދޯ އެ މަޝްރޫއުތައް މި ހިންގަނީ

  6. ވަނީސާ ޗައުހާން

    ސަރުކޮރުގެ ހުރިހާ ކަ މެއްދީގެން 100 މިލިއަން ސަބްސިޑީ ދީގެން މާލޭގެ އޮތްހާ ބިންތައް އެތައްހާސް އަކަފޫޓެއްގެ ބިން މާލެއާއި ހުޅުމ މާލެއިންވެސް ދީގެން ދެން ފައިދާއަށް 135 މިލިއަން ލިބުނު ވާހަކަ ފޮނިކަނޑަން ދައްކާއިރު ތީކީ ފައިދައެއްނޫނެއްނު.

  7. ހުސޭނުބޭ

    ލޮލަށް ފެންނަނީ ދެތިން ދަތްގަނޑު ވެލިނަގާތަން. ބާކީ މަޝްރޫޢުތަކަކީ ޖިންނި ޝައިޠާނުން ހިންގާ މަޝްރޫޢުތައް ދޯ

  8. ޑައެލޯގް

    110 މަސްރޫޢު ކުރިއަށް އެބަދެއެވެ. އެމަސްރޫޢުތައް ތިރީގައި އެވަނީއެވެ.
    1. 50 ފާޚާނާއެއްގެ ތަށި ބަދަލުކުރުން ( 50 ފާހާނާ އެއީ 50 މަސްރޫއު )
    2. 10 މަގެއްގެ 100 ފޫޓަށް ތާރުއެޅުން ( 10 މަގު 10 މަސްރޫޢު )
    3. ލޯންޗެއްގެ އިންޖީނު އެޅުން މިކަހަލަ މަސްރޫއެވެ. ޔާމީނުކަހަލަ ބްރިޖް އެޅުން، ވެލާނާ އެއާޕޯޓް 400 ،ިލިއަންޑޮލަރުދީ ޖީއެމްއާރުގެ ވަކިތަކުންސަލާމަތްކޮށް 1 ބިލިއަނުގެ މަސްރޫއު. ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހިއްކައި 16 ޓަވަރާއި އިތުރު ޢިމާރާތާއި މަގުތަކާއި ބަދަރުތަކާއި ސަލްމާނުމިސްކިތާއި މަހާޖައްރާފާއި އެސްޓީއޯ ސަރަހައްދުގެ އެންމެ ބޮޑުތެޔޮބޯޓާއި ބައިވަރު

  9. ގަބުޅިބާދަލާ

    ގަނޑިޔާ.ހަވާލުވީ ބަޔަކު ޖެހޭނީ ކަންކަންނިންމަން. ދެނޭވައިން އެއްނޭވާގަ ކުރީ ސަރުކާރު ކިޔާލަކިޔާލަ. ތިޔަކަންތައްތައްވެސް ތިޔާއިސްޕީޑްގަވެސްކުރެވެނީ ރައީސްޔާމީންގެންނެވި މަހާޖައްރާފް އޮތީމާ. ތިޔާއެކަމަށްވެސް ހަޖޫޖެހިމީހުން.ލަދުކޮބާތޯ ބޭފުޅާ. ގިނަމަޝްރޫޢުތަކަކީ ރައީސްޔާމީން ފައްޓަވާފަހުރި މަޝްރޫޢުތައް. އެކަންއެކަން ހުއްޓުވަފަ
    ކޮންމޮޅުވާހަކައެއްދައްކާކަށް.ބަސްޑުރައިވަރުންނާ އެސިސްޓުނަށް ތިބޭމީހުންވެސް އަބަދުތިބެނީ ދުންއަރުވައަރުވާ. ގިނައީ ޕާޓޭން.މީހުން އެއްވާ ބަސްސްޓޮޕްތަކުގައި މިމީހުންގެ ކަމަކީ އީ ސިގިރެޓް ބުއިން.ބޭފިޅާއަށް އެނގިލައްވާތޯ

    3
    1
  10. ރަން ރީނދޫ

    ދަރުމަވަންތަ ހޮސްޕިޓަލް ގެ ފަޔާރ ސޭފްޓީ ނެޓްވޯކް ފެނިފަ އިންޑިއާ އިންޖިނިއަރުން ކޮސްވެފަތިބީ. މިހާރު އެމްއެންޔޫގަ ކިޔަވައިދޭ އިންޖިނިއަރުން ކޯސްތަކުގަވެސް އެތަނުގެ ފޮޓޯ ބޭނުން ކުރޭ އެބަ. އަދި އެމަސައްކަތަށް ތަޢުރީފު ކުރޭ. މާ ހިތަށް އެރީ ސޯލިބޭ މީ ހާދަ ގަމާރު ވާންޗޯއެކޭ.