ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން ބުނީ ގާސިމްގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. ގާސިމް ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނެވީ ރޫޓީން ޗެކަޕެއެއް ހެއްދެވުމަށް ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީން ބުނީ ގާސިމްގެ ސިއްހީ ހާލުކޮޅާއި ގުޅޭ ގޮތުން މިވަގުތު ދެވޭނެ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ.

ގާސިމް އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ގާސިމް ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް ހާލު ސީރިއަސް ވެގެން ޑޮކްޓާރުންގެ ޓީމެއް މާލެ އިން އެރިސޯޓަށް ގޮސްފައިވާކަމަށް މީސް މީޑީއާގައި ހުކުރު ދުވަހު ޚަބަރު ފެތުރުނެވެ. ނަމަވެސް އެދުވަހު ގާސިމްގެ ގާތް ބޭފުޅަކު "ވަގުތު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި ގާސިމްގެ ހާލު ސީރިއަސްއެއް ނޫނެވެ.

ގާސިމަކީ ހިތުގެ އާލާސްކަންފުޅަކަށް ކުރިން ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މިހާރު އުމުރުފުޅުން 70 އަހަރުގެ ގާސިމް ފާއިތުވި ދެއަހަރެއްހައި ދުވަހު އާއްމުކޮށް ދިރިއުޅުއްވާފައި ވަނީ ސަން އައިލެންޑް ރިސޯޓްގައެވެ. އެއީ ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ. ގާސިމަކީ އުމުރުގެ ގޮތުންނާއި އަދި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާފައިވާ ބޭފުޅަކަށް ވުމުން ކޮވިޑްގައި ހާލު ބޮޑުވުމުގެ ފުރުސަތު ބޮޑެވެ. މާލެ ވަޑައިނުގެން ސަން އައިލެންޑްގައި ދިރިއުޅުއްވަނީ އެހެންވެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމްގެ ސިއްހީ ހާލުކޮޅު ދެރަވެގެން މީގެ ކުރިން ވެސް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހިފައިވެއެވެ. އެންމެ ފަހުން ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ގެންދިއުމުން ކޯޓުގައި ހުންނަވަނިކޮށް ހާލު ދެރަވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހިމާރުލްގައުމު

    ދަރުމަވަންތަ ހޮހަޅަ ބިނާކުރެއްވި ދިވހެި ތާރީހު ދުށް އެއްމެ ޙިދުމަތްތެރި ފަހާމަތުއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޝުކުރިއްޔާ

    117
    7
  2. ހައްޗޭ

    ގާސިމް ދެން ސިޔާސީ ކަންކަމުން ދުރު ވެލުން ރަގަޅީ.

    100
    1
  3. ޙަބީބު.

    އެކަމު މިއަދުގެ މުސާރަވެސް ލިބޭދޯ މަޖިލިސް މެންބަރުން ހާޒިރުނުވާދުވަހު މުސާރަ ނުލިބޭ ގޮތައް ހަދަންޖެހޭ އޭނަގެ ރިސޯޓު މުވައްޒަފުންނައް ހަދާގޮތައް

    106
    1
  4. ހިތްވެސް ބަލިވާނެތާ.....

    ޤާސިމްގެ ދީލަތިކަމުން އެމަނިކުފާނުގެ އެންމެ ނާޒުކު ގުނަވަން ކަމުގައިވާ، އެމަނިކުފާނުގެ ހިތް ވެސް ވަނީ، ވަރަށްގިނަ ބަޔަކަށް ހަދިޔާ ކޮށްފައެވެ. އެކަމަކު ހިތަށްވެސް ކެތްވާނީ ވަކިވަރަކަށް ނޫންހެއްޔެވެ!

    69
    5
    • ޝަފަކަﷲ

      ލޮލް

      12
      1
  5. ޒުހޫ

    ކޮންމެތިނެއްގަހުއްޓަސް މަރުބައްދަލުކުރާނެ

    71
  6. ޕޮގުބާ

    ބަލާކަށް ބޭނުމެއްވެސް ނޫން

    42
  7. ރަން ރީނދޫ

    ޑްރާމާ ކުޅެފަ ޖަރުމަނަށް ފުރިފަހުން، މީނާ ބައްޔޭ ކިޔަސް މަށަށް ސީރިއަސްކޮށް ނުނެގޭ. ގާސިމް ގަދަވެ ސަލާމަތުން ހުރުން މަވެސް އެ ދެނީ. އެކަމަކު ކުރީ ފަހަރުވެސް އެތައް ދުޢާއެއް ކޮށް ނަދުރު ފުންޏެއް ބުނެވުނު ފަހުން މަށަށް އެނގުނީ މީއްޗަކު ކުޅުނީ ޑްރާމާއެއް ކަން.

    74
    2
  8. Anonymous

    72 އަހަރު

    46
    3
  9. Anonymous

    ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން.
    މަނިކުފާނުހެއްދެވި ދަރުމަންތަ ކިޔާ ބިރުވެރި ހޮހޮޅައަށް ހުރިހާ ރޯޔަލް ބޭފުޅުން ވެސް ޚިދުމަތްތައް ހޯއްދަވަން ވަޑައިގަންނަވާއިރު
    އެބޭފުޅުންގެ ހިތްޕުޅުގައި ސުވާލު ނުއުފެދޭ ެެެެެެެެެެެެތޯ
    މިސަރުކާރުން ވެސް މިކަހަލަ ކިތައްމެ ބިރުވެރި ހޮހޮޅަތަކެއް ނެހެއްދެވިގެން މިއުޅެނީ ކީއްވެތޯ

    47
    2
  10. އަރީ

    ކޮންއިރަކު ތޯ ޖަނާޒާ އޮތީ؟

  11. ކާސިމް

    ދަރުމަވަންތަ ހޮސްޕިޓަލް އައްގޮސް އެތަން ފެނުނީމަވެސް ބުންޏޯ ނޫނޭ ރައީސް ޔާމީން ހިންގާލާފަ އެބަހުއްޓޭ އެކަމަކު އަހަރެންމި ހިއްސާވާ ސަރުކާރައް ހުރިހާބާރެއް އަތުގައޮވެ މިތަންހިންގާލަންވެސް ނުކެރިގެންނޭ އެއުޅެނީ މިހާރު ރައީސްޔާމީނައް ސަނާކިޔާކަމައްވަނީ އެހެންތާވާނީ ހުރިހާކަމެއްހަމައައް ފެންނަންފެށީމާ ކިތަންމެ ރުޅިއަޔަސް ބުނަންޖެހޭނީ ރައީސްޔާމީންވަރުގެ ވެރިއަކުމިގައުމުގަ މިހާތަނައްވެރިކަންނުކުރެއޭ

  12. ކާސިމް

    ދަރުމަވަންތަ ހޮސްޕިޓަލް އައްގޮސް އެތަން ފެނުނީމަވެސް ބުންޏޯ ނޫނޭ ރައީސް ޔާމީން ހިންގާލާފަ އެބަހުއްޓޭ އެކަމަކު އަހަރެންމި ހިއްސާވާ ސަރުކާރައް ހުރިހާބާރެއް އަތުގައޮވެ މިތަންހިންގާލަންވެސް ނުކެރިގެންނޭ އެއުޅެނީ މިހާރު ރައީސްޔާމީނައް ސަނާކިޔާކަމައްވަނީ އެހެންތާވާނީ ހުރިހާކަމެއްހަމައައް ފެންނަންފެށީމާ ކިތަންމެ ރުޅިއަޔަސް ބުނަންޖެހޭނީ ރައީސްޔާމީންވަރުގެ ވެރިއަކުމިގައުމުގަ މިހާތަނައްވެރިކަންނުކުރެއޭ މިކޮމެންޓް ވަގުތުގެ ކުދިންނައް ޖަހަންކެރެންޏާ ޖަހާދޭތި މިހެންމިބުނީ މގކމނޓތއ ނޖހތ

  13. ނަނާ

    ދެން ވެސް ރަލާ އެއްޗެހި ނުބޮއި ޒުވާން ކުދިންނާ ރަމަންރަމަން ފޯލި ނުކުޅޭ ސިޔާސީ ވެސް ނުވެ ރީޗަށް ނަމާދު ކޮށްގެން ތިމަންނަ އަކީ 75 އހަރުގެ މީހެއް ކަން ދަނެގެން ހުރެވޭތޯ ބަލާ! ބަލިވާނެ އެއްމެން ވެސް އަދި މަރު ޔަގީން ވާނެ!

  14. Anonymous

    ތުބުޅި ކަޅު ކޮށްގެން ޒަންޖަބީލް ކައިގެން ރިސޯޜޓް ގަ ފިލާ އޮވެގެން މަޖިލިސް އިނ ްލައްކަ އިން ލާރި ނަގާގެން ހެވިފަ ސިޔާސީ ޓުވީޓް ކުރަމުން ދިޔަޔަސް ބަލި ވާނެ... ދެން އޮވޭ ތި ހަސްޕަތާލުގަ ދުނިޔެމަތީ ސުވަރުގެ ލިބޭތޯ އަދިވެސް! ދެން ނާނާފުޅުފިއްލަވާފަ އެދުނިޔެ ފެނޭތޯ ބަލާ.. މިދުނިޔެ ހުސް ހޯދަން އުޅެނީ

  15. އިންސާނިއްޔަތު

    ގާސިމް އިބްރާހިމްއަށް އަވަސް ޟިފާއަކަށް އެދެން.

  16. ހޭރެވޭ

    ޔާ ﷲ އަނިޔާވެރިން ނިކަމެތޮ ކުރައްވާށި.

  17. ސުލޭ

    ހަތަރު އަނބިންގެ ފަރާތުން އެއްފަހަރާ ހަތަރު ދޮން ދިނީމަ ރަގަޅުވެދާނެ ކަމަށް ބެލެވޭ.

  18. ޙ

    ގާސިމް އަކީ މިދިވެހިރާއްޖޭގެ ގިނަ ބަޔަކައް ހިލޭ ބޭރައް (ރާޖޭން) ގެން ގޮސް ބޭސް ފަރުވާ ގާސިމް ގެ އަމިއްލަ ހަރަދު ކޮއް ދީފާވާ ބޭފުޅެއް ކަން އަޅުގަނޑު އުފަލާ އެކު ފާހަގަ ކުރަން . ގާސިމް އައް ހިހުތިރާމް ކުރައް ވާ އެބޭފުޅާއަށް ހެޔޮ ދުޢާ ކޮއް ދެއްވާ!!

  19. ދަރަނި ދަންތުރަ

    ތިޔައީ މިހާރު ގައުމަށް ޖެހިފައިވާ ބަލާއެއް ، ސަރުކާރަށް ދޭންޖެހޭ އެތަށް މިލިޔަން ޑޮލަރެއް ނުދީ ، ރައްޔިތުން މަޖިލީހުން އެތަށް މިލިޔަން ރުފިޔާއެއް މީނަގެ ބޭސްފަރުވާއަށް ކިހާބޮޑު ބަލާއެއް