ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާ ދިން މީހާ ބަލިވެގެން އައިޖީއެމްއެޗްގައި ފަރުވާދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަލީ ސޯލިހަށް ހަމަލާ ދިން މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.

"އޭނާގެ ބަލި ހާލަތާ ގުޅިގެން ރޭ އައިޖީއެމްއެޗް އަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވޭ." އޮފިޝަލު ވިދާޅުވިއެވެ.

އަލީ ސޯލިހަށް ހަމަލާ ދޭން އުޅެނީ ކަޓަރެއް ބޭނުންކޮށްގެން މިދިޔަ މަހު 22 ވަނަ ދުވަހު ކަރަށެވެ. އަލީ ސޯލިހަށް ހަމަލާ ދޭން އުޅުމުގެ ކުރިން ގުރުއާނުގެ އާޔަތެއް ކިއާފައިވާ ކަން ވެސް އެނގިފައިވެއެވެ.

އެ ހަމަލާ އިން ސަލާމަތްވާން ވެގެން އަލީ ސޯލިހް ވަނީ އެމީހާއާ ދިމާލަށް ސައިކަލް ދޫކޮށްލައިފައެވެ. އެ ގަޑީގައި ކަޓަރު ހޫރާލި ވަގުތު ހަމަލާ އަމާޒުވެފައި ވަނީ އަލީ ސޯލިހްގެ އަތަށެވެ.

އަލީ ސޯލިހަށް ހަމަލާ ދީފައި ވަނީ މި ފަހުން ސަލްމާން މިސްކިތުގައި ހުރި މިންބަރަށް ހުކުރު ގަޑީގައި އަރާ ހުތުބާ ދިން މީހާއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ހަމަ އެ ދުވަހު ދޫކޮށްލިއެވެ.

އެމީހާ ދޫކޮށްލާފައި ވަނީ އެއީ ނަފްސާނީ މީހެއް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މީހުންގެ ކަރަށް ވަޅިޖަހާ މީހުންނާއި މީހުންގެ އަތުން ފައިސާ އަތުލާ މީހުންނާއި މީހުންގެ ގެދޮރުން ވައްކަންކުރާ މީހުންނަކީ ނަފުސާނީ މީހުން ކަމުގައިވާނަމަ އެމީހުން ތިބެންވާނީ އެކަހަލަ މީހުން ބައިތިއްބަން ޚާއްޞަ ތަނެއްގައެވެ. އެއީ މިރާއްޖޭގައި ނަމަ ގުރާދޫކޮށްޓެވެ. ނުވަތަ ޖަލެވެ.

  2. މީމަ

    ހަމަ ކަޓަރެއްތަ އެއީ؟؟ އަހަރުން ކިޔަނީ އެހެން ނަމެއް.. ކުރަފަތެއް ގެންގުޅޭ ތަން ފެންނަނީ..