ސިއްރު ކެމެރާއެއް ހިފައިގެން ޖާސޫސު ކުރަން އުޅުނު ކަމުގެ ތުހުމަތުގާ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ދެ ބިދޭސީންނެވެ.

އުމުރުން 26 އަހަރާއި 41 އަހަރުގެ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ އެ ދެ މީހުނަށް ކުރަނީ ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

އެކަމަކު، މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރު

    ތިއީ އިންޑިއާގ. އާއި ދިވެހި ސަރުކާރުގެ ޑުރާމާއެއްތަ. ދިވެހިން ހޭއަރަންވެއްޖެ.

    12
  2. ާވާގަސް

    އަނެއްކާ އިންޑިޔާއިން ރާއްޖޭގައި ހިތުހުރި ގޮތަކަށް އެމީހުންގެ އަމިއްލަ އޮޕަރޭޝަންތައް ރާއްޖެއަށް ވަގަށް ޖައްސަނީ ނޫންބާ؟ އެމެރިކާއިން ޕާކިސްތާނަށް ދިން އެއްބާރުލުމުުގެ ނާޖާއިޒު ފައިދާ ނަގާ ޕާކިސްތާންގައި ބޮޑު އޮޕަރޭޝަނެއް އެގައުމަށް ނޭގި ހިންގާ އުސާމާ ބިން ލާދިންއާ މުޅި އާއިލާ ނެތިކޮށްލި ގޮތަށް ކަންތައް ގަނޑެއް ހިންގާނުލަނިސް މިދޫތައް ނެތިކޮށްލަން ޖެހޭ. އަފްރާޝީމް ގަތުލުކުޅައީ ވެސް އިންޑިއާގެ އޮޕަރޭޝަނެއްގެ ދަށުންނޭ ބުނޭ. އަންނި ވެސް ވަނީ އެއީ ބޭރުގެ ބަޔަކު އައިސް ކުރިކަމެކޭ އެމީހުން އެކަން ކޮށްފަ ފުރާގެން ފްލައިޓަކުން ގޮސްފި ކަމަށް ވެސް ބުނެފަވޭ

  3. ސާންޑު

    ތިކަމުގަ ދިވެހި ސަރުކާރު ބައިވެރިވެފަވޭތޯ ބަލަންޖެހޭނެ ތިޔައީ އިންޑިއާއިން މިގައުމުހިފާފަވާކަމުގެ ފުރިހަމަ ނިޝާނެއް ރަށްޔަތުން އިންޑިއާ އައުޓު ގޮވަނީ އެހެންވެގެންކަން މިހާރު ކަށަވަރުވެއްޖެ.