ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްދުން ނައްޓާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެފަދަ މައްސަލަތަކުގައި މާ ލުއިކޮށް ދައުވާ ކުރާތީ ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ނިޔާޒު އެފަދައިން ވިދާޅުވެފައިވަނީ ދައުލަތުން ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާ ސައީދު އަލީ ޝާހިދުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައެވެ. އެފަދަ މައްސަލަތަކުގައި ކުރާ ދައުވާތައް ލުއިވުމާ ގުޅޭ ގޮތުން ފަނޑިޔާރު ވަނީ ދައުލަތާއި ސުވާލުކޮށްފައެވެ.

ސައީދުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އޭނާ ޓީއެޗްސީ ބޭނުންކޮށްގެން ކެނަބިސްއާ ގުޅޭ ދައުވާއެއް ނުކުރެވޭނެ ކަމަށް ބުނެއެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

އިއްޔެގެ ޝަރީއަތުގައި ދައުލަތުން ވިދާޅުވިގޮތުގައި މަސްތުވާތަކެތި ތަހުލީލު ކުރާއިރު، ކެނަބިސްއާ އެއްވެސް ކެމިކަލެއް އެއްކޮށްފައި ހުރި ކަމަށް ފާހަގަކުރެވުނު ނަމަވެސް ދައުވާ ކުރަނީ ކެނަބިސް މަނާކުރާ މާއްދާގެ ދަށުންނެވެ. އެކަމަކު، ފަނޑިޔާރު ވިދާޅުވީ ދައުލަތުން އެފަދަ މައްސަލަތަކުގައި ދައުވާ ކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އަދި އެއީ ގާނޫނުގައި އެ ކަން ބަޔާން ކޮށްފައި އޮތް ގޮތެއް ވެސް ނޫން ކަމަށެވެ.

މަސްތުވާތަކެތީގެ ގާނޫނު އޮތް ގޮތުން އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމުގެ ކަންކަން އޮތީ ވަރަށް ހަރުކަށި ކޮށެވެ.

"އެކަމަކު ތި ބޭފުޅުން (ދައުލަތުން) ދައުވާ ކުރަނީ ވަރަށް ވެސް ލުއިކޮށް،"

"އެއީ ހަގީގަތުގައި މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި މިހާވަރަށް މީތި ކޮންޓްރޯލް ނުވެގެން އުޅޭ އެއް ސަބަބު،" ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވީ ކެނަބިސް އާއި ޑައިމޯފިންގެ ދައުވާތައް ކުރުމުގައި ގްރާމް މަތިވުން ފަދަ ޝަރުތުތައް ހުރި އިރު، އެހެން މަސްތުވާތަކެތީގައި ޝަރުތުތައް ލުއިކޮށް، އަދަބު ހަރުކަށި ކޮށްފައި އޮންނަ އޮތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނޫރު

    ނިޔާޒޫ، އަދަބަކުން މަށްސަލަ ހައްލު ނުވޭ، ހައްތާ ގޯސްވަނީ، ރައްޔިތުން އިޖުތިމާއީ ކަންަކަމަށް ކުރަންޖެހޭ ޚަރަދު މަޑުޖައްސާފަ ޖަލަށްލާ ކުދިންނަށް ޚަރަދު ކުރަންޖެހެނީ، ރާއްޖޭގެ މުސްތަޤްބަލްވަނީ ޖަލުގައި. އަދަބު ލުއިކޮށް ރިހޭބް ކުރަންވީ. މުޅި ޖީލް ފަނާކޮށްލީ.

    8
    6
  2. ހުސޭނުބޭ

    ކޮން ދަޢުވާއެއްތަ ކުރެވޭނީ. ތި ކިޔާ ދަޢުވާގެ ކުރިޔަށް ޕީޖީ އެ އަންގަނީ ޑީލްހަދަން. ޑީލް ނަހަދާމީހުންނަށް ދަޢުވާކުރެވޭ. ތި ރޮނގުގައި މިހާރު ހުންނާނީ ލައްކަ އަލިފާން ކެވިފައި.

    5
    1
  3. ރެކިފުތާ

    ނޫން ޕޮލިޓިޝަނުން ނާ މަހުޖަނުން އުފައްދާފަ ތިބި ބައެއް އެއީ. ރަލާ ޑްރަގް ވިއްކާ ބޮޑެތި މީހުން ގޭންގްތައް ކޮންޓްރޯލްކުރަނީ

  4. ޙާލަތު

    ޕީޖީގެ ވާހަކަ އަހާފަ ކޮމެންޓެއް ކުރުމުގެ މައުނައެއް ނެތް. ޤައުމު ހަލާކު ޒީރޯ ޓޮލަރެންސްއޭވެސް ބޭފުޅަކު ވިދާޅުވި ހަނދާންވޭ!

    4
    1
  5. ފާތިހު

    ޢަދަބު އެއި ހައްލެއްނުން

  6. އައްޑޫ ލެއި

    މަސްތުވާތަކެތި ބޭނުންން ކުރާ ވަގުންނާ ހެދީ ރައްޔަތުންނަށްމިހާރު ބޮޑު ނުހޮރޮއްޕާނަކަށް ވެފަ އޮތީ. ގޭގަ އަރުވާފަ އިންނަ އޭސީގެ އައުޓުޑޯ ޔުނިޓްވެސް ވަގަށް ގެންދަނީ. ރައްޔަތުން ނިކުމެ މިކަމަށް ހައްލު ނުހޯދަންޏާ ބޮއްސުންލާއިގެން ދާނީ

  7. ޕީޖޭ

    މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ލިބުމުގައި ޕީޖީ އޮފީހުން ވަރަށް ބޮޑަތި ގޯސްތަކެއް އެބަހަދާ.. އޭގެ ތެރޭ މަސްތުވާތަކެތި ބޭނުން ނުކޮށް ވިއްކުމުގައި އެހީތެރިވެދޭ (ނުބޮއެ، އުފުލައިދޭ މީހާ) ފުލުހުންގެ ތަޙްޤީޤުން ކުޑަކަމުދާތަކެއްޗަށް ނެގެޓިވް.. އަދި މަސްތުވާތަކެތި އުފުލައި ދިންކަމަށް އިޢުތިރާފްވޭ.. ނަމަވެސް ކޯޓަށް މައްސަލަ ގޮސް ދައުވާ ކުރާ ހިސާބުން ޕީޖީ އޮފީހުން މިކިޔައިދެނީ އަމިއްލައަށް ބޯ މީހެކޭ ބުނުމަށް އޭރަށް މިދަނީ އެތަކެތި އުފުލާ މީހާ ވެސް ފަރުވާއަށް..
    މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން މަސްތުވާތަކެތި އުފުލައިދޭ މީހާއަށް އެކަންކޮށްގެން ލިބޭ އާމްދަނީ ބޮޑުކަން އެބަ އެނގޭ، ބަސްޓް ވެގެން އެނަގަންޖެހޭ ރިސްކަށްވުރެ (ރޭޝަނަލް ޗޮއިސް ތިއަރީ)
    ހަޤީޤަތުގައި ބޭނުން ކުރާ މީހުންނަށް ފަރުވާދީ އަލުން މުޖުތަމަޢުއަށް އެފަދަ މީހުން ނެރުން(ރެސްޓްރޯޓިވް ޖަސްޓިސް ސިސްޓަމް) މިނިޒާމު އެބަޖެހޭ އިވަލުއޭޓުވެސް ކުރެވެން.. އަދި އެފަދަ ފަރުވާގެ ފުރުސަތުތައް ބޭނުން ނުހިފާ އުޅޭ މީހުން މުޖުތަމަޢުއަށް ދޫވުމުން އެމީހާ އަށާއި މުޅި މުޖުތަމަޢުއަށް ލިބޭ ގެއްލުން ބޮޑުކަމަށް ދެކެން..
    އަދި މަސްތުވާތަކެތި ވިއްކުމުގައި އުޅޭ ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްދީ ހަލާލު ގޮތުގައި ރިޒުޤު ހޯދުމަށް ދީނީ ގޮތުން ހޭލުންތެރިކުރުން އިތުރުކޮށް ކިޔަވާދޭ ސްކޫލުތަކުން ކުދިންނަށް ނަށް މިކަމުން ދެދުނިޔޭން ލިބޭނެ ގެއްލުން ކިޔައިދީ މުޅި މުޖުތަމަޢުގެ ނަސޭޙަތް އެކަކު އަނެކަމަށް ފޯރުކޮށްދޭން އެބަޖެހޭ..
    އިސްލާމީ މުޖުތަމަޢުގެ ކުށް މަދު ކުރުމަކީ ހުރިހާ މީހުންގެ ފަރުދީ ޒިންމާއެއް.. އަދި ވަކީން ބޮޑަށް ޤާނޫނު ތަންފީޒު ކުރާ މީހުންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއް..މުންކަރާއެއް ފެނިއްޖެނަމަ އަތުން، ދުލުހުން، ހިތުން ހުއްޓުވަން އޮންނަނީ..ވިސްނާ ބްރަދާސް

  8. ނުރަބޯ

    ފުރަތަމަ ވާންވީ ގޮތަކީ ޑްރަގް އެތެރެކުރާ މީހާއާއި ވިއްކާ މީހާއާއި ބޭނުންކުރާމީހާ ބިރުގަންނަ ފަދަ އަދަބެއް ކަނޑައެޅުން އެއީ މަރު. އެހިސާބުން އެތެރެކުރާ ބައި މަޑު ޖެހޭނެ އަލަށް އޭގެތެރެއަށް ވަންނަ މީހާ އެކަމާމެދު ވިސްނާނެ. އެކަމަކު އެހެންވާނީ އޭގެތެރޭގައި ހުރި މޮޅުމީހާ ގެ ދަރި ގާނޫނުގެ ލޮލުގައި އަނދުން އަޅުވައިގެން ސަލާމަތް ކޮށްފަ ދެންތިބި މީހުންނަށް އަދަބުދޭ އުސޫލު ދޫކޮށްލައިގެން.