ކީރިތި ގުރުއާނާ ބެހޭ ކޯސްތަކާއެކު އިތުރު ކޯސްތަކެއް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އާއްމުކުރި "އީ-ލާނިން ގައިޑްލައިން" ކަނޑައަޅައިފިއެވެ.

އެ އޮތޯރިޓީން މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަނީ ފާހަގަކޮށްފައެވެ.

އީ-ލާނިން ކަމަށް ބުނެފައިވަނީ ބްލެންޑެޑް މޯޑު (ކޮންޓެންޓުގެ 30-80 ޕަސެންޓް އޮންލައިން ގެންދާ) އަދި ހުރިހާ ފިލާވަޅެއް އޮންލައިންކޮށް ނަގައިދޭ މެތަޑަށެވެ.

އޮންލައިންކޮށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި ކޯސްތައް:

  • ގުރުއާނާ އަދި އެއާ ގުޅޭ ދާއިރާތައް
  • ޑޮކްޓަރު ކަމުގެ ކޯހާ އަދި ޑެންޓިސްޓްރީ ކޯސް
  • މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ގުޅޭ ކޯސް
  • ނާސިން ކޯސް
  • ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމް
  • އިންޖިނިއަރިން
  • އާކިޓެކްޗަރ
  • ޓީޗިން

މި އަށް ވައްތަރުގެ ކޯސްތައް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެ ކަމަށް އެމްކިއުއޭ އިން ކަނޑައަޅާފައިވާއިރު މި ވައްތަރުގެ ކޯސްތައް ވެސް ރާއްޖޭގެ އެކިއެކި ކޮލެޖުތަކުން މިހާރު ހިންގައެވެ.

މި ގައިޑްލައިން އާއްމުކުރި ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފެށުމުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ކަންކަން ހަމަޖައްސަން ޖެހޭނީ އާ ގައިޑްލައިނާ އެއްގޮތަށެވެ. އެހެންވެ، ގައިޑްލައިނަށް އަމަލުކުރަން ފެށުމާއެކު އެ އަށް ވައްތަރުގެ ކޯސްތައް އޮންލައިކޮން ނުހިންގޭނެއެވެ.

އެކަމަކު، އޮންލައިންކޮށް ގެންދަން މީގެ ކުރިން ހުއްދަ ދީފައިވާ ޕްރޮގްރާމަށް ވެސް ބަދަލުތައް ގެނެސް، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ގައިޑްލައިނަށް ފައްތަން ޖެހޭނެ ކަމަށް ބުންޏެވެ.

އެއާ ހިލާފަށް ކުރިއަށްގެންދާނަމަ ފުރަތަމަ ފަހަރު ލިޔުމުން ނޯޓިސް ދިނުމަށްފަހު، ދެ ވަނަ ފަހަރު އެކަން ތަކުރާރުވާނަމަ 10،000ރ. އިން ޖޫރިމަނާކުރެވޭނެއެވެ. އަދި، ގައިޑްލައިނާ ހިލާފަށް ކިޔަވައިދޭކަން ތިން ވަނަ ފަހަރު ފަޅާއަރައިފިނަމަ އެ ކޯހަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެ ކަމަށް ވެސް އެ އުސޫލުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަ

    ލާދީނީ

    18
    7
  2. ކޮރަލް

    އޮން ލައިން ކޮށް ގުރުއާން ކިޔަވާ ދިނުން މަނާ ކުރީ އެވެ. އެއީ އޮންލައިން ކޮށް ކިޔަވާ ދެވޭނެ މާއްދާ އެކެވެ.

    12
    1
  3. ފާއިޒު

    ހާދަ ކުޑަ ޖުރުމަނާ އެކޭ ދޯ. ތިއީ ޕްރައިވެޓް ތަންތަނުން ޑިގްރީ ކޯހެއް އޮންލައިންކޮށް ކުރިޔަށްގެންދާއިރު އެންމެ ކުއްޖެއްގެ އަތުން ނަގާ ފީގެ %10 އަށް ވުރެވެސް ކުޑަ ޢަދަދެއް. އޮންލައިން ކޮށް ކުރިޔަށް ގެންދާއިރު ކޯސްފީވެސް އަގު ހެޔޮ ކުރަން ޖެހޭ. ސެންޓަރ ބާރު ބޮޑުވެގެން ކުލާސް ރޫމު ނެތިގެން އުޅޭކަށް ނުޖެހޭ. އެތަނަކަށް ކަރަންޓެއް ޚަރަދެއްް ނުވާތާ، ދަރިވަރަކަށް ޕްރިންޓިން މެޓިރިއަލްއެއްވެސް ނުދޭ.

  4. ޥ.

    ޥަރަށް ހިތާމަ ހުރި ކަމެއް

    13
    4
  5. ސަޢީދު

    ކީރިތި ޤުރްއާން ކިޔެވިޔަ ނުދިނުމަށް ގަދައަޅާ ކުރަމުންދާ މަސައްކަތެއް މިއީ.. އެންމެ ބޮޑު އަމާާކީ އެއީ. އެތާ އިސްކޮށް އެހުރީ އަޒުހަރުން ކިޔަވައިގެން ހުރި އެހެނަސް ސީދާ ލާދީނީ މީހެއް.. މީގެ އާޚިރު ނަތީޖާ ފެންނާނެ.

    7
    2
  6. Anonymous

    21 ޤަރުނުގެ ޓެކޮލިޖީ ޒަމާނުގައި ތިޔައީ ދެން ވަރަށް ނާތަހުޒީބް ނިންމުން ތިހުންނަނީ، ހުރިހާ ކޯސްތަކެއްވެސް އޮންލައިންކޮށް ގެންދެވެންވާނެ !

    13
    2
  7. ހުސައިން މަނިކު

    ލާދީނީ ސަރުކާރެކޭ ކިޔަން މިޖެހެނީ މިފަދަ ކަންކަން ހައްދުން ނައްޓާ ވަރަށް ކުރާތީ، މީ ދެރަވަރު. ލާދީނީ އެމްޑީޕީ މި ގައުމުން ފޮހެލަން ވެއްޖެ. ބޮޑު މުސީބާތަކަށް މިވެރިކަން ވެއްޖެ މިހާރު

    12
  8. ކަމަކުނު

    އޮންލައިންކޮށް ޤުރުއާން ގެންދެވޭނެ

  9. ލަކީ

    ޙެހެ އެއްކަލަ ދީން މިހާރު މީގެ ތެރެޔަޢް މިވަނީ. ބަލަ. ގަވާއިދާ ހިލާފަށް މިހާރު ކޮންމެ މީހަކީ ޓީޗަރެއް އެހެންވީމަ އެކަން ރަންގަޅު ކުރަން ކުރި ކަމެއް އެއީ ހަމަ ބަރާބަރު